Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/13910
Full metadata record
DC FieldValueLanguage
dc.contributor.authorޢަލީ ޢާމިރު-
dc.contributor.authorއަޙުމަދު މުރުތަޟާ-
dc.contributor.authorޢާއިޝަތު ރަޝްފާ-
dc.contributor.authorAmir, Ali-
dc.contributor.authorMuruthal'aa, Ahmed-
dc.contributor.authorRishfa, Aishath-
dc.date.accessioned2022-10-24T04:56:27Z-
dc.date.available2022-10-24T04:56:27Z-
dc.date.issued2015-
dc.identifier.citationޢަލީ ޢާމިރު. (2015). ސާފު ރާއްޖެ އިނީޝިއޭޓިވް : ކުނި މެނޭޖުކުރުމުގެ ޤައުމީ ސިޔާސަތު. މާލެ: މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ.en_US
dc.identifier.citationAmir, A., Muruthal'aa, A. & Rashfa, A. (2015). Saafu Raajje initiative : kuni manaage kurumuge gaumee siyaasathu. Male': Ministry of Environment and Energy.en_US
dc.identifier.isbn978991559148-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/13910-
dc.description.abstractދިވެހިރާއްޖެއަކީ ކުދި ރަށްތަކެއް ހިމެނޭގޮތަށް ޤުދުރަތީގޮތުން 26 އަތޮޅެއް ހިމެނިގެންވާ ކުޑަ ޖަޒީރާ ޤައުމެކެވެ. ރާއްޖޭގެ އެންމެ މައި ދެ އިޤްތިޞާދީ ހަރަކާތްތައް ބިނާވެފައިވަނީ ޤައުމުގެ ޤުދުރަތީ ރީތިކަމާއި ކަނޑުތަކުގެ މުއްސަނދިކަމުގެ މައްޗަށެވެ. ރާއްޖޭގެ .ޤުދުރަތީ ރީތިކަމަކީ ރާއްޖޭގެ އެންމެ މުހިންމު އެއް އަސާސްކަމުގައި ވަނީ ވެފައެވެ ރާއްޖޭގެ އިޤްތިޞާދު މިގޮތަށް ބިނާވެފައިވީ އިރު ޤައުމުގެ ޤުދުރަތީ ރީތިކަމާއި ރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލަކީ ރާއްޖެއަށް ދިމާވެފައިވާ ކުނީގެ .މައްސަލައެވެ ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ދިމާވެފައިވާ މި ބޮޑު މައްސަލަ ރާއްޖެއަށް ކުރިމަތިވާން ފަށާފައިވަނީ ފާއިތުވި 40 އަހަރުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވާ .ތަރައްޤީ އާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެންނެވެ މިގޮތުން ބައިނަލްއަޤްވާމީ ދުނިޔެއެކޭ އެއްފަދައިން ރާއްޖޭގައިވެސް އަމިއްލައަށް ފަނާނުވާ ޒާތުގެ ކުނި )ނަން ބަޔޯޑީގްރޭޑަބަލް ވޭސްޓް( އުފެދޭ މިންވަރު ވަނީ އެތައް ގުނައެއް އިތުރުވެފައެވެ. މީގެ އިތުރުން ރާއްޖޭގެ އާބާދީ އިތުރުވެ، ފަތުރުވެރިކަން ރަނގަޅުވުމާ ގުޅިގެން ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ އަދި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަދަދު އިތުރުވުމަކީވެސް ރާއްޖޭގައި އުފެދޭ ކުނީގެ މިންވަރު އިތުރުވުމުގެ .މައިގަނޑު އެއް ސަބަބުކަމުގައި ފާހަގަކުރެވެއެވެ ޤައުމުގެ ކުނި މެނޭޖުކުރުން ހިންގާނެގޮތުގެ މަގު ދައްކައިދޭ ލިޔުމެއްގެ ގޮތުން ތައްޔާރުކޮށްފައިވާ ކުނި މެނޭޖުކުރުމުގެ ޤައުމީ ސިޔާސަތުގެ މައިގަނޑު މަޤްޞަދަކީ ކުނި މެނޭޖުކުރުމުގެ ގޮތުން ތައްޔާރުކުރެވޭ އުޞޫލުތަކާއި، ގަވާއިދުތަކާއި، މިންގަނޑުތަކާއި އަދި ޕްލޭންތަކާއި މާސްޓަރޕްލޭންތަކަކީ އެއްވިސްނުމެއްގެ މައްޗަށް ބިނާވެފައިވާ ލިޔެކިޔުންތަކެއް ކަމުގައި ހެދުމެވެ. މިގޮތުން މިސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން ރާއްޖޭގެ ކުނި މެނޭޖުކުރުމުގެ ހުރިހާ ލިޔެކިޔުންތައް ތައްޔާރު ކުރުމުން މިހާރު ކުނި .