Browsing by Author | މުސައްނިފުން "މުޙައްމަދު ފައިސަލް ޛަހީން"
Now showing 1 - 1 of 1
- Results Per Page
- Sort Options
ThesisItem އިޖްތިމާޢީ ޢިލްމު އިނގިރޭސިބަހުން ކިޔަވައިދިނުމުން ދަރިވަރުން ދިވެހިވެއްޓަށް ބީރައްޓެހި ވޭހެއްޔެވެ؟(Faculty of Arts, Maldives College of Higher Education, 2009-11-01) Zaheen, Mohamed Faisal; މުޙައްމަދު ފައިސަލް ޛަހީންމި ދިރާސާއަކީ، ދިވެހިވެށި މާއްދާއެއްގޮތުގައި ކިޔަވައިދެމުން ދާއިރުވެސް ދިވެހި ކިޔަވާކުދިން ދިވެހި ވެއްޓާއި ބީރައްޓެހިކަމަށް ފާހަގަ ކުރެވޭތީ ކުރި ދިރާސާއެކެވެ. މާލޭގެ ދެ ސްކޫލެއް ދަރިވަރުން ބައިވެރިކޮށްގެން ހެދި މި ދިރާސާއާށް އެ ދަރިވަރުންގެ ބެލެނިވެރިންނާއި އިންޓަވިޔުކޮށް ބެލެނިވެރިން ދެކޭގޮތް ހޯދާފައިވާނެއެވެ. އަދި މި މާއްދާ ކިޔަވައިދެއްވާ ޓީޗަރުންގެ ރައުޔުވެސް ހޯދާފައިވާނެއެވެ. މިގޮތުން ކުރި ދިރާސާގެ ސުވާލަކީ [އިޖުރިމާޢީ ޢިލްމު އިނގިރޭސިބަހުން ކިޔަވައިދިނުމުން ދަރިވަރުން ދިވެހިވެއްޓަށް ބީރައްޓެހި ވޭހެއްޔެވެ؟] މި ދިރާސާގެ ނަތީޖާއިން ހާމަވެގެން ދިޔައީ ދިވެހިވެއްޓަށް މިހާރު ކިޔައިދޭގޮތަށް ދަރިވަރުންނަށް ކިޔަވައިދީގެން ދަރިވަރުން ދިވެހި ވެއްޓަށް ވަރަށް ބޮޑަށް ބީރައްޓެހިވަމުން ދާކަމެވެ. ހަމައެހެންމެ ސޯޝަލްސްޓާޑީޒް އިނގިރޭސިބަހުން ކިޔަވައިދިނުމާއި ދިވެހިރާއްޖޭގައި އިނގިރޭސި މީޑިއަމުން ކިޔަވައިދެމުންދާތީވެ ކިޔަވާ މާޙައުލުގައި އަމިއްލަބަހުން ވާހަކަދެެއްކުމުގެ ފުރުޞަތު ކުޑަކަމާއި ދަރިވަރުން ދިވެހިވެއްޓަށް ބީރައްޓެހިވާކަމުގައި ދިރާސާއަށް އެއްކުރި މަޢުލޫމާތުގެ އަލީގައި އެނގިގެން ދިޔައެވެ. ކޮލިޓޭޓިވް މެތަޑްގެ ބޭނުންކޮށްގެން މިދިރާސާ ހަދާފައިވަނީ ލިޓްރޭޗަރ ރިވިއުކޮށް ލިބުނު މަޢުލޫމާތުގެ އިތުރުން ބުހެގެ އެދުރުންނާއި ކަރިކިއުލަމްގައި މަސައްކަތްކޮށްފައިވާ އަދި ކުރަމުންދާ ފަރާތްތަކާއި އިންޓަވިއުކޮށްގެންނެވެ. އަދި މީގެ އިތުރުން ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ތަފާތު ގިންތީގެ ފަރާތްތަކުގެ އިންޓަވިއުކޮށް މަޢުލޫމާތު ނަގައިގެންނެވެ. ހޯދި މަޢުލޫމާތުތައް ތަޙްލީލުކޮށް ބެލިބެލުމުން އެނގުނު އެންމެ މުހިންމު އެއްޗަކީ ސޯޝަލްސްޓަޑީޒް އިނގިރޭސިބަހުން ކިޔަވައިދިނުމުން ދަރިވަރުން މާދަރީބަހަށް ބީރައްޓެހިވާ ކަމެވެ. ހަމައެއާއެކު މިހާރު ކިޔައިދޭގޮތަށް ބޭރުބަހަކުން ކިޔަވައިދީގެން ދިވެއްސަކަށް ދިވެހިވެށި އެނގެންވާ މިންވަރު ކަމުގައި މުޤައްރަރުގައި ބަޔާންކޮށްފައިވާ މިންވަރަށް ދަރިވަރުންނަކަށް ދިވެހި ވެށި ދަސްކޮށެއް ނުދެވޭކަމެވެ.