އުމުރުން 3 އަހަރާއި 5 އަހަރާއި ދެމެދުގެ ކުދިން، ވާހަކަ ދެއްކުމުގައި ދިބެހިބަސް ނޫން އެހެން ބަހެއް ބޭނުންކުރަނީ ކިހާމިންވަރަކަށް ހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟
Loading...
Date
2017-05-14
Authors
Journal Title
Journal ISSN
Volume Title
Publisher
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Faculty of Arts, Maldives National University
Abstract
މި ދިރާސާއަކީ އުމުރުން 3 އަހަރާއި 5 އަހަރާއި ދެމެދުގެ ކުދިންގެ ވާހަކަދެއްކުމުގައި ދިވެހިބަސް ނޫން
އެހެން ބަހެއް ބޭނުންކުރަނީ ކިހާމިންވަރަކަށްތޯއާއި އަދި މި އުމުރުގެ ކުދިންގެ ވާހަކަދެއްކުމުގައި އެހެން ބަހެއް
ބޭނުންކުރާ ސަބަބުތައް ދެނެގަތުމަށްޓަކައި ކުރެވުނު ދިރާސާއެކެވެ. އެހެންކަމުން މިދިރާސާ ބައްޓަންކޮށްފައިވާނީ
މިކްސްޑް މެތަޑަށެވެ. އެހެނީ މި ދިރާސާގެ ނަތީޖާ ކަ ނޑައެޅުމުގައި ކްއެންޓީޓޭޓިވްއާއި ކޮލިޓޭޓިވް މެތަޑް
ބޭނުންކުރަން ޖެހުނެވެ. ދިރާސާގެ ސުވާލު ބައްޓަންކުރެވިފައިވާ ގޮތުން މި ދިރާސާގެ ސުވާލުގައި ކަ ނޑައެޅިފައިވާ
އުމުރުގެ ކުދިންގެ ވާހަކަދެއްކުމުގައި ދިވެހިބަސް ނޫން އެހެންބަހެއް ބޭނުންކޮށްފައިވާ ނިސްބަތް ވަޒަންކޮށްފައިވާނީ
ކްއެންޓިޓޭޓިވްކޮށެވެ. އަދި މިކަމުގެ ސަބަބުތައް ކަ ނޑައެޅީ ދިރާސާގެ ބައިވެރިންގެ ހިޔާލު ހޯދުމުގެ ގޮތުން ދެވުނު
ސުވާލު ކަރުދާހަކާއި ދިރާސާގެ ބައިވެރިންނާއި ކުރެވުނު އިންޓަރވިއުއިން ލިބުނު ޚިޔާލުތަކުގެ މައްޗަށް ރިޢާޔަތްކޮށް
ކޮލިޓޭޓިވް މެތަޑުގެ އެހީގައެވެ.
މިދިރާސާއިން ހާމަވި ގޮތުގައި އުމުރުން 3 އަހަރު، 1 އަހަރު އަދި 5 އަހަރުގެ ކުދިންގެ
ވާހަކަދެއްކުމުގައިވެސް ދިވެހިބަސް ނޫން އެހެން ބަހެއް ބޭނުން ކުރެއެވެ. އެގޮތުން ފާހަގަ ކުރެވުނީ ދިވެހި ބަހާއި
އެކު މި އުމުރުގެ ކުދިންގެ ވާހަކަ ދެއްކުމުގައި ބޭނުންކުރަނީ އިނގިރޭސި ބަސްކަމެވެ. އެހެނީ ދިރާސާއިން ހާމަވި
ގޮތުގައި ދިރާސާގެ 31 ބައިވެރިންގެ ތެރެއިން އެންމެ ކުއްޖެއް ފިޔަވާ ހުރިހާ ކުދިންވެސް އެކުދިންގެ
ވާހަކަދެއްކުމުގައި އިނގިރޭސި ބަސް ބޭނުންކުރެއެވެ. ދިރާސާއިން ފާހަގަކުރެވުނު ގޮތުގައި އުމުރުން 3 އަހަރުގެ
41 ކުދިންގެ ވާހަކަ ދެއްކުމުގައި ފާހަގަ ކުރެވުނު 411 ލަފްޒުގެ ތެރެއިން ދިވެހި ލަފްޒުގެ ގޮތުގައި ބޭނުން
ކޮށްފައިވަނީ 74 ލަފްޒެވެ. އިނގިރޭސި ލަފްޒުގެ ގޮތުގައި ބޭނުންކޮށްފައިވަނީ 79 ލަފްޒެވެ. އުމުރުން 1 އަހަރުގެ
ކުދިންގެ ވާހަކަދެއްކުމުން ފާހަގަ ކުރެވުނު ގޮތުގައި އެކުދިން ބޭނުންކުރި 411 ލަފްޒުގެ ތެރެއިން ދިވެހި ލަފްޒުގެ
ގޮތުގައި ބޭނުންކުރީ 67 ލަފްޒެވެ. އަދި އިނގިރޭސި ލަފްޒުގެ ގޮތުގައި އެކުދިން ބޭނުންކުރީ 33 ލަފްޒެވެ. 5
އަހަރުގެ ކުދިންގެ ވާހަކަދެއްކުމުން ހާމަވި ގޮތުގައި އެކުދިންގެ ވާހަކަދެއްކުމުގައި 64 ދިވެހި ލަފްޒު ބޭނުންކުރިއިރު
އިނގިރޭސި ލަފްޒުގެ ގޮތުގައި ބޭނުންކުރީ 39 ލަފްޒެވެ. މިއުމުރުގެ ކުދިންގެ ވާހަކަދެއްކުމުގައި ދިވެހިބަސް ނޫން
އެހެންބަހެއް ބޭނުންކުރާކަމަށް މި ދިރާސާގެ އަލީގައި ހޯދުނު ސަބަބުތަކަކީ ސްކޫލުގައި އިނގިރޭސި ބަސް ކިޔަވައިދިނުމާއި، ކުދިން ކާރޓޫން ބަލާތީއާއި ދިވެހިބަސްދެކެ ކުދިން ފޫހިވުމާއި އަދި އެކުދިންނަށް ރަނގަޅު ނަތީޖާއެއް
ހޯދައިދިނުމަށްޓަކައި އިނގިރޭސިބަސް ކިޔެވުމަށް ބެލެނިވެރިން ބާރުއަޅާތީ ކަމަށް ދިރާސާގެ ބައިވެރިން ގަބޫލު
ކުރައްވައެވ
Description
Keywords
Citation
saruna.mnu.edu.mv މަރްޔަމް އިބްރާހިމް. (2017). އުމުރުން 3 އަހަރާއި 5 އަހަރާއި ދެމެދުގެ ކުދިން، ވާހަކަ ދެއްކުމުގައި ދިބެހިބަސް ނޫން އެހެން ބަހެއް ބޭނުންކުރަނީ ކިހާމިންވަރަކަށް ހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟ (ޑިގްރީ ތީސިސް، ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ). ނެގީ
Ibrahim, M. (2017). Umurun 3 aharaai 5 aharaai dhemedhuge kudhin, vaahaka dhekkumugai Dhivehi bas noon ehen baheh beynunkuranee kihaaminvarakah heyyeve? Eee keevveheyyeve? (Degree thesis, Faculty of Arts, Maldives National University). Retrieved from saruna.mnu.edu.mv
Ibrahim, M. (2017). Umurun 3 aharaai 5 aharaai dhemedhuge kudhin, vaahaka dhekkumugai Dhivehi bas noon ehen baheh beynunkuranee kihaaminvarakah heyyeve? Eee keevveheyyeve? (Degree thesis, Faculty of Arts, Maldives National University). Retrieved from saruna.mnu.edu.mv