މީޑިއާގައި ދިވެހިބަހުގެ ދަރަޖަތައް ބޭނުންކުރެވެމުން ދަނީ ކޮން އުޞޫލަކުން ހެއްޔެވެ؟

dc.contributor.authorAhmed, Ashraf
dc.contributor.authorއަޝްރަފު އަޙްމަދު
dc.date.accessioned2018-03-15T07:44:08Z
dc.date.available2018-03-15T07:44:08Z
dc.date.issued2013-11-01
dc.description.abstractމި ދިރާސާއަކީ މީޑިއާގައި ދިވެހިބަހުގެ ދަރަޖަތައް ބޭނުންކުރަމުން ދަނީ ކޮން އުޞޫލަކުންތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ. މިގޮތުން މި އުޞޫލު ދެނެގަތުމަށްޓަކައި ދިވެހިބަހުގެ މާހިރުންގެ އިންޓަރވިއުއާއި، މީޑިއާގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ފަރާތްތައް ލައްވައި ފުރުއްވި ސާވޭ ފޯމާއި، އޮންލައިން ނޫސްތަކުން ނެގި ލިޔުންކޮޅުތަކުންނާއި އަދި ޓީވީ ޕްރޮގްރާމްތަކުން ނަގާފައިވާ ދޭދޭ މީހުންގެ ވާހަކަ ދެއްކުން ތަކަށް ބަލައި މީޑީއާގައި އެ އުޞޫލު ގެންގުޅޭ ގޮތުގެ މައްޗަށް ބަލާލެވިފައި ވާނެއެވެ. މި ދިރާސާ ކުރިއަށް ގެންދިޔައީ ކޮލިޓޭޓިވް މެތަޑް ބޭނުންކޮށްގެންނެވެ. ދިރާސާގައި ކޮލިޓޭޓިވް މެތަޑް ބޭނުންކުރީ ހިސާބު ޢަދަދަށްވުރެ ބޮޑަށް އެހެނިހެން ގޮތްގޮތުން ހޯދޭ މަޢުލޫމާތު ތަޙުޤީޤީ ނަޒަރަކުން ބަލަންޖެހޭތީ އެވެ. ދިރާސާއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ކުރެވުނު އިންޓަވިއުތަކުން ބަހުގެ މާހިރުންގެ ނަަޒަރުގައި މީޑިއާގައި ދަރަޖަ ބޭނުން ކުރެވޭ އުޞޫލާއި، މީޑިއާގައި ގެންގުޅޭ އުޞޫލުތަކުގެ ސަބަބުން ބަހަށް ފޯރައިދާނެ ނޭދެވޭ އަސަރުތަކާއި، ދަރަޖަތައް ގެއްލިގެން ދިޔަ ނުދިނުމަށް މީޑިއާއަށް އަދާކުރެވިދާނެ ދައުރު ނުވަތަ ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން ވާހަކަދައްކައި އެފަރާތްތަކުގެ ޚިޔާލު ހިމަނާފައި ވާނެއެވެ. މީގެ އިތުރުން ސާރވޭ ފޯމުގެ އަލީގައި، ނޫސްތަކުން ނެގި ލިޔުންކޮޅުތަކުންނާއި އަދި ދޭދޭ މީހުންގެ ވާހަކަދެއްކުންތަކުން މީޑިއާގައި ބެހުގެ ދަރަޖަތައް ބޭނުންކުރަން އެނގޭ މިންވަރު ހޯދިފައިވާނެއެވެ. ބަހުގެ މާހިރުންގެ ވާހަކަތަކަށް ބަލާއިރު ގިން ބޭފުޅުންގެ ވާހަކަފުޅުތަކުން ހާމަވީ ކުރީގައި ދިވެހިބަހުގެ ޤަވާޢިދުގައި އެކަށައަޅާފައި ގޮތާއި އެއްގޮތަށް ވާހަކަ ދައްކަމުން އައިސްފައި ވާކަމެވެ. ނަމަވެސް މިހާރަކަށް އައިސް މިކަމަށް މާބޮޑު ސަމާލުކަމެއް ދެވެމުން ނުދާކަމަށެވެ. އަދި ދަރަޖަ ބޭނުންކުރުމުގައި ވަކި ހަމައެއްނެތި ބޭނުންކުރަމުން ގެންދާކަމެވެ. މިގޮތުން މުޅި ދިރާސާގެ މަސައްކަތުން ހާމަވެގެން ދިޔައީ މީޑިއާގައި ދިވެހިބަހުގެ ދަރަޖަ ބޭނުންކުރަމުންދަނީ ވަކި އުޞޫލެއްނެތި ދަރަޖަތައް މަސްހުނިކޮށް ދަރަޖަ އޮޅުވާލައިގެން ކަމެވެ. އަދި މިހާރު ބަހުގެ މާތް ދަރަޖައަށް ސަމާލުކަން ނުދެވި އެ ދަރަޖަ މުޅިންކަހަލަ ގޮތަކަށް ދޫވެގެން ގޮސްފައިވާ ކަމެވެ.en_US
dc.identifier.citationAhmed, A. (2013) Meediaagai dhivehibahuge dharajathah beynunkurevemun dhanee kon usoolakun hehyeve?. Male', Maldives College of Higher Education.en_US
dc.identifier.citationއަޝްރަފު އަޙްމަދު. (2013). މީޑިއާގައި ދިވެހިބަހުގެ ދަރަޖަތައް ބޭނުންކުރެވެމުން ދަނީ ކޮން އުޞޫލަކުން ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
dc.identifier.urisaruna.mnu.edu.mv/jspui/handle/123456789/914
dc.publisherFaculty of Arts, Maldives National Universityen_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
dc.subjectމީޑިއާen_US
dc.subjectދިވެހިބަހުގެ ދަރަޖަތައްen_US
dc.subjectމީޑިއާގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ފަރާތްތައްen_US
dc.subjectއޮންލައިން ނޫސްތައްen_US
dc.subjectޓީވީ ޕްރޮގްރާމްen_US
dc.subjectދޭދޭ މީހުންގެ ވާހަކަ ދެއްކުންen_US
dc.subjectމީޑިއާގައި ގެންގުޅޭ އުޞޫލުތަކުގެ ސަބަބުން ބަހަށް ފޯރައިދާނެ ނޭދެވޭ އަސަރުތައްen_US
dc.subjectދަރަޖަ ބޭނުންކުރުމުގައި ވަކި ހަމައެއްނެތި ބޭނުންކުރުންen_US
dc.subjectދަރަޖަތައް މަސްހުނިކޮށްen_US
dc.subjectދަރަޖަ އޮޅުވާލައިގެންen_US
dc.titleމީޑިއާގައި ދިވެހިބަހުގެ ދަރަޖަތައް ބޭނުންކުރެވެމުން ދަނީ ކޮން އުޞޫލަކުން ހެއްޔެވެ؟en_US
dc.title.alternativeMeediaagai dhivehibahuge dharajathah beynunkurevemun dhanee kon usoolakun hehyeve?en_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Ashraf Ahmed.pdf
Size:
931.07 KB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: