ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ގެންދިއުމަށް އަދި އެމީހުންގެ ހިމާޔަތުގެ ދަށުގައި އޮތް ދުވަސްވަރު ދިވެހިރާއްޖެއަށް އެމީހުން ނުފޫޒު ފޯރުވާފައިވަނީ ކޮންގޮތަކަށްތޯ؟
Loading...
Date
2015-11-08
Journal Title
Journal ISSN
Volume Title
Publisher
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Faculty of Arts, Maldives National University
Abstract
މިދިރާސާއަކީ ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ގެންދިއުމަށް އަދި އެމީހުންގެ ހިމާޔަތުގެ ދަށުގައި އޮތްދުވަސްވަރު ދިވެހިންނަށް އެމީހުންގެ ފަރާތުން ނުފޫޒު ފޯރުވާފައިވަނީ ކޮންކޮން ގޮތްގޮތަކުންތޯ ބެލުމަށް ކުރި ދިރާސާއެކެވެ. އެގޮތުން މިދިރާސާ އަމާޒުކޮށްފައިވަނީ އިންޓަރވިއުއާއި ދެގައުމު ދެމެދުގައި ބަދަލުކުރެވުނު ސިޓީތަކުގެ އެހީގައި ހިމާޔަތުގެ ދަށަށް ގެންދިއުމަށާއި އަދި ހިމާޔަތުގެ ދުވަސްވަރުގައި ނުފޫޒު ފޯރުވާފައިވަނީ ކޮންކޮން ގޮތްގޮތަކުންތޯ ބެލުމަށެވެ. އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ގެންދިއުމަށް އަދި އެމީހުންގެ ހިމާޔަތުގެ ދަށުގައި ދިވެހިރާއްޖެ އޮތް 78 އަހަރު ދިވެހީންނަށް އެމީހުންގެ ފަރާތުން ނުފޫޒު ފޯރާފައިވަނީ ސީދާ ކޮންކޮން ގޮތްތަކަކުންކަން ތާރީޚުން ސީދާ އެނގެން ނެތް ނަމަވެސް، މިދިރާސާގެ ހޯދުންތަކުން އެނގިގެން ދިޔައީ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ގެންދިއުމުގައި އަދި ހިމާޔަތުގެ ދަށުގައި އޮތްދުވަސްވަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދިވެހިންނަށް ނުފޫޒުތަކެއް ފޯރިކަމެވެ. ސިޔާސީ ގޮތުންނާއި ދާހިލީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ނުފޫޒު ފޯރުވިކަމެވެ. ދިވެހިން ބޭނުންނުވި ނަމަވެސް ގަންބޯޓް ސިޔާސަތުގެ ނަމުގައި އެގްރީމެންޓެއް ހަދައި ރަދުން ލައްވާ ސޮއި އަތުލައި، ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ގެންގޮސް ނުސީދާ ގޮތެއްގައި ދިވެހިންގެ މިނިވަންކަމުގެ ތެރެއަށްވެސް އިނގިރޭސީން އަތްފޯރުވާފައިވާކަން މިދިރާސާއިން އެނގިގެން ދިޔައެވެ. މިދިރާސާއަކީ ކޮލިޓޭޓިވް ޑިޒައިންގެ ދަށުން ހެދިފައިވާ ތާރިޚީ ދިރާސާއެކެވެ. ދިރާސާ ކުރިޔަށް ގެންދިޔައީ ރާއްޖެއިން ލިބެންހުރި ޑޮކިއުމެންޓްތަކާއި އަދި ރާއްޖޭގައި ތިއްބެވި އަދި ރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައި އޮތްދުވަސްވަރު ސަރުކާރުގައި މަސައްކަތްކުރެއްވި ބޭފުޅުންގެ އިންޓަރވިއުގެ އަލީގައެވެ.
Description
Keywords
Citation
އިބްރާޙިމް މުޙައްމަދު. (2015). ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ގެންދިއުމަށް އަދި އެމީހުންގެ ހިމާޔަތުގެ ދަށުގައި އޮތް ދުވަސްވަރު ދިވެހިރާއްޖެއަށް އެމީހުން ނުފޫޒު ފޯރުވާފައިވަނީ ކޮންގޮތަކަށްތޯ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Ibrahim, M. (2015). Dhivehiraaje in'gireyseenge himaayathuge dhashah gendhiumah adhi emeehunge himaayathuge dhashugai oiy dhuvasvaru dhivehiraajjeah emeehunge nufoozu foaruvaafaivanee kongothakahthoa?, Male, Maldives National University.
Ibrahim, M. (2015). Dhivehiraaje in'gireyseenge himaayathuge dhashah gendhiumah adhi emeehunge himaayathuge dhashugai oiy dhuvasvaru dhivehiraajjeah emeehunge nufoozu foaruvaafaivanee kongothakahthoa?, Male, Maldives National University.
