Browsing by Author | މުސައްނިފުން "ހަސަން ނާޝިދު"
Now showing 1 - 1 of 1
- Results Per Page
- Sort Options
ThesisItem އޮނިގަނޑުގެ ގޮތުގައި ބަލާއިރު ދިވެހި ބަހުގައި ހުރި ޖުމުލައިގެ ވައްތަރުތަކަކީ ކޮބާ؟(Faculty of Arts, Maldives National University, 2013-11-01) Nashid, Hassan; ހަސަން ނާޝިދުމިއީ އޮނިގަނޑުގެ ގޮތުން ބަލާއިރު ދިވެހި ބަހުގައި ހުރި ޖުމުލައިގެ ވައްތަރުތަކަކީ ކޮބައިކަން ހޯދައި ދިރާސާކުރުމުގެ ބޭނުމުގައި ކުރެވުނު ދިރާސާއެކެވެ. މި ދިރާސާ ކުރަންޖެހުނީ ދިވެހި ބަހުގައި ހުރި ޖުމްލައިގެ ވައްތަރުތަކަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްދީފައި ނުވާތީއެވެ. އެހެންކަމުން ސިންޓެކްސް އިލްމުގެ އެހީގައި ލިބުނު މައިލޫމާތުގެ ބޭނުންކޮށްގެން މި ދިރާސާ ތައްޔާރުކުރީމެވެ. މި ދިރާސާ ކުރިޔަށް ގެންގޮސްފައިވަނީ ކުއަލިޓޭޓިވް ޕެރަޑައިމްގެ މައްޗަށް ކޮންޓެންޓް އެނެލިސިސް، މެތޮޑޮލޮޖީއަކަށް ބޭނުންކޮށްގެންނެވެ. މިގޮތުން ދިވެހި ބަހުގެ ގަވާއިދު ފޮތަތަކުގައި ހުރި ބައެއް މައުލޫމާތާއި އިނގިރޭސި ބަހުގައި ހުރި ޖުމްލައިގެ ވައްތަރުތަކާއި ގުޅޭ ބައެއް މައުލޫމާތު ބޭނުންކޮށްގެން މި ދިރާސާ ކުރީމެވެ. މިގޮތުން ދިވެހިބަހުން ލިޔެފައި ހުރި ދެ ބާވަތެއްގެ ލިޔުންތަކަކުން (މަޒުމޫނާއި، ވާހަކައިން) ޖުމްލަތަކެއް ނަގައިގެން ތަހުލީލުކުރީމެވެ. އަދި ޖުމްލަތަކުގެ ބަސްކޯޅިއަށް (ކްލޯޒަށް) ބަލައިގެން ޖުމްލަތައް ރޫޅާލުމަށްފަހު ޖުމުލައިގެ އޮނިގަނޑު ދިރާސާކުރީމެވެ. މިގޮތުން މި ދިތާސާއިން ހޯދުނު ގޮތުގައި ދިވެހި ބަހުގައި ތިން ވައްތަރެއްގެ ޖުމުލަ ހުރެއެވެ. އެއީ ސާދާ ޖުމުލައާއި ކޯނި ޖުމުލައާއި އެކުވި ޖުމުލައެވެ. އިނިން ކޮންމެ ވައްތަރެއްގެ ޖުމަލަވެސް އެއްވައްތަރު އަނެއް ވައްތަރާއި ތަފާތެވެ. މިގޮތުން ދިވެހި ބަހުގައި ހުންނަ ސާދާ ޖުމަލައިގައި އެންނަނީ އެންމެ ބަސްކޯޅިއެކެވެ. އެއީ މިނިވަން ބަސްކޯޅިއެކެވެ. އެހެންނަމަވެސް ކޯނި ޖުމަލައެއްގައި ނަމަ ދެބަސްކޯޅި އޮންނާނެއެވެ. އަދި އޭގެތެރެއިން އެއް ބަސްކޯޅި މިނިވަންވާއިރު އަނެއް ބަސްކޯޅި މިނިވަނެއް ނުވާނެއެވެ. ހަމައެއާއެކު ގުޅުވާ އަކުރެއްގެ އެހީގައި މިނިވަން ދެ ބަސްކޯޅި ގުޅާލުމުން އެކުވި ޖުމުލަ އުފެދޭކަން ވެސް މި ދިރާސާއިން ހޯދުނެވެ. އެހެންކަމުން މިދިރާސާއިން ހޯދުނީ އޮނިގަނޑުގެ ގޮތުން ބަލާއިރު ދިވެހި ބަހުގައި ތިން ވައްތަރެއްގެ ޖުމުލަ ހުންނަ ކަމެވެ.