ތަރަށްޤީގެ ޕުލޭން 2022-2026

Thumbnail Image

Date

2022

Journal Title

Journal ISSN

Volume Title

Publisher

ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

Abstract

ދ. އަތޮޅަކީ އާބާދީގައި 11000 ވުރެ ގިނަ މީހުން 6 ރަށެއްގައި ދިރިއުޅޭ އަތޮޅެކެވ.ެ ފަޅުތަކާއި ހާހަލާއި ގިރިތަކާއި ފަޅުރަށްތަކުން މުއްސަނދިކަން ލިބިގެންވާ މިއަތޮޅަކީ ޓްއަރިޒަމްގެ އިޤްތިސާދު ފުޅާވަމުން އަންނަ އަތޮޅެކެވ.ެ މައިގަނޑުގޮތެއްގައި އަތޮޅުގައި ކަންނެލީގެ މަސްވެރިކަން ކުރިނަމަވެސް އިޤްތިސާދީ ތަފާތު ދާއިރާތަށް މަޑުމަޑުން ތަރައްޤީވެ އަތޮޅުން ބޭރުގެ އިސްވެސްޓަރުން ޝައުޤުވެރިވާ އަތޮޅަކަށް ވަނީ ވެފައެވ.ެ މާލެއާއި އަދި އަތޮޅުތެރޭގެ ދަތުރުފަތުރުގެ ފަސޭހަތަށް މިވަނީ ތަފާތު އިޤްތިސާދީ އިޖްތިމާޢީ ހަރަކާތްތަކަށް ޖާގަ ތަނަވަސްކޮށްދީފައެވ.ެ ތިލޭރުކަމާއި އަތުމަސައްކަތާއި އަތްތެރި މަސައްކަތުގެ މަސައްކަތްތެރީންގެ ތަފާތު ފަންނުވެރި ކަން މިއަތޮޅުގައި ތަނަވަސްކަން ފާހަގަކުރެވެއެވ.ެ އަލަށް އުފެދިގެން އަންނަ ދާއިރާތަކުގައިވެސް އެކަށީގެންވާ ކާމިޔާބެއް ހޯދަމުންއަންނަކަން ޤަބޫލުކުރެވެއެވ.ެ ވިޔަފާރީގެ މައިދާނުގައިވެސް އަތޮޅުގެ ދަރީންގެ އިންވެސްޓްމަންޓްތައް އިތުރުކަން ފާހަގަކުރެވެއެވ.ެ ހާއްސަކޮށް ބަނޑިދޫ އަދި މީދޫގެ ފަރުދުން މަސްވެރިކަމުގައި ކޮށްފައިވާ އިންވެސްޓްމަންޓްތައް ގިނައެވެ . މިއަތޮޅުގައި ޘާނަވީ އަދި މަތީ ތަޢުލީމުގެ ތަފާތު ކޯސްތައް އަތޮޅުގައި ތިބެގެން ހެދުމުގެ މުފުރުޞަތު މިއަދުވަނީ ތަނަވަސްވެފައެވ.ެ އެހެންނަމަވެސް އިތުރު ކުރިއެރުންތައް މިކަމުގައި ހޯދުމަށް ކުރަންޖެހޭ މަސައްކަތް އަދިވެސް ފުޅާކަން ފާހަގަ ކުރެވެއެވ.ެ ދުނިޔޭގެ ފެންވަރުގައި ރާޅާ އެޅުމަށް އެކަށޭނަ ތަންތަން އޮތުމާއި )ކުޑަހުވަދޫ ހަޑިގިއްލާ ޕޮއިންޓް( ޝިޕްރެކްތަކާއި )އިނގިރޭސީންގެ "ލިފޭ' އަދި "އުތީމް" 2،1 ،( ޒަމާންވީ ދިވެހި ތާރީޚާއި ގުޅިފައިވާ ތާރީޚީ ބިނާތަކަކީ ) ހުޅުދެލީގެ ދޮންހިޔަލަ ފެންވަޅާއި އެމީހުން ދިރިއުޅުނު ސަރަހައްދ،ު މާއެނބޫދޫ ނައިބު ތުއްތު ބިސްތާނ،ަ ކުޑަހުވަދޫ އާޘާރީ މިސްކިތް ( ޓްއަރިޒަމްގެ ދާއިރާއިން އިތުރު ނަފާހޯދޭނެ ރައުސް މާލުތަކެއްކަން ކަށަވަރުވެ ޔަޤީންވެއެވ.ެ އަތޮޅުގެ ރައްޔިތުންގެ ކިބައިގައި އެކުވެރި އެއްބައިވަންތަ އަދި ގުޅިގެން މަސައްކަތްކޮށް ކުރިއަރައި ދިއުމުގެ ރޫޙް އަށަގެންފައިވާކަމީ އަތޮޅަށް އުފާ ފާގަތި މުސްތަޤްބަލެއް ލިބުމަށް އޮތް އެންމެ ވަރުގަދަ އެއްބާރެވ.ެ ތަފާތު އިންވެސްޓްމަންޓްތަކަށް ެ.އަތޮޅުގެ ރަށްރަށުން ކިޔާ މަރްޙަބާ ، ފުޅާކަން ބޮޑުގޮތެއްގައި ފެތުރިފައި އޮތުމަކީ އަތޮޅުގެ ކުރިމަގު އުޖާލާވުމުގެ ތަޅުދަނޑިއެވ

Description

Keywords

Citation

ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ. (ތ.ނ.) ތަރަށްޤީގެ ޕުލޭން 2022-2026

Endorsement

Review

Supplemented By

Referenced By