ކޮރަޕްޝަން ރިސްކް އެސެސްމަންޓް

Loading...
Thumbnail Image

Date

2019-12-08

Journal Title

Journal ISSN

Volume Title

Publisher

އެންޓި-ކޮރަޕްޝަން ކޮމިޝަން
Anti-Corruption Commission

Abstract

ދައުލަތުގެ މުއައްސަސާތަކުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންތައްތައް ދެނެގަނެ ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާ އެއް ގޮތަށް ކަންކަން ހިނގަމުންދާ މިންވަރު ވަޒަންކޮށް އެކަންކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ ލަފަޔާ އިރުޝާދު ކަމާބެހޭ ފަރާތްތަކަށް ދިނުމަކީ ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ކުރެވޭ މުހިއްމު މަސައްކަތެކެވެ. އަދި އެކަން ކުރުމަކީ އެންޓި -ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ )ނ( އިން ކޮމިޝަނުގެ މައްޗަށް ލާޒިމްކުރާ ކަމެކެވެ. މިއީ ދިވެހިރާއްޖޭގެ ވެރިރަށް ކަމުގައިވާ މާލެ ސިޓީ ގެ ގޯއްޗާއި އިމާރާތް ރަޖިސްޓަރީ ކުރުމާބެހޭ ކަންކަން ހިންގާ ނިޒާމުގެ މަސައްކަތް ރޭވިފައިވާ ގޮތް ބެލުމަށް އެންޓި -ކޮރަޕްޝަން ކޮމިޝަނުން ހިންގާފައިވާ ދިރާސާގެ ރިޕޯޓެކެވެ. މި ދިރާސާގެ މަސައްކަތް އެންމެ ފުރަތަމަ ފެށިފައިވަނީ އޮގަސްޓް 2018 ވަނަ އަހަރު ކަމުގައި ވީނަމަވެސ،ް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން ދިރާސާއަށް މަޢުލޫމާތު ލިބުމުގައި ލަސްތަކެއް މެދުވެރިވެ މި މަސައްކަތް މަޑުޖައްސާލެވިފައިވެއެވެ. އަދި އެއަށްފަހު އަލުން މަސައްކަތް ފެށިފައިވަނީ ޖުލައި 2019 ގައެވެ. ބޯހިޔާވަހިކަމަކީ އަސާސީ ޙައްޤަކަށް ވީ ހިނދު ގޯތި ގެދޮރާއި ގުޅުންހުރި ކަންކަމުގައި ކޮރަޕްޝަނާއި ފަސާދަ އެކުލެވުމަކީ ގިނަ އިޖުތިމާޢީ ގެއްލުންތަކެއް ރައްޔިތުންނަށް ލިބިގެންދާ ކަމެކެވެ. ބިމުގެ އަގު ކަނޑައެޅުމާއ،ި ބިން ވެރިކުރުމާއ،ި ބިން ބޭނުންކުރާނެ ގޮތުގެ އުޞޫލުތައް ކަނޑައެޅުން ފަދަ ބިމާ ގުޅުންހުރި އިދާރީ ކަންކަމުގެ ތެރޭގައި ކަންބޮޑުވާންޖެހޭ ދަރަޖައަށް ކޮރަޕްޝަން އެކުލެވޭކަމަށް ބައިނަލްއަޤް ވާމީ ބައެއް ދިރާސާތަކުން ދައްކައެވެ. މިގޮތުން ބައެއް ސަރަޙައްދީ ޤައުމުތަކުގެ ހާލަތައް ނަޒަރުކުރާއިރު، 2005 ވަނަ އަހަރު ބަންގްލަދޭޝްގައި ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ބިން ގަނެފައިވާ 97% ގޭބިސީތަކުން ބިން ރަޖިސްޓްރީ ކުރުމަށް ރިޝްވަތު ދީފައިވެއެވެ. އަދި 85% ގޭބިސީތަކުން ބިމާ ގުޅުންހުރި ލިޔެކިޔުން ހޯދުމުގައި ރިޝްވަތު ދީފައިވެއެވެ. ޓްރާންސްޕެރަންސީ އިންޓަ ރނޭޝަނަލްއިން 2005 ވަނަ އަހަރު އިންޑިޔާގައި ހަދާފައިވާ މިފަދަ އެހެން ދިރާސާއަކުން ދައްކާގޮތުގައި ރިޝްވަތުދީފައިވާ މިންވަރުގެ 39% ނިސްބަތްވަނީ ބިން ރަޖިސްޓްރީކުރުމާ 1 ގުޅުންހުރި ކަންކަމަށެވެ. ދިވެހިރާއްޖޭގައިވެސް މިކަމަކީ ކޮރަޕްޝަންގެ ތުހުމަތު އެތަށްގޮތަކަ ށް ވުޒާރާތަކުގެ މައްޗަށް ރައްދުކުރެވޭ ކަމެކެވެ. މިގޮތުން، ގޯތި ގެދޮރާ ގުޅުންހުރި މައްސަލަތަކަކީ ކޮމިޝަނުގައި ދެވަނައަށް އެންމެ ގިނައިން ރަޖިސްޓަރީކުރެވޭ މައްސަލަތަކެވެ. އެގޮތުނ،ް 2018 ވަނަ އަހަރު ގޯތިގެދޮރާއި ގު ޅުންހުރި 118 މައްސަލައެއް ކޮމިޝަނަށް ހުށަހަޅާފައިވާކަން .ތަފާސްހިސާބުތަކުން ފާހަގަކުރެވެއެވެ

Description

Keywords

Citation

އެންޓި-ކޮރަޕްޝަން ކޮމިޝަން. (2019). ކޮރަޕްޝަން ރިސްކް އެސެސްމަންޓް
Anti-Corruption Commission

Endorsement

Review

Supplemented By

Referenced By