ދިވެހިބަހުގެ އެކަޑަމީން އެކަށައަޅައިފައިވާ ލަފުޒު ވަކިކޮށް ލިޔުމުގެ ޤަވާއިދާ އެއްގޮތަށް، ދިވެހިން ލިޔަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟

Loading...
Thumbnail Image

Date

2017-05-01

Journal Title

Journal ISSN

Volume Title

Publisher

ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University

Abstract

މި ދިރާސާއަކީ ދިވެހިބަހުގެ އެކެޑެމީން އެކަށައަޅައިފައިވާ ލަފުޒު ވަކިކޮށް ލިޔުމުގެ ޤަވާޢިދާ އެއްގޮތަށް ދިވެހިން ލިޔާ މިންވަރު ބެލުމަށް ކޮށްފައިވަ ދިރާސާއެކެވެ. ދިރާސާ ހެދުމަށް ބޭނުންކުރީ ކުއަންޓިޓޭވް އެޕްރޯޗެވެ. ދިރާސާގައި ބެނުންކޮށްފައިވާނީ ޓެކްސްޓް އެނަލަސިސްއެވެ. ސާންޕަލުގެ ގޮތުގައި ދިރާސާއަށް އެއްކުރީ އޮންލައިން ލިޔުންތަކާއި، ޕްރިންޓް (ޗާޕު / ޝާއިޢު) ކުރި ލިޔުންތަކާއި، ސިޓީ، އިޢުލާން، ދެންނެވުން، އަދި އެންގުން ފަދަ ލިޔުންތަކާއި، ޚުތުބާ އަދި އޮންލައިނަ ލިޔުންތަކާ ގުޅިގެން އާންމު ރައްޔިތުން ލިޔެފައިވާ ކޮމެންޓުތަކުން ކޮންމެ ވައްތަރަކުން 5 ލިޔުމެވެ. މި ލިޔުންތައް ހޮވުމުގައި ބަލައިފައި ވާނީ ދިވެހިބަހުގެ އެކަޑެމީން އެކުލަވައިލި ލަފުޒު ވަކިކޮށް ލިޔުމުގެ ޤަވާޢިދު އާންމުކުރި ތާރީޙަށް ވުރެ ފަހުގެ ތާރިޙުތަކުގައި ލިޔެފައިވާ ލިޔުން ތަކަށެވެ. މި ދިރާސާގައި ބެލީ "އަށް"، "ވެސް"، "ޓަކައި" އަދި "އެވެ" މި 4 ލަފުޒު ނުވަތަ އަކުރު އެކަށައަޅައިފައިވާ ޤަވާޢިދާ އެއްގޮތަށް ދިވެހިން ލިޔެއުޅޭ މިންވަރުގެ މައްޗަށެވެ. މި ބައިތައް ފުރަތަމަ ބެލީ ދިރާސާއަށް އެއްކުރި 5 ބާވަތުގެ ލިޔުންތައް ވަކިވަކިން ކޮންމެ އަކުރެއް ބޭނުންކޮށްފައިވާ ގޮތަށެވެ. އެއަށްފަހު ޖުމުލަ ނަތީޖާގެ މައްޗަށްވެސް ބަލައިލެވިފައިވާނެއެވެ.

Description

Keywords

Citation

އަޙުމަދު ވަޙިދު ޢަލީ. (2017). ދިވެހިބަހުގެ އެކަޑަމީން އެކަށައަޅައިފައިވާ ލަފުޒު ވަކިކޮށް ލިޔުމުގެ ޤަވާއިދާ .އެއްގޮތަށް، ދިވެހިން ލިޔަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Ali, A. W. (2017). Dhivehi bahuge academy in ekasha alhaifaivaa lafuzu vakikoh liyumuge qavaaidhaa ehgothah, dhivehin liyanee kihaa minvarakah heyyeve?. Male', Maldives National University.

Endorsement

Review

Supplemented By

Referenced By