ރަމަޟާންމަހުގެ އާދަކާދައާއި، ޘަގާފަތަށް އަންނަ ބަދަލުތައް

Loading...
Thumbnail Image

Date

2009-11-01

Journal Title

Journal ISSN

Volume Title

Publisher

ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Faculty of Arts, Maldives College of Higher Education

Abstract

މިއީ ރަމަޟާންމަހުގެ އާދަކާދައާއި، ޘަގާފަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި ކުރެވިފައިވާ ދިރާސާއެކެވެ. އެހެންކަމުން މި ދިރާސާގައި ބަލާލާފައިވާނީ ރަމަޟާންމަހުގެ އާދަކާދައާއި ޘަގާފަތަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށެވެ. މިކަމަށް ނުފޫޒުފޯރުވައި ކަންތައްތައް ބަލައި ހޯދުމަށް، މިގޮތުން މި ދިރާސާއިން ހާމަވިގޮތުގައި ރަމަޟާންމަހަށް ހަނދުބެލުމުގެ މާކުރިން މާލޭގެ ބޮޑެތި ފިހާރަތަކުގައި އަގުހުރި އިނާމްތަކާއިއެކު ސޭލުތައްއަޅުވާ، "ރަމަޒާން" މިނަން ވިޔަފާރީގެ ބްރޭންޑެއްގެ ގޮތުގައި ބޭނުންކޮށްގެން ވިޔަފާރީގެ "ޢީދެއް" އުފައްދާފައިވާކަން ފާހަގަވެއެވެ. ހަމައެހެންމެ ރަމަޟާން މަހުގެ ރޯދަވިއްލުންތައްވެސް ބޮޑެތިއަގުތަކުގައި ރެސްޓޯރަންޓަށް ދީލާލާފައިވާކަން ފާހަގަވެއެވެ. އަދި މީގެއިތުރުން 1430ހ، ވަނަ އަހަރުގެ ރަމަޟާންމަހަށްޓަކައި މުނިފޫހި ފިލުވުމާއި، ކުޅިވަރު މުބާރާތްތަކަށް އެކަނިވެސް 565،000 ރުފިޔާގެ ފައިސާގެ އިނާމުތަކާއި، އަގުބޮޑު ތަކެތީގެ އިނާމުތައްވެސް، މި ދެންނެވިފަދަ މުބާރާތްތަކަށް ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން ބަލާއިރު، މި އިނާމުތައް ހާސިލްކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކާއި، އަމިއްލަ ފަރުދުންވެސް ތަފާތު ޓީމުތައް ހަދައިގެން މިދެންނެވި ފައިސާގެ އިނާމްތައް ހޯދުމަށްޓަކައި ރަމަޟާންމަހުގެ ދަން ގަޑިތަކުގައި އެކަމުގައި ވަގުތުތައް ހޭދަކުރާކަން ފާހަގަ ކުރެވުނެވެ. ހަމައެހެންމެ ރަމަޟާންމަހަކީ ކާބޯތަކެތީގެ "މައުރަޒެއް" ކަމުގައިވެ، ކާނާގެ ބާވަތްތައް "ނަން ހުސްކޮށް" ތައްޔާރުކޮށް، އިސްރާފަށް މަގުފަހިވާގޮތަށް ދިވެހިންގެ ކެއިންބުއިމުގެ ވައްޓަފާޅިވެސް ބަދަލުވަމުން ދާކަން ފާހަގަ ކުރެވުނެވެ. އެހެންކަމުން ރަމަޟާންމަހުގެ އާދަކާދައާއި ޘަޤާފަތުގައި ކުލަޖެހި ރަމަޟާން މަހުގެ ހަޤީޤީ މަޤުސަދުކަމުގައިވާ ތަޤުވާއާއި ދުރުކުރުވާ ޒާތުގެ ކަންތައްތަކެއް މިހާރަކަށް އައިސް، ފެންމަތިވަމުން ދާކަން މިދިރާސާއިން ހާމަވެއެވެ.

Description

Keywords

Ramazaan, changes in habits, people attitude, social influence, economic impact, marketing stunts, ރަމަޟާން, އާދަކާދައާއި، ޘަގާފަތަށް އަންނަ ބަދަލުތައް, ނުފޫޒުފޯރުވައި ކަންތައްތައް, ވިޔަފާރި ތަކުގެ ނުފޫޒު, މާރކެޓިނގް ގެ އުކުޅުތައް, އިސްރާފުކުރުން, ކާބޯތަކެތި އިސްރާފް ކުރުން, wastage of food

Citation

Zaeema. A., (2009). Ramazaan mahuge aadhakaadha aai sagaafathah anna badhaluthah. Male', Maldives College of Higher Education

Endorsement

Review

Supplemented By

Referenced By