Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/7436
Full metadata record
DC FieldValueLanguage
dc.contributor.authorމަރްޔަމް އިބްރާހިމް-
dc.contributor.authorIbrahim, Maryam-
dc.date.accessioned2020-10-19T12:20:29Z-
dc.date.available2020-10-19T12:20:29Z-
dc.date.issued2017-05-14-
dc.identifier.citationsaruna.mnu.edu.mv މަރްޔަމް އިބްރާހިމް. (2017). އުމުރުން 3 އަހަރާއި 5 އަހަރާއި ދެމެދުގެ ކުދިން، ވާހަކަ ދެއްކުމުގައި ދިބެހިބަސް ނޫން އެހެން ބަހެއް ބޭނުންކުރަނީ ކިހާމިންވަރަކަށް ހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟ (ޑިގްރީ ތީސިސް، ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ). ނެގީen_US
dc.identifier.citationIbrahim, M. (2017). Umurun 3 aharaai 5 aharaai dhemedhuge kudhin, vaahaka dhekkumugai Dhivehi bas noon ehen baheh beynunkuranee kihaaminvarakah heyyeve? Eee keevveheyyeve? (Degree thesis, Faculty of Arts, Maldives National University). Retrieved from saruna.mnu.edu.mven_US
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/7436-
dc.description.abstractމި ދިރާސާއަކީ އުމުރުން 3 އަހަރާއި 5 އަހަރާއި ދެމެދުގެ ކުދިންގެ ވާހަކަދެއްކުމުގައި ދިވެހިބަސް ނޫން އެހެން ބަހެއް ބޭނުންކުރަނީ ކިހާމިންވަރަކަށްތޯއާއި އަދި މި އުމުރުގެ ކުދިންގެ ވާހަކަދެއްކުމުގައި އެހެން ބަހެއް ބޭނުންކުރާ ސަބަބުތައް ދެނެގަތުމަށްޓަކައި ކުރެވުނު ދިރާސާއެކެވެ. އެހެންކަމުން މިދިރާސާ ބައްޓަންކޮށްފައިވާނީ މިކްސްޑް މެތަޑަށެވެ. އެހެނީ މި ދިރާސާގެ ނަތީޖާ ކަ ނޑައެޅުމުގައި ކްއެންޓީޓޭޓިވްއާއި ކޮލިޓޭޓިވް މެތަޑް ބޭނުންކުރަން ޖެހުނެވެ. ދިރާސާގެ ސުވާލު ބައްޓަންކުރެވިފައިވާ ގޮތުން މި ދިރާސާގެ ސުވާލުގައި ކަ ނޑައެޅިފައިވާ އުމުރުގެ ކުދިންގެ ވާހަކަދެއްކުމުގައި ދިވެހިބަސް ނޫން އެހެންބަހެއް ބޭނުންކޮށްފައިވާ ނިސްބަތް ވަޒަންކޮށްފައިވާނީ ކްއެންޓިޓޭޓިވްކޮށެވެ. އަދި މިކަމުގެ ސަބަބުތައް ކަ ނޑައެޅީ ދިރާސާގެ ބައިވެރިންގެ ހިޔާލު ހޯދުމުގެ ގޮތުން ދެވުނު ސުވާލު ކަރުދާހަކާއި ދިރާސާގެ ބައިވެރިންނާއި ކުރެވުނު އިންޓަރވިއުއިން ލިބުނު ޚިޔާލުތަކުގެ މައްޗަށް ރިޢާޔަތްކޮށް ކޮލިޓޭޓިވް މެތަޑުގެ އެހީގައެވެ. މިދިރާސާއިން ހާމަވި ގޮތުގައި އުމުރުން 3 އަހަރު، 1 އަހަރު އަދި 5 އަހަރުގެ ކުދިންގެ ވާހަކަދެއްކުމުގައިވެސް