Browsing by Author | މުސައްނިފުން "އިބްރާޙިމް މުޙައްމަދު"
Now showing 1 - 1 of 1
- Results Per Page
- Sort Options
Item ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ގެންދިއުމަށް އަދި އެމީހުންގެ ހިމާޔަތުގެ ދަށުގައި އޮތް ދުވަސްވަރު ދިވެހިރާއްޖެއަށް އެމީހުން ނުފޫޒު ފޯރުވާފައިވަނީ ކޮންގޮތަކަށްތޯ؟(ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ, 2015-11-08) އިބްރާޙިމް މުޙައްމަދު; Mohamed, Ibrahimމިދިރާސާއަކީ ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ގެންދިއުމަށް އަދި އެމީހުންގެ ހިމާޔަތުގެ ދަށުގައި އޮތްދުވަސްވަރު ދިވެހިންނަށް އެމީހުންގެ ފަރާތުން ނުފޫޒު ފޯރުވާފައިވަނީ ކޮންކޮން ގޮތްގޮތަކުންތޯ ބެލުމަށް ކުރި ދިރާސާއެކެވެ. އެގޮތުން މިދިރާސާ އަމާޒުކޮށްފައިވަނީ އިންޓަރވިއުއާއި ދެގައުމު ދެމެދުގައި ބަދަލުކުރެވުނު ސިޓީތަކުގެ އެހީގައި ހިމާޔަތުގެ ދަށަށް ގެންދިއުމަށާއި އަދި ހިމާޔަތުގެ ދުވަސްވަރުގައި ނުފޫޒު ފޯރުވާފައިވަނީ ކޮންކޮން ގޮތްގޮތަކުންތޯ ބެލުމަށެވެ. އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ގެންދިއުމަށް އަދި އެމީހުންގެ ހިމާޔަތުގެ ދަށުގައި ދިވެހިރާއްޖެ އޮތް 78 އަހަރު ދިވެހީންނަށް އެމީހުންގެ ފަރާތުން ނުފޫޒު ފޯރާފައިވަނީ ސީދާ ކޮންކޮން ގޮތްތަކަކުންކަން ތާރީޚުން ސީދާ އެނގެން ނެތް ނަމަވެސް، މިދިރާސާގެ ހޯދުންތަކުން އެނގިގެން ދިޔައީ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ގެންދިއުމުގައި އަދި ހިމާޔަތުގެ ދަށުގައި އޮތްދުވަސްވަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދިވެހިންނަށް ނުފޫޒުތަކެއް ފޯރިކަމެވެ. ސިޔާސީ ގޮތުންނާއި ދާހިލީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ނުފޫޒު ފޯރުވިކަމެވެ. ދިވެހިން ބޭނުންނުވި ނަމަވެސް ގަންބޯޓް ސިޔާސަތުގެ ނަމުގައި އެގްރީމެންޓެއް ހަދައި ރަދުން ލައްވާ ސޮއި އަތުލައި، ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ގެންގޮސް ނުސީދާ ގޮތެއްގައި ދިވެހިންގެ މިނިވަންކަމުގެ ތެރެއަށްވެސް އިނގިރޭސީން އަތްފޯރުވާފައިވާކަން މިދިރާސާއިން އެނގިގެން ދިޔައެވެ. މިދިރާސާއަކީ ކޮލިޓޭޓިވް ޑިޒައިންގެ ދަށުން ހެދިފައިވާ ތާރިޚީ ދިރާސާއެކެވެ. ދިރާސާ ކުރިޔަށް ގެންދިޔައީ ރާއްޖެއިން ލިބެންހުރި ޑޮކިއުމެންޓްތަކާއި އަދި ރާއްޖޭގައި ތިއްބެވި އަދި ރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައި އޮތްދުވަސްވަރު ސަރުކާރުގައި މަސައްކަތްކުރެއްވި ބޭފުޅުންގެ އިންޓަރވިއުގެ އަލީގައެވެ.
