ރައްދުވާކަމާއި ރައްދުނުވާކަން ފާހަގަކޮށް ދެނެގަތުމުގައި، އޮޅުންއަރަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ އަދި އޮޅުންއަރަނީ ކީއްވެގެން ހެއްޔެވެ؟
Loading...
Date
2012-11-01
Authors
Journal Title
Journal ISSN
Volume Title
Publisher
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Faculty of Arts, Maldives National University
Abstract
މި ދިރާސާއަކީ ދިވެހިބަހުގެ ޤަވާޢިދުގައިވާ، ރައްދުވާކަމާއި ރައްދުނުވާކަން، ދިވެހިބަސް ކިޔަވާ ކުދިންނަށާއި ކިޔަވައިދޭ ޓީޗަރުންނަށް އޮޅުންއަރާކަން ފާހަގަ ކުރެވިފައިވާތީ، ކިހާ މިންވަރަކަށް އޮޅުން އަރާތޯއާއި، އޮޅުންއަރަނީ ކީއްވެތޯ ބެލުމުގެ ގޮތުން ކުރެވުނު ދިރާސާއެކެވެ. މި ދިރާސާގެ މަޤްޞަދަކީ، ރައްދުވާކަމާއި ރައްދުނުވާކަން އޮޅުންއަރާ މިންވަރާއި، ސަބަބު ހޯދުމެވެ. މި ދިރާސާ ކުރިޔަށް ގެންދިޔައީ މައިގަނޑު 6 ބާބުގެ މައްޗަށް ބަހާލައިގެންނެވެ. މި ދިރާސާއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް، މި ދިރާސާކުރެވުނީ " މިކްޑް މެތަޑް" ޕްރެޑައިމްގެ ދަށުންނެވެ.
މި ދިރާސާ ކުރިއަށް ގެންދިޔައިރު، މި މަޢުޟޫއަށް ހަދާފައިވާ ދިރާސާތައް ނުލިބުމުގެ ސަބަބުން، މި ދިރާސާގެ ލިޓްރޭޗާރ ފުރިހަމަ ކުރުމުގައި ދަތިތަކަކާއި ކުރިމަތިލާން ޖެހުނެވެ. ކަންމިހެން ހުރުމާއެކުވެސް، ދިރާސާއަށް އެއްކުރެވުނު ޑާޓާތަކުގެ އަލީގައި، ރައްދުވާކަމާއި ރައްދުނުވާކަން އޮޅުންއަރާ މިންވަރާއި ސަބަބު ހޯދުނެވެ.
މި ދިރާސާއިން ހޯދުނު ހޯދުންތަކުން އެނގުނު ގޮތުގައި، ރައްދުވާކަމާއި ރައްދުނުވާކަން ފާހަގަކޮށް ދެނެގަތުމުގައި، ދަރިވަރުންނަށާއި ޓީޗަރުންނަށްވެސް އޮޅުންއަރައެވެ. ހަމަމިއާއެކު، މި ދިރާސާއިންް އެނގުނު ގޮތުގައި ރައްދުވާކަމާއި ރައްދުނުވާކަން އޮޅުންއަރަނީ މައިގަނޑު ދެ ސަބަބަކާ ހެދިއެވެ. އެއީ ދިވެހި ބަހުގެ ޤަވާއިދުގެ ސަބަބުންނާއި، ދިވެހިބަސް ކިޔަވައިދޭ ޓީޗަރުންގެ ސަބަބުންނެވެ.
Description
Keywords
ރައްދުވާކަން, ރައްދުނުވާކަން, ދިވެހިބަހުގެ ޤަވާޢިދު, ދިވެހިބަސް, ދަރިވަރުން, ޓީޗަރުން
Citation
Saeeda, M. (2012). Rahdhuvaa kamaai rahdhunuvaakan faahagakoh dhenegathumugai, olhunaranee kihaa minvarakah hehyeve? adhi olhun aranee keehvehehyeve?. Male'. Maldives National University.
މަރިޔަމް ސައީދާ. (2012). ރައްދުވާކަމާއި ރައްދުނުވާކަން ފާހަގަކޮށް ދެނެގަތުމުގައި، އޮޅުންއަރަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ އަދި އޮޅުންއަރަނީ ކީއްވެގެން ހެއްޔެވެ؟ މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
މަރިޔަމް ސައީދާ. (2012). ރައްދުވާކަމާއި ރައްދުނުވާކަން ފާހަގަކޮށް ދެނެގަތުމުގައި، އޮޅުންއަރަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ އަދި އޮޅުންއަރަނީ ކީއްވެގެން ހެއްޔެވެ؟ މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.