ދިވެހިބަސް ނޫން އެހެން ބަހެއް ބޭނުން ކުރެއެވެ. އެގޮތުން ފާހަގަ ކުރެވުނީ ދިވެހި ބަހާއި އެކު މި އުމުރުގެ ކުދިންގެ ވާހަކަ ދެއްކުމުގައި ބޭނުންކުރަނީ އިނގިރޭސި ބަސްކަމެވެ. އެހެނީ ދިރާސާއިން ހާމަވި ގޮތުގައި ދިރާސާގެ 31 ބައިވެރިންގެ ތެރެއިން އެންމެ ކުއްޖެއް ފިޔަވާ ހުރިހާ ކުދިންވެސް އެކުދިންގެ ވާހަކަދެއްކުމުގައި އިނގިރޭސި ބަސް ބޭނުންކުރެއެވެ. ދިރާސާއިން ފާހަގަކުރެވުނު ގޮތުގައި އުމުރުން 3 އަހަރުގެ 41 ކުދިންގެ ވާހަކަ ދެއްކުމުގައި ފާހަގަ ކުރެވުނު 411 ލަފްޒުގެ ތެރެއިން ދިވެހި ލަފްޒުގެ ގޮތުގައި ބޭނުން ކޮށްފައިވަނީ 74 ލަފްޒެވެ. އިނގިރޭސި ލަފްޒުގެ ގޮތުގައި ބޭނުންކޮށްފައިވަނީ 79 ލަފްޒެވެ. އުމުރުން 1 އަހަރުގެ ކުދިންގެ ވާހަކަދެއްކުމުން ފާހަގަ ކުރެވުނު ގޮތުގައި އެކުދިން ބޭނުންކުރި 411 ލަފްޒުގެ ތެރެއިން ދިވެހި ލަފްޒުގެ ގޮތުގައި ބޭނުންކުރީ 67 ލަފްޒެވެ. އަދި އިނގިރޭސި ލަފްޒުގެ ގޮތުގައި އެކުދިން ބޭނުންކުރީ 33 ލަފްޒެވެ. 5 އަހަރުގެ ކުދިންގެ ވާހަކަދެއްކުމުން ހާމަވި ގޮތުގައި އެކުދިންގެ ވާހަކަދެއްކުމުގައި 64 ދިވެހި ލަފްޒު ބޭނުންކުރިއިރު އިނގިރޭސި ލަފްޒުގެ ގޮތުގައި ބޭނުންކުރީ 39 ލަފްޒެވެ. މިއުމުރުގެ ކުދިންގެ ވާހަކަދެއްކުމުގައި ދިވެހިބަސް ނޫން އެހެންބަހެއް ބޭނުންކުރާކަމަށް މި ދިރާސާގެ އަލީގައި ހޯދުނު ސަބަބުތަކަކީ ސްކޫލުގައި އިނގިރޭސި ބަސް ކިޔަވައިދިނުމާއި، ކުދިން ކާރޓޫން ބަލާތީއާއި ދިވެހިބަސްދެކެ ކުދިން ފޫހިވުމާއި އަދި އެކުދިންނަށް ރަނގަޅު ނަތީޖާއެއް ހޯދައިދިނުމަށްޓަކައި އިނގިރޭސިބަސް ކިޔެވުމަށް ބެލެނިވެރިން ބާރުއަޅާތީ ކަމަށް ދިރާސާގެ ބައިވެރިން ގަބޫލު ކުރައްވައެވen_US
dc.language.isodhen_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National Universityen_US
dc.titleއުމުރުން 3 އަހަރާއި 5 އަހަރާއި ދެމެދުގެ ކުދިން، ވާހަކަ ދެއްކުމުގައި ދިބެހިބަސް ނޫން އެހެން ބަހެއް ބޭނުންކުރަނީ ކިހާމިންވަރަކަށް ހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟en_US
dc.title.alternativeUmurun 3 aharaai 5 aharaai dhemedhuge kudhin, vaahaka dhekkumugai Dhivehi bas noon ehen baheh beynunkuranee kihaaminvarakah heyyeve? Eee keevveheyyeve?en_US
dc.typeThesisen_US
Appears in Collections:Number 1, August 2020



Items in Saruna are protected by copyright, with all rights reserved, unless otherwise indicated.