Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1043
Title: ދިވެހިބަހުން ލިޔެ ޝާއިޢުކުރެވިފައިވާ ހުންނަ ކުރުވާހަކަތަކުގައި ޖިންސު ނުވަތަ ޖެންޑަރ ހުށަހަޅައިދީފައި ހުންނަނީ ގޮތާއި ފެމިނިޒަމު ބޭނުންކޮށްފައި ހުންނަ މިންވަރު ދެނެގަތުން
Other Titles: Dhivehi bahun liye sh’aaiu’kurevifaivaa hunna kuruvaahakathakugai jinsu nuvatha jendaa hushahalhaidheefai hunnanee gothaai feminizamu beynunkohfai hunna minvaru dhenegathun
Authors: ޙަސަން ޢަބްދުއްލަޠީފް
Abdul Latheef, Hassan
Issue Date: 1-Jun-2016
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: ޙަސަން ޢަބްދުއްލަޠީފް. (2016). ދިވެހިބަހުން ލިޔެ ޝާއިޢުކުރެވިފައިވާ ހުންނަ ކުރުވާހަކަތަކުގައި ޖިންސު ނުވަތަ ޖެންޑަރ ހުށަހަޅައިދީފައި ހުންނަނީ ގޮތާއި ފެމިނިޒަމު ބޭނުންކޮށްފައި ހުންނަ މިންވަރު ދެނެގަތުން. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Abdul Latheef, H. (2016). Dhivehi bahun liye sh’aaiu’kurevifaivaa hunna kuruvaahakathakugai jinsu nuvatha jendaa hushahalhaidheefai hunnanee gothaai feminizamu beynunkohfai hunna minvaru dhenegathun. Male', Maldives National University.
Abstract: މި ދިރާސާއަކީ ދިވެހި އަދަބިއްޔާތުގައި ހިމެނޭ ކުރުވާހަކައިގައި ފެމިނިޒަމް ނުވަތަ ޖެންޑަރ ހުށަހަޅައި ދީފައި ހުންނަނީ ކިހިނެތްކަމާއި ކިހާ މިންވަރަކަށްކަން ދެނެގަތުމަށް ހެދިފައިވާ ދިރާސާއެކެވެ. މިގޮތުން، މި ދިރާސާގައި އަމާޒުކުރެވިފައިވާނީ އެކި ބޭފުޅުން ދިވެހިބަހުން ލިޔުއްވާ ޝާއިޢު ކުރައްވާފައިވާ ވާހަކަތަކުގައި ޖެންޑަރ ނުވަތަ ޖިންސް ހުށަހަޅައިދީފައިވަނީ ކިހިނެތްތޯ ބެލުމަށެވެ. އަދި އެ ވާހަކަތަކުގައި ފެމިނިޒަމް އެކުލެވޭ މިންވަރުގެ މައްޗަށްވެސް ބަލާލެވިފައިވާނެއެވެ. މިފަދަ ދިރާސާއެއް ކުރިން ހެދިފައި ނުވުމާއި އެހެން ބަސް ބަހެކޭ އެއްގޮތަށް ދިވެހި ބަހުން ލިޔެ ޝާއިޢުކޮށްފައިވާ ވާހަކަތަކުގައި ވެސް ފެމިނިޒަމް ހުރިކަން ދެނެގަނެ އެކަން ހުށަހަޅައިދިނުމަކީ މި ދިރާސާގެ މަޤުޞަދެވެ. މި ދިރާސާ ކުރިޔަށް ގެންދިއުމަށް ބޭނުންކޮށްފައިވާނީ ކޮލިޓޭޓިވް ރިސާރޗް މެތަލޮޖީވެ. އެހެނީ މި ދިރާސާ ބިނާވެފައިވަނީ ޑޮކިއުމަންޓްރީކޮށް ހެދޭ ދިރާސާއަކަށް ކަމަށްވާތީއެވެ. މި ދިރާސާއަށް ސާމްޕަލް ނަގާފައިވާނީ [ރެންޑަމް ސާމްޕަލިންގ] މެތަޑު ބޭނުންކޮށްގެންނެވެ. އެއީ އެކި ދުވަސްވަރުގެ ވާހަކަތައް ނެގުމާއި، ދިރާސާގެ ރިލައިބިލިޓީ އަދި ވެލިޑިޓީ ހިފެހެއްޓުމުގެ ބޭނުމުގައެވެ. އެހެނީ އެކި ދުވަސްވަރުގެ ވާހަކަތަކުން ސާމްޕަލް ނެގިފައިވުމުން އެކި ދުވަސްވަރުގައި ޖެންޑަރގެ ތަފާތުހުރި މިންވަރުވެސް އެނގިގެންދާނެކަމަށް ޤަބޫލުކުރެވޭތީއެވެ. މި ދިރާސާގެ ސަބަބުން ދިވެހި ވާހަކަތަކުގައި ޖެންޑަރ ހުށަހަޅައިދީފައިވާ ގޮތް އެނގިގެންދިޔައެވެ. އަދި މުޖުތަމަޢުގައި އަންހެނުންގެ މަޤާމު ވާހަކަތަކުގައި ހުށަހަޅައިދީފައިވަނީ ކިހާމިންވަރަކަށްކަން އަދި ކޮންގޮތަކަށްކަންވެސް އެނގިގެންދިޔައެވެ. ޖުމުލަކޮށް ބަލާއިރު، ދިވެހިބަހުން ލިޔެ ޝާއިޢުކޮށްފައިވާ ވާހަކަތަކުގައި މުޖުތަމަޢުގެ ޙާލަތާއި މުޖުމަތުގައި ޖީންސްގެ ތަފާތުތައް އެއީ ވާހަކައިން ދައްކައިދޭ އެއްޗެއްކަމަށް ޢިލްމުވެރިން އެ ވިދާޅުވާ ވާހަކަތައް މި ދިރާސާއިން ސާބިތުވިއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1043
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Hassan Abdul Latheef.pdf647.3 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.