Browsing by Author | މުސައްނިފުން "މަރިޔަމް ސައީދާ"
Now showing 1 - 1 of 1
- Results Per Page
- Sort Options
ThesisItem ރައްދުވާކަމާއި ރައްދުނުވާކަން ފާހަގަކޮށް ދެނެގަތުމުގައި، އޮޅުންއަރަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ އަދި އޮޅުންއަރަނީ ކީއްވެގެން ހެއްޔެވެ؟(ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ, 2012-11-01) Saeeda, Maryam; މަރިޔަމް ސައީދާމި ދިރާސާއަކީ ދިވެހިބަހުގެ ޤަވާޢިދުގައިވާ، ރައްދުވާކަމާއި ރައްދުނުވާކަން، ދިވެހިބަސް ކިޔަވާ ކުދިންނަށާއި ކިޔަވައިދޭ ޓީޗަރުންނަށް އޮޅުންއަރާކަން ފާހަގަ ކުރެވިފައިވާތީ، ކިހާ މިންވަރަކަށް އޮޅުން އަރާތޯއާއި، އޮޅުންއަރަނީ ކީއްވެތޯ ބެލުމުގެ ގޮތުން ކުރެވުނު ދިރާސާއެކެވެ. މި ދިރާސާގެ މަޤްޞަދަކީ، ރައްދުވާކަމާއި ރައްދުނުވާކަން އޮޅުންއަރާ މިންވަރާއި، ސަބަބު ހޯދުމެވެ. މި ދިރާސާ ކުރިޔަށް ގެންދިޔައީ މައިގަނޑު 6 ބާބުގެ މައްޗަށް ބަހާލައިގެންނެވެ. މި ދިރާސާއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް، މި ދިރާސާކުރެވުނީ " މިކްޑް މެތަޑް" ޕްރެޑައިމްގެ ދަށުންނެވެ. މި ދިރާސާ ކުރިއަށް ގެންދިޔައިރު، މި މަޢުޟޫއަށް ހަދާފައިވާ ދިރާސާތައް ނުލިބުމުގެ ސަބަބުން، މި ދިރާސާގެ ލިޓްރޭޗާރ ފުރިހަމަ ކުރުމުގައި ދަތިތަކަކާއި ކުރިމަތިލާން ޖެހުނެވެ. ކަންމިހެން ހުރުމާއެކުވެސް، ދިރާސާއަށް އެއްކުރެވުނު ޑާޓާތަކުގެ އަލީގައި، ރައްދުވާކަމާއި ރައްދުނުވާކަން އޮޅުންއަރާ މިންވަރާއި ސަބަބު ހޯދުނެވެ. މި ދިރާސާއިން ހޯދުނު ހޯދުންތަކުން އެނގުނު ގޮތުގައި، ރައްދުވާކަމާއި ރައްދުނުވާކަން ފާހަގަކޮށް ދެނެގަތުމުގައި، ދަރިވަރުންނަށާއި ޓީޗަރުންނަށްވެސް އޮޅުންއަރައެވެ. ހަމަމިއާއެކު، މި ދިރާސާއިންް އެނގުނު ގޮތުގައި ރައްދުވާކަމާއި ރައްދުނުވާކަން އޮޅުންއަރަނީ މައިގަނޑު ދެ ސަބަބަކާ ހެދިއެވެ. އެއީ ދިވެހި ބަހުގެ ޤަވާއިދުގެ ސަބަބުންނާއި، ދިވެހިބަސް ކިޔަވައިދޭ ޓީޗަރުންގެ ސަބަބުންނެވެ.