އޮނިގަނޑުގެ ގޮތުގައި ބަލާއިރު ދިވެހި ބަހުގައި ހުރި ޖުމުލައިގެ ވައްތަރުތަކަކީ ކޮބާ؟
Loading...
Date
2013-11-01
Authors
Journal Title
Journal ISSN
Volume Title
Publisher
Faculty of Arts, Maldives National University
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Abstract
މިއީ އޮނިގަނޑުގެ ގޮތުން ބަލާއިރު ދިވެހި ބަހުގައި ހުރި ޖުމުލައިގެ ވައްތަރުތަކަކީ ކޮބައިކަން ހޯދައި ދިރާސާކުރުމުގެ ބޭނުމުގައި ކުރެވުނު ދިރާސާއެކެވެ. މި ދިރާސާ ކުރަންޖެހުނީ ދިވެހި ބަހުގައި ހުރި ޖުމްލައިގެ ވައްތަރުތަކަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްދީފައި ނުވާތީއެވެ. އެހެންކަމުން ސިންޓެކްސް އިލްމުގެ އެހީގައި ލިބުނު މައިލޫމާތުގެ ބޭނުންކޮށްގެން މި ދިރާސާ ތައްޔާރުކުރީމެވެ.
މި ދިރާސާ ކުރިޔަށް ގެންގޮސްފައިވަނީ ކުއަލިޓޭޓިވް ޕެރަޑައިމްގެ މައްޗަށް ކޮންޓެންޓް އެނެލިސިސް، މެތޮޑޮލޮޖީއަކަށް ބޭނުންކޮށްގެންނެވެ. މިގޮތުން ދިވެހި ބަހުގެ ގަވާއިދު ފޮތަތަކުގައި ހުރި ބައެއް މައުލޫމާތާއި އިނގިރޭސި ބަހުގައި ހުރި ޖުމްލައިގެ ވައްތަރުތަކާއި ގުޅޭ ބައެއް މައުލޫމާތު ބޭނުންކޮށްގެން މި ދިރާސާ ކުރީމެވެ. މިގޮތުން ދިވެހިބަހުން ލިޔެފައި ހުރި ދެ ބާވަތެއްގެ ލިޔުންތަކަކުން (މަޒުމޫނާއި، ވާހަކައިން) ޖުމްލަތަކެއް ނަގައިގެން ތަހުލީލުކުރީމެވެ. އަދި ޖުމްލަތަކުގެ ބަސްކޯޅިއަށް (ކްލޯޒަށް) ބަލައިގެން ޖުމްލަތައް ރޫޅާލުމަށްފަހު ޖުމުލައިގެ އޮނިގަނޑު ދިރާސާކުރީމެވެ.
މިގޮތުން މި ދިތާސާއިން ހޯދުނު ގޮތުގައި ދިވެހި ބަހުގައި ތިން ވައްތަރެއްގެ ޖުމުލަ ހުރެއެވެ. އެއީ ސާދާ ޖުމުލައާއި ކޯނި ޖުމުލައާއި އެކުވި ޖުމުލައެވެ. އިނިން ކޮންމެ ވައްތަރެއްގެ ޖުމަލަވެސް އެއްވައްތަރު އަނެއް ވައްތަރާއި ތަފާތެވެ. މިގޮތުން ދިވެހި ބަހުގައި ހުންނަ ސާދާ ޖުމަލައިގައި އެންނަނީ އެންމެ ބަސްކޯޅިއެކެވެ. އެއީ މިނިވަން ބަސްކޯޅިއެކެވެ. އެހެންނަމަވެސް ކޯނި ޖުމަލައެއްގައި ނަމަ ދެބަސްކޯޅި އޮންނާނެއެވެ. އަދި އޭގެތެރެއިން އެއް ބަސްކޯޅި މިނިވަންވާއިރު އަނެއް ބަސްކޯޅި މިނިވަނެއް ނުވާނެއެވެ. ހަމައެއާއެކު ގުޅުވާ އަކުރެއްގެ އެހީގައި މިނިވަން ދެ ބަސްކޯޅި ގުޅާލުމުން އެކުވި ޖުމުލަ އުފެދޭކަން ވެސް މި ދިރާސާއިން ހޯދުނެވެ. އެހެންކަމުން މިދިރާސާއިން ހޯދުނީ އޮނިގަނޑުގެ ގޮތުން ބަލާއިރު ދިވެހި ބަހުގައި ތިން ވައްތަރެއްގެ ޖުމުލަ ހުންނަ ކަމެވެ.
Description
Keywords
އޮނިގަނޑުގެ ގޮތުން ބަލާއިރު, ދިވެހިބަސް, ޖުމްލައިގެ ވައްތަރުތައް, އިނގިރޭސި ބަސް, ސާދާ ޖުމުލަ, ކޯނި ޖުމުލަ, އެކުވި ޖުމުލަ, ދެބަސްކޯޅި, ތިން ވައްތަރެއްގެ ޖުމުލަ, ބަސްކޯޅި
Citation
Nashid, H. (2013). Maldives National University.
ހަސަން ނާޝިދު. (2012). އޮނިގަނޑު ގޮތުގައި ބަލާއިރު ދިވެހި ބަހުގައި ހުރި ޖުމުލައިގެ ވައްތަރުތަކަކީ ކޮބާ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
ހަސަން ނާޝިދު. (2012). އޮނިގަނޑު ގޮތުގައި ބަލާއިރު ދިވެހި ބަހުގައި ހުރި ޖުމުލައިގެ ވައްތަރުތަކަކީ ކޮބާ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.