Browsing by Author | މުސައްނިފުން "އަޙުމަދު ވަޙިދު ޢަލީ"
Now showing 1 - 1 of 1
- Results Per Page
- Sort Options
Item ދިވެހިބަހުގެ އެކަޑަމީން އެކަށައަޅައިފައިވާ ލަފުޒު ވަކިކޮށް ލިޔުމުގެ ޤަވާއިދާ އެއްގޮތަށް، ދިވެހިން ލިޔަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟(ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ, 2017-05-01) އަޙުމަދު ވަޙިދު ޢަލީ; Ali, Ahmed Waheedމި ދިރާސާއަކީ ދިވެހިބަހުގެ އެކެޑެމީން އެކަށައަޅައިފައިވާ ލަފުޒު ވަކިކޮށް ލިޔުމުގެ ޤަވާޢިދާ އެއްގޮތަށް ދިވެހިން ލިޔާ މިންވަރު ބެލުމަށް ކޮށްފައިވަ ދިރާސާއެކެވެ. ދިރާސާ ހެދުމަށް ބޭނުންކުރީ ކުއަންޓިޓޭވް އެޕްރޯޗެވެ. ދިރާސާގައި ބެނުންކޮށްފައިވާނީ ޓެކްސްޓް އެނަލަސިސްއެވެ. ސާންޕަލުގެ ގޮތުގައި ދިރާސާއަށް އެއްކުރީ އޮންލައިން ލިޔުންތަކާއި، ޕްރިންޓް (ޗާޕު / ޝާއިޢު) ކުރި ލިޔުންތަކާއި، ސިޓީ، އިޢުލާން، ދެންނެވުން، އަދި އެންގުން ފަދަ ލިޔުންތަކާއި، ޚުތުބާ އަދި އޮންލައިނަ ލިޔުންތަކާ ގުޅިގެން އާންމު ރައްޔިތުން ލިޔެފައިވާ ކޮމެންޓުތަކުން ކޮންމެ ވައްތަރަކުން 5 ލިޔުމެވެ. މި ލިޔުންތައް ހޮވުމުގައި ބަލައިފައި ވާނީ ދިވެހިބަހުގެ އެކަޑެމީން އެކުލަވައިލި ލަފުޒު ވަކިކޮށް ލިޔުމުގެ ޤަވާޢިދު އާންމުކުރި ތާރީޙަށް ވުރެ ފަހުގެ ތާރިޙުތަކުގައި ލިޔެފައިވާ ލިޔުން ތަކަށެވެ. މި ދިރާސާގައި ބެލީ "އަށް"، "ވެސް"، "ޓަކައި" އަދި "އެވެ" މި 4 ލަފުޒު ނުވަތަ އަކުރު އެކަށައަޅައިފައިވާ ޤަވާޢިދާ އެއްގޮތަށް ދިވެހިން ލިޔެއުޅޭ މިންވަރުގެ މައްޗަށެވެ. މި ބައިތައް ފުރަތަމަ ބެލީ ދިރާސާއަށް އެއްކުރި 5 ބާވަތުގެ ލިޔުންތައް ވަކިވަކިން ކޮންމެ އަކުރެއް ބޭނުންކޮށްފައިވާ ގޮތަށެވެ. އެއަށްފަހު ޖުމުލަ ނަތީޖާގެ މައްޗަށްވެސް ބަލައިލެވިފައިވާނެއެވެ.