މެނޭޖުކުރުމުގައި ދިމާވެފައިވާ ފުށުއެރުންތަކަށް ޙައްލެއް ލިބިގެންދާނެއެވެ މިގޮތުން ކުނި މެނޭޖުކުރުމުގައި ފަރުދީ ފެންވަރުގައި، ގޭބިސީތަކުންނާއި، ރަށު ފެންވަރާއި އަތޮޅު ފެންވަރުގައި، ސަރަޙައްދީ ފެންވަރާއި ޤައުމީ ފެންވަރުގައި ކުނި .މެނޭޖުކުރުމުގައި އެކި ފަރާތްތަކުގެ ޒިންމާތައް ބެހިފައިވާގޮތް ބަޔާންކޮށްފައިވާނެއެވެ އަދި މީގެ އިތުރުން ކުނި މެނޭޖުކުރުމުގެ ނިޒާމުގެ ތެރެއިން ފީނެގުމުގެ އުޞޫލުތަކުގެ އަސާސްތަކާއި، ކުނި މެނޭޖުކުރުމުގައި ޕަބްލިކް ޕްރައިވެޓް ޕާރޓްނަރޝިޕްގެ ރޯލާއި، އަދި ރަށުގެ ކުނި މެނޭޖުކުރުމުގެ ޕްލޭންތައް ތައްޔާރުކުރުމުގެ އަސާސަށް ބަލައި، މި ހުރިހާ ކަމެއް ކަނޑައެޅިފައިވާ ނިޒާމެއްގެ ތެރެއިން ގެންދިޔުމަކީވެސް ސިޔާސަތު ބިނާވެފައިވާ .އަސާސްތަކުގައި ހިމެނޭ މުހިންމު ބައިތަކެވެ ދިވެހިރާއްޖޭގެ ކުނި މެނޭޖުކުރުމުގެ ޤައުމީ ސިޔާސަތުގައި، ކުނި މެނޭޖުކުރުމުގައި ޝާމިލްވާ އަދި މިކަމުގެ ސަބަބުން އަސަރު ފޯރާނެ މައިގަނޑު ފަރާތްތަކާއި ދާއިރާތައް ފާހަގަކޮށްފައި ވާނެއެވެ. މިސިޔާސަތުގައި ކުނި މެނޭޖުކުރުމުގެ ނިޒާމުގެ މުހިންމު ޙިއްޞާއެއް އޮންނަ ފަރާތްތައް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ކުނި މެނޭޖުކުރުމުގައި ޙިއްޞާވާ .ފަރާތްތަކުގެ ޒިންމާތައް ވަކިކޮށް ކުނި މެނޭޖުކުރުމުގެ ނިޒާމު ރަނގަޅު ކުރުމެވެ މިސިޔާސަތުގައި ރާއްޖޭގައި ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލެއް ހޯދާއިދިނުމުގެ ގޮތުން ޙާޞިލުކުރަންޖެހޭ މައިގަނޑު 10 ސިޔާސަތެއް ފާހަގަކުރެވިފައި ވާނެއެވެ. މީގެ ތެރެއިން ކުރު މުއްދަތެއްގެ ތެރޭގައި ޙާޞިލުކުރެވިދާނެ ލަނޑުދަނޑިތަކާއި ދިގު މުއްދަތުގެ މަސައްކަތައް ބަރޯސާވާ ލަނޑުދަނޑިތައް ހިމެނެވެ. ކުނީގެ މައްސަލައަށް ޙައްލެއް ލިބިގެން ދާނީ މިހުރިހާ ލަނޑުދަނޑިއެއް ޙާޞިލުވެ އެއް ޢުޞޫލެއްގެ މައްޗައް ބިނާވެފައިވާ ކުނި .މެނޭޖުކުރުމުގެ ނިޒާމެއް ވުޖޫދަށް ގެނެސް ޢަމަލުކުރަން ފެށުމުންނެވެ-
dc.publisherމިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީen_US
dc.publisherMinistry of Environment and Energyen_US
dc.titleސާފު ރާއްޖެ އިނީޝިއޭޓިވް : ކުނި މެނޭޖުކުރުމުގެ ޤައުމީ ސިޔާސަތުen_US
dc.title.alternativeSaafu Raajje initiative : kuni manaage kurumuge gaumee siyaasathuen_US
dcterms.languageDhivehi-
dcterms.typeBook-
Appears in Collections:ތިމާވެށި
Environment A


Files in This Item:
File Description SizeFormat 
National Waste Management Policy 2015.pdf5.45 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.