ކޭސް ސްޓެޓިސްޓިކްސް ރިޕޯޓު : ޖަނަވަރީ - އޮކްޓޫބަރު 2018

Loading...
Thumbnail Image

Date

2018

Journal Title

Journal ISSN

Volume Title

Publisher

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ & ސޯޝިއަލް ސަރވިސަސް
Ministry of Gender، Family & Social Services

Abstract

އިސްބަސް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަކީ ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ރައްކައުތެރިކަން ކަށަވަރުކުރުމުގެ މުހިއްމު މަސްއޫލިއްޔަތު އުފުލާ ދައުލަތުގެ އެންމެ އިސް މުއައްސަސާ ކަމުގައިވުމުން، ކޮންމެ އަހަރަކު ވެސް، މި ހަތަރު ދާއިރާއިން ގިނަ މައްސަލަތަކެއް މިނިސްޓްރީއަށް ހުށަހެޅެއެވެ. އެ ގޮތުން، މި އަހަރުގެ ޖެނުއަރީ އިން އޮކްޓޫބަރުގެ ނިޔަލަށް ޖުމުލަ 2177 މައްސަލައެއް މިނިސްޓްރީއަށް ރިޕޯޓްކޮށްފައިވެއެވެ. އެއީ އެވަރެޖްކޮށް މަހަކު 200 އަށް ވުރެ ގިނަ މައަސަލައެވެ. މި މުއްދަތުގެ ތެރޭގައި މިނިސްޓްރީއަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކާއި، ގެވެށި އަނިޔާގެ މައްސަލަތަކާއި، ޢާއިލީ ގިނަ މައްސަލަތަކެއް ހިމެނޭކަން ފާހަގަކުރެވެއެވެ. އަދި ފާއިތުވެދިޔަ އަހަރުތައް ފަދައިން، މިނިސްޓްރީއަށް މިހާރު ވެސް އެންމެ ގިނައިން ހުށައެޅެނީ އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކެވެ. ހަމަ އެހެންމެ، އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި ބެލެހެއްޓުމުގެ މައްސަލަތައް ވެސް ގިނަ އަދަދަކަށް ހުށައެޅެމުންދާކަން ފާހަގަކުރެވެއެވެ. މިނިސްޓްރީގެ މެންޑޭޓާ ގުޅުން ހުރި މައަސަލައެއް ހުށައެޅުމުން، ލަސްނުކޮށް އެޓެންޑުވުމަކީ މިނިސްޓްރީގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް މަސައްކަތެވެ. އަދި ރިޕޯޓުކުރާ ކޮންމެ މައްސަލައެއްގައި ވެސް އަނިޔާ ލިބޭ ފަރާތަށް ބޭނުންވާ ހިމާޔަތާއި އެހީތެރިކަން، ފޯރުކޮށްދިނުމަކީ މިނިސްޓްރީގެ މުހިންމު މަސްއޫލިއްޔަތެކެވެ. ހަމަ އެއާއެކު، އަނިޔާ ތަޙައްމަލުކުރާ ފަރާތްތަކަށް ބޭނުންވާ ރައްކައުތެރިކަން ކަށަވަރު ކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ ސިޔާސަތުތަކެއް އެކުލަވައިލައި، ތަންފީޛުކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން، މިނިސްޓްރީން އަންނަނީ އެކި ބާވަތުގެ އަނިޔާއިން ރައްކައުތެރިކުރުމާއި، އަޅައިލުންބޭނުންވާ ފަރާތްތަކަށް ޤާނޫނުތަކުގެ ތެރެއިން ކަށަވަރުކޮށްދޭ ޙައްޤުތައް ބަޔާންކޮށްދީ، ޤައުމީ ކެމްޕޭންތަކާއި ތަފާތު ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. މި މަސައްކަތުގެ ނަތިޖާއެއްގެ ގޮތުން، މި ބާވަތުގެ، މައްސަލައް ޙައްލުކުރުމަށް މިނިސްޓްރީގެ އެހީތެރިކަމަށް އެދޭ ފަރާތްތަކުގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަޅުގަނޑުގެ އުންމީދަކީ އެންމެހައި ފަރާތްތަކެއްގެ ބައިވެރިވުމާއި އެއްބާރުލުމާއިއެކު ކުރަމުން މި ގެންދާ މަސައްކަތުގައި ބަރަކާތްލައްވައި، މި މުޖުތަމަޢުގެ ޚާއްޞަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުވެފައިވާ މުޖުތަމަޢަކަށް ވެގެން ދިޔުމެވެ.

Description

Keywords

Violence against children, child rights, women, gender based violence, domestic violence, family issues, children with conflict, self harming, suicidal behaviour, care and support, behavioural problems, ކުޑަކުދިންނަން ކުރާ އަނިޔާ، ކުޑަކުދީންގެ ހައްޤުތައް، އަންހެނުން، ޖިންސްތަކުގެ މެދުގައި ކުރެވޭ އަނިޔާ، ގެވެށި އަނިޔާ، އާއިލީ މައްސަލަތައް، ކުޑަކުދިންނާއި ދެމެދު ޖެހޭ މައްސަލަތައް، އަމިއްލަ ނަފްސަށް ގެއްލުން ދިނުން، އަޅާލުމާއި ދެވޭ އެހީތެރިކަން، އަހްލާޤީ މައްސަލަތައް, Kudakudhinanh kuraa aniyaa, kudakudhinge haqquthah, anhenun, jinsuthakuge medhugai kurevey aniyaa, geveshi aniyaa, aailee massalathah, kudakudhinnaai dhemedhu jehey massalathah, amilla nafsah gellundhinun, alhaalumaai dhevey eheetheri

Citation

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ & ސޯޝިއަލް ސަރވިސަސް. (2017). ކޭސް ސްޓެޓިސްޓިކްސް ރިޕޯޓު : ޖަނަވަރީ - އޮކްޓޫބަރު 2018.
Ministry of Gender، Family & Social Services. (2018). Case statistics report : January - October 2018.

Endorsement

Review

Supplemented By

Referenced By