ދިވެހިބަހުގެ ދަރަޖަތައް މިހާރު ބޭނުން ކުރަމުންދަނީ ކޮން އުޞޫލަކުން ހެއްޔެވެ؟
Loading...
Date
2011-11-01
Authors
Journal Title
Journal ISSN
Volume Title
Publisher
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Faculty of Arts, Maldives National University
Abstract
މި ދިރަސާގެ ބޭނުމަކީ ދިވެހިބަހުގެ ދަރަޖަތައް މިހާރު ބޭނުންކުރަމުން ގެންދަނީ ކޮން އުޞޫލަކުންތޯ ދެނެގަތުމެވެ. މި ކަންކަން ބެލުމަށް ބަހުގެ މާހިރުންގެ އިންޓަވިއުތަކާއި ސާރވޭއާއި އެކިދުވަސްވަރުގެ ފަތްތުށްތަކާއި ލިޔެފައިވާ ވާހަކަތަކުންނާއި ދޭދޭމީހުންގެ ވާހަކަދެއްކުންތަކަށް ބަލައި ބަހުގެދަރަޖަތައް ބޭނުންކޮށްފައިވަނީ ކޮން އުޞޫލަކުންތޯ ބަލައިލެވިފައިވާނެއެވެ.
މި ދިރާސާ ކުރިޔަށް ގެންދިޔައީ ކޮލިޓޭޓިވް މެތަޑް ބޭނުންކޮށްގެންނެވެ. ކޮލިޓޭޓިވް މެތަޑް ބޭނުންކުރީ މި ދިރާސާގެ ބާވަތުން ހިސާބު އަދަދުތަކަށްވުރެ ބޮޑަށް އެހެނިހެން ގޮތްގޮތުން އެއްކޮށް ދެނެގަނެވޭ މަޢުލޫމާތު ތަޙުޤީޤީ ނަޒަރުން ބަލަން ޖެހޭތީއެވެ.
މި ދިރާސާއިން އެކަށައަޅާފައިވާ ޤަވާޢިދުގައި ބުނެފައިވާ ބަހުގެދަރަޖަތައް ބޭނުންކުރުމުގެ ހަމަތަކުގެތެރޭގައި ހިމެނިފައިނުވާ ގޮތްގޮތަށްވެސް ބަހުގެދަރަޖަތައް ބޭނުންކުރަމުންދާކަން ފާހަގަކުރެވުނެވެ. އެގޮތުން ކުރީގެ ލިޔުންތަކާއި ލިޔެފައިވާ ވާހަކަތަކުގައި އަދި މިހާރު ލިޔެފައިވާ ވާހަކަތަކުގައިވެސް ބަހުގެދަރަޖަތައް ބަހުގެ ހަމަތަކާއި އެއްގޮތަށް ބޭނުންކޮށްފައިވި ކަމުގައި ވިޔަސް އޭގެ ފަހުން އައި ދުވަސްތަކުގައި (މިހާރުގެ) ފަތްތުށްތަކުގަޔާއި ވާހަކަ ދެއްކުންތަކުގައި ބަހުގެދަރަޖަތައް ބެނުންކޮށްފައި ހުރީ ދަރަޖަތައް އޮޅި މަސްހުނިވެފައިވާ ގޮތެއްގައެވެ.
މި ދިރާސާގައި ކުރެވުނު ސާރވޭއިން އެކިއެކި ގިންތިތަކުގެ މީހުންނަށް ބަހުގެ ދަރަޖަތައް ބޭނުންކުރަން އެނގޭ މިންވަރު ހޯދިފައިވާނެއެވެ. އަދި އިންޓަވިޔުތަކުން ބަހުގެ ދަރަޖަތައް މިހާރު ބޭނުންކުރަމުންދަނީ ކޮން އުޞޫލަކުންކަމާއި ދަރަޖަތައް ގެއްލިއްޖެނަމަ ބަހަށް ކުރާ ނޭދެވޭ އަސަރުތަކަކީ ކޮބައިކަމާއި މީގެއިތުރުން ދަރަޖަތައް ގެއްލުނަ ނުދިނުމަށް ކުރެވިދާނެ ކަންތައްތައް ހޯދިފައިވަނެއެވެ.
މުޅި ނަތީޖާއިން ފާހަގަކުރެވުނީ ދިވެހިބަހުގެ ދަރަޖަތައް ބެނުން ކުރަމުން ގެންދަނީ، މިހާރަކަށް އައިސް އެދަރަޖަތައް އޮޅުވާ މަސްހުނިކޮށް ބަހުގެ ދަރަޖަތަކާ ޚިލާފަށްކަމެވެ. އަދި މާތް ދަރަޖަ ދޫކޮށްލައިގެންނެވެ.
Description
Keywords
Citation
އަޙުމަދު ސާމިރު. (2011). ދިވެހިބަހުގެ ދަރަޖަތައް މިހާރު ބޭނުން ކުރަމުންދަނީ ކޮން އުޞޫލަކުން ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Samir, A. (2017). Dhivehibahuge dharajathah mihaaru beynun kuramundhanee kon usoolakun heyyeve?. Male', Maldives National University.
Samir, A. (2017). Dhivehibahuge dharajathah mihaaru beynun kuramundhanee kon usoolakun heyyeve?. Male', Maldives National University.