Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/984
Full metadata record
DC FieldValueLanguage
dc.contributor.authorManik, Abdul Hakeem Hussain-
dc.contributor.authorޢަބުދުލް ޙަކީމް ޙުސައިން މަނިކް-
dc.date.accessioned2018-03-19T06:12:01Z-
dc.date.available2018-03-19T06:12:01Z-
dc.date.issued1994-09-11-
dc.identifier.citationManik, A. H. H. (1999). Hassan Fareedge adhi dhivehi thaareekh'uge thanthan kolhu. Unpublished manuscript.en_US
dc.identifier.citationޢަބުދުލް ޙަކީމް ޙުސައިން މަނިކް. (1994) ޙަސަން ފަރީދުގެ ތާރީޚު އަދި ދިވެހި ތަރީޚުގެ ތަންތަން ކޮޅު. ޗާޕް ނުކުރާ ފޮތެއް.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/984-
dc.description.abstractއަޅުގަނޑު މިލިއަންފެއްޓީ ކުރީގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރޭން އައްނަބީލު ޙަޝަން ފަރީދު ދީދީ ގެ ސަވާނީޙު އަޅުގަނޑު ލޮލުން ދެކި އަތުން ހިފި ކަމެއްކަމަށް ވާތީ ވަރަށް ފުރިހަމަވުމާއި ގާތަށް ލިޔެވޭތޯ ބެލުމަށެވެ. މިޒަމާނުގެ ވެރިންގެ އިތުރަށް އުތީމު ދަރިކޮޅުގެ ބައެއް މުޙިއްބުލް ވަޠަންގެ ތާރީޚު އާއި ފޯކް ލޯވެސް މިފޮތުގައި ހިމެނެއެވެ. އަޅުގަނޑު ދެކޭގޮތުގައި ދިވެހި ތާޜީޚުގައި އެންމެ ރީތި ނަންފުޅެއް ލިޔެވޭ ބޭފުޅަކީ އަލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޘަމު ސިރީ ސަވާދީއްތަ މަހާރަދުންނެވެ. އިސްކަންދަރު މަހާރަދުންނާއި އެ ރަދުންގެ ބައްޕާފުޅު ބޮޑު ރަސްގެފާނުވެސް އެއީ ދިވެހި ތާރީޚުގައި ރީތިއަކުރުން ލިޔެވޭނެ ޢިއްޒަތް ތެރި ދެ ބަފާކަލުންނެވެ. އަލް ޣާޒީ ޙަސަން ޢިއްޒަތްދީން ދޮންބަންޑާރަ އަކީވެސް ރާއްޖެ ވަރަށް ދޯދިޔާ ބިދޭސީ ބައެއްގެ އަތުން ސަލާމަތްކުރެއްވި ލީޑަރެކެވެ. އަދި އެއަށްވުރެ މާވަރުގަދަ ލީޑަރެއް ރާއްޖޭގައި އުފެދުނެވެ. އެބޭފުޅަކީ ވެލާނާގޭ އަލްފާޟިލް އިބްރާހީމް ނާޞިރެވެ. އެމަނިކުފާނު ރާއްޖެ ސަލާމަތްކުރެއްވީ ދުނިޔޭގައި އޮތް އެންމެބުއްދިވެރި، އެންމެ ޙިކުމަތްތެރި އިނގިރޭސީންގެ އަޅުވެތިކަމުގައި ދިވެހިރާއްޖެ ހަތްދިހަ އަށް އަހަރު (78 އަހަރު) އޮތުމަށް ފަހުއެވެ. މިބޮޑު ޚިދުމަތުގެ އިނާމެއް ގޮތުން އެދުވަސްވަރު އޮތް ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނަށް ރަންނަބަޑޭރި ކަމަށް ކޮލިލުމަށް ފާސްކުރިއެވެ. ކޮލިވެސް ލިޔެވެ. އަދި "ނިޝާ ޣާޒީގެ އިއްޒަތްތެރި ވެރިޔާ" މެޑެލް ވެސް ދެއްވިއެވެ. މިއީ ރަން މެޑެއްޔެކެވެ. މިހާރު އިބްރާހީމް ނާޞިރުގެ ނަންފުޅަކީ ޞާޙިބުއް ދައުލާ އަލްފާޟިލް އިބްރާހީމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނު ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިޔާއެވެ. އިބްރާހީމް ނާޞިރު އިނގިރޭސީންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވީ ހަތް އަހަރު ދިގު މުއްދަތެއްގައި އިނގިރޭސީންނާއި އެކިބާވަތް ބާވަތުގެ ޢިލްމީ އަދި ޤަލަމީ ޖިހާދު ކުރައްވައިގެންނެވެ. ހަނގުރާމަ ކޮށްގެން ލޭ އޮހޮރުވައިގެން ނެއްނޫނެވެ. ކޮންމެވެސް ވަރެއްގެ މުޒާހަރާތަކެއް ވެސް ކުރިއެވެ. އިބްރާހީމް ނާޞިރުގެ ނަން އަޅުގަނޑުގެ ޤަލަމުން ލިޔާނީ އަލް ޣާޒީ މުޙައްމަދު ތަކުރުފާނުލް ޢައުޒަމް ބޮޑު ތަކުރުފާނުގެ ނަންފުޅާ ޖެހިގެންނެވެ. އެހާވެސް ނާޞިރު ކުރެެއްވި މިނިވަންކަމުގެ ޖިހާދު ރާއްޖޭގެ ޙައްޤު ގައި މަތިވެރިއެވެ. މީހަކު ކޮންމެ އެއްޗެއް ކިޔަސް އިބްރާހީމް ނާޞިރު އަކީ ރާއްޖެ އުފެއްދި އެންމެ ހިތްވަރުގަދަ ކެތްތެރި ވިސްނުންތެރި ބަޠަލުންގެ ތެރެއިން ދެވަނަ ބަޠަލެވެ. އެެއްވަނަ ބަޠަލަކީ އަލް ޣާޒީ މުޙައްމަދު ތަކުރުފާނުލް ޢައުޒަމް އެވެ. އިބްރާހީމް ނާޞިރު ރާއްޖެއަށް ހޯއްދަވާދެއްވި މިނިވަންކަމުގެ ފޮނި ނަތީޖާ އަދިވެސް އެންމެ ފުރިހަމައަކަށް ނުފެނެއެވެ. އެހެންނަމަވެސް މިނިވަންކަމަށް ފަންސާސް އަހަރު ފުރޭ ޖުލައި 26 (ޖުލައި ސައްބީސް) ދުވަހު ރާއްޖެއަށް އޮންނާނީ ރާއްޖޭގެ އެންމެ އަގުހުރި އެއްދަރި ކަމުގައިވާ މިނިވަންކަމުގެ މިޒަމާނުގެ ބާނީ ކަމުގައިވެސް ހިމެނޭ، އަލްފާޟިލް އިބްރާހީމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނުން ނިޝާން ޣާޒީ ގެ އިއްޒަތްތެރި ވެރިޔާގެ ނަންފުޅު ފިސާރި ކެރިގެން ޒުވާނުން އެންނަފުޅަށް ވަރަށް ހޫނު ތަރުޙީބު ހަމަ ފާޅުގައި ދެމުންގެންދާ ގޮތަށެވެ. ރާއްޖެ ދެމިއޮތްހާ ދުވަހަކު އެމަނިކުފާނަށް ވަރަށް ފުރިހަމަ ޝުކުރު އަދާކުރަމުން ގެންދާނެކަން ކަށަވަރެވެ.-
dc.publisherUnpublished manuscripten_US
dc.subjectޙަސަން ފަރީދުen_US
dc.subjectސިލޯންen_US
dc.subjectމޯޓަރު ބޯޓްen_US
dc.subjectމޯޓަރު ބޯޓް ގަޑުބަޑުen_US
dc.subjectޤާނޫނު އަސާސީen_US
dc.subjectރައްޔިތުންގެ މަޖްލިސްen_US
dc.subjectމުޙައްމަދު ޝަމްސުއްދީންen_US
dc.subjectގުޅަކުލޭ ފަސްގަނޑުen_US
dc.subjectމުޙައްމަދު އަމީން ދީދީen_US
dc.subjectވަޒީރުންގެ މަޖްލިސްen_US
dc.subjectއަދުލު އިންސާފު ނެތުންen_US
dc.titleޙަސަން ފަރީދުގެ ތާރީޚު އަދި ދިވެހި ތަރީޚުގެ ތަންތަން ކޮޅުen_US
dc.title.alternativeHassan Fareedge adhi dhivehi thaareekh'uge thanthan kolhu.en_US
dc.typeBooken_US
Appears in Collections:ދިވެހި ތާރީޚް
Maldivian History


Files in This Item:
File Description SizeFormat 
Hassan Fareedge Thaareekhu.pdf3.49 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.