Browsing by Author | މުސައްނިފުން "އަޙުމަދު ސާމިރު"
Now showing 1 - 1 of 1
- Results Per Page
- Sort Options
ThesisItem ދިވެހިބަހުގެ ދަރަޖަތައް މިހާރު ބޭނުން ކުރަމުންދަނީ ކޮން އުޞޫލަކުން ހެއްޔެވެ؟(ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ, 2011-11-01) އަޙުމަދު ސާމިރު; Samir, Ahmedމި ދިރަސާގެ ބޭނުމަކީ ދިވެހިބަހުގެ ދަރަޖަތައް މިހާރު ބޭނުންކުރަމުން ގެންދަނީ ކޮން އުޞޫލަކުންތޯ ދެނެގަތުމެވެ. މި ކަންކަން ބެލުމަށް ބަހުގެ މާހިރުންގެ އިންޓަވިއުތަކާއި ސާރވޭއާއި އެކިދުވަސްވަރުގެ ފަތްތުށްތަކާއި ލިޔެފައިވާ ވާހަކަތަކުންނާއި ދޭދޭމީހުންގެ ވާހަކަދެއްކުންތަކަށް ބަލައި ބަހުގެދަރަޖަތައް ބޭނުންކޮށްފައިވަނީ ކޮން އުޞޫލަކުންތޯ ބަލައިލެވިފައިވާނެއެވެ. މި ދިރާސާ ކުރިޔަށް ގެންދިޔައީ ކޮލިޓޭޓިވް މެތަޑް ބޭނުންކޮށްގެންނެވެ. ކޮލިޓޭޓިވް މެތަޑް ބޭނުންކުރީ މި ދިރާސާގެ ބާވަތުން ހިސާބު އަދަދުތަކަށްވުރެ ބޮޑަށް އެހެނިހެން ގޮތްގޮތުން އެއްކޮށް ދެނެގަނެވޭ މަޢުލޫމާތު ތަޙުޤީޤީ ނަޒަރުން ބަލަން ޖެހޭތީއެވެ. މި ދިރާސާއިން އެކަށައަޅާފައިވާ ޤަވާޢިދުގައި ބުނެފައިވާ ބަހުގެދަރަޖަތައް ބޭނުންކުރުމުގެ ހަމަތަކުގެތެރޭގައި ހިމެނިފައިނުވާ ގޮތްގޮތަށްވެސް ބަހުގެދަރަޖަތައް ބޭނުންކުރަމުންދާކަން ފާހަގަކުރެވުނެވެ. އެގޮތުން ކުރީގެ ލިޔުންތަކާއި ލިޔެފައިވާ ވާހަކަތަކުގައި އަދި މިހާރު ލިޔެފައިވާ ވާހަކަތަކުގައިވެސް ބަހުގެދަރަޖަތައް ބަހުގެ ހަމަތަކާއި އެއްގޮތަށް ބޭނުންކޮށްފައިވި ކަމުގައި ވިޔަސް އޭގެ ފަހުން އައި ދުވަސްތަކުގައި (މިހާރުގެ) ފަތްތުށްތަކުގަޔާއި ވާހަކަ ދެއްކުންތަކުގައި ބަހުގެދަރަޖަތައް ބެނުންކޮށްފައި ހުރީ ދަރަޖަތައް އޮޅި މަސްހުނިވެފައިވާ ގޮތެއްގައެވެ. މި ދިރާސާގައި ކުރެވުނު ސާރވޭއިން އެކިއެކި ގިންތިތަކުގެ މީހުންނަށް ބަހުގެ ދަރަޖަތައް ބޭނުންކުރަން އެނގޭ މިންވަރު ހޯދިފައިވާނެއެވެ. އަދި އިންޓަވިޔުތަކުން ބަހުގެ ދަރަޖަތައް މިހާރު ބޭނުންކުރަމުންދަނީ ކޮން އުޞޫލަކުންކަމާއި ދަރަޖަތައް ގެއްލިއްޖެނަމަ ބަހަށް ކުރާ ނޭދެވޭ އަސަރުތަކަކީ ކޮބައިކަމާއި މީގެއިތުރުން ދަރަޖަތައް ގެއްލުނަ ނުދިނުމަށް ކުރެވިދާނެ ކަންތައްތައް ހޯދިފައިވަނެއެވެ. މުޅި ނަތީޖާއިން ފާހަގަކުރެވުނީ ދިވެހިބަހުގެ ދަރަޖަތައް ބެނުން ކުރަމުން ގެންދަނީ، މިހާރަކަށް އައިސް އެދަރަޖަތައް އޮޅުވާ މަސްހުނިކޮށް ބަހުގެ ދަރަޖަތަކާ ޚިލާފަށްކަމެވެ. އަދި މާތް ދަރަޖަ ދޫކޮށްލައިގެންނެވެ.
