Browsing by Author | މުސައްނިފުން "އައިޝަތު ޒައީމާ"
Now showing 1 - 1 of 1
- Results Per Page
- Sort Options
ThesisItem ރަމަޟާންމަހުގެ އާދަކާދައާއި، ޘަގާފަތަށް އަންނަ ބަދަލުތައް(ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން, 2009-11-01) އައިޝަތު ޒައީމާ; Zaeema, Aishathމިއީ ރަމަޟާންމަހުގެ އާދަކާދައާއި، ޘަގާފަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި ކުރެވިފައިވާ ދިރާސާއެކެވެ. އެހެންކަމުން މި ދިރާސާގައި ބަލާލާފައިވާނީ ރަމަޟާންމަހުގެ އާދަކާދައާއި ޘަގާފަތަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށެވެ. މިކަމަށް ނުފޫޒުފޯރުވައި ކަންތައްތައް ބަލައި ހޯދުމަށް، މިގޮތުން މި ދިރާސާއިން ހާމަވިގޮތުގައި ރަމަޟާންމަހަށް ހަނދުބެލުމުގެ މާކުރިން މާލޭގެ ބޮޑެތި ފިހާރަތަކުގައި އަގުހުރި އިނާމްތަކާއިއެކު ސޭލުތައްއަޅުވާ، "ރަމަޒާން" މިނަން ވިޔަފާރީގެ ބްރޭންޑެއްގެ ގޮތުގައި ބޭނުންކޮށްގެން ވިޔަފާރީގެ "ޢީދެއް" އުފައްދާފައިވާކަން ފާހަގަވެއެވެ. ހަމައެހެންމެ ރަމަޟާން މަހުގެ ރޯދަވިއްލުންތައްވެސް ބޮޑެތިއަގުތަކުގައި ރެސްޓޯރަންޓަށް ދީލާލާފައިވާކަން ފާހަގަވެއެވެ. އަދި މީގެއިތުރުން 1430ހ، ވަނަ އަހަރުގެ ރަމަޟާންމަހަށްޓަކައި މުނިފޫހި ފިލުވުމާއި، ކުޅިވަރު މުބާރާތްތަކަށް އެކަނިވެސް 565،000 ރުފިޔާގެ ފައިސާގެ އިނާމުތަކާއި، އަގުބޮޑު ތަކެތީގެ އިނާމުތައްވެސް، މި ދެންނެވިފަދަ މުބާރާތްތަކަށް ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން ބަލާއިރު، މި އިނާމުތައް ހާސިލްކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކާއި، އަމިއްލަ ފަރުދުންވެސް ތަފާތު ޓީމުތައް ހަދައިގެން މިދެންނެވި ފައިސާގެ އިނާމްތައް ހޯދުމަށްޓަކައި ރަމަޟާންމަހުގެ ދަން ގަޑިތަކުގައި އެކަމުގައި ވަގުތުތައް ހޭދަކުރާކަން ފާހަގަ ކުރެވުނެވެ. ހަމައެހެންމެ ރަމަޟާންމަހަކީ ކާބޯތަކެތީގެ "މައުރަޒެއް" ކަމުގައިވެ، ކާނާގެ ބާވަތްތައް "ނަން ހުސްކޮށް" ތައްޔާރުކޮށް، އިސްރާފަށް މަގުފަހިވާގޮތަށް ދިވެހިންގެ ކެއިންބުއިމުގެ ވައްޓަފާޅިވެސް ބަދަލުވަމުން ދާކަން ފާހަގަ ކުރެވުނެވެ. އެހެންކަމުން ރަމަޟާންމަހުގެ އާދަކާދައާއި ޘަޤާފަތުގައި ކުލަޖެހި ރަމަޟާން މަހުގެ ހަޤީޤީ މަޤުސަދުކަމުގައިވާ ތަޤުވާއާއި ދުރުކުރުވާ ޒާތުގެ ކަންތައްތަކެއް މިހާރަކަށް އައިސް، ފެންމަތިވަމުން ދާކަން މިދިރާސާއިން ހާމަވެއެވެ.
