އިޖްތިމާޢީ ޢިލްމު އިނގިރޭސިބަހުން ކިޔަވައިދިނުމުން ދަރިވަރުން ދިވެހިވެއްޓަށް ބީރައްޓެހި ވޭހެއްޔެވެ؟
Loading...
Date
2009-11-01
Journal Title
Journal ISSN
Volume Title
Publisher
Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Abstract
މި ދިރާސާއަކީ، ދިވެހިވެށި މާއްދާއެއްގޮތުގައި ކިޔަވައިދެމުން ދާއިރުވެސް ދިވެހި ކިޔަވާކުދިން ދިވެހި ވެއްޓާއި ބީރައްޓެހިކަމަށް ފާހަގަ ކުރެވޭތީ ކުރި ދިރާސާއެކެވެ. މާލޭގެ ދެ ސްކޫލެއް ދަރިވަރުން ބައިވެރިކޮށްގެން ހެދި މި ދިރާސާއާށް އެ ދަރިވަރުންގެ ބެލެނިވެރިންނާއި އިންޓަވިޔުކޮށް ބެލެނިވެރިން ދެކޭގޮތް ހޯދާފައިވާނެއެވެ. އަދި މި މާއްދާ ކިޔަވައިދެއްވާ ޓީޗަރުންގެ ރައުޔުވެސް ހޯދާފައިވާނެއެވެ.
މިގޮތުން ކުރި ދިރާސާގެ ސުވާލަކީ [އިޖުރިމާޢީ ޢިލްމު އިނގިރޭސިބަހުން ކިޔަވައިދިނުމުން ދަރިވަރުން ދިވެހިވެއްޓަށް ބީރައްޓެހި ވޭހެއްޔެވެ؟] މި ދިރާސާގެ ނަތީޖާއިން ހާމަވެގެން ދިޔައީ ދިވެހިވެއްޓަށް މިހާރު ކިޔައިދޭގޮތަށް ދަރިވަރުންނަށް ކިޔަވައިދީގެން ދަރިވަރުން ދިވެހި ވެއްޓަށް ވަރަށް ބޮޑަށް ބީރައްޓެހިވަމުން ދާކަމެވެ. ހަމައެހެންމެ ސޯޝަލްސްޓާޑީޒް އިނގިރޭސިބަހުން ކިޔަވައިދިނުމާއި ދިވެހިރާއްޖޭގައި އިނގިރޭސި މީޑިއަމުން ކިޔަވައިދެމުންދާތީވެ ކިޔަވާ މާޙައުލުގައި އަމިއްލަބަހުން ވާހަކަދެެއްކުމުގެ ފުރުޞަތު ކުޑަކަމާއި ދަރިވަރުން ދިވެހިވެއްޓަށް ބީރައްޓެހިވާކަމުގައި ދިރާސާއަށް އެއްކުރި މަޢުލޫމާތުގެ އަލީގައި އެނގިގެން ދިޔައެވެ.
ކޮލިޓޭޓިވް މެތަޑްގެ ބޭނުންކޮށްގެން މިދިރާސާ ހަދާފައިވަނީ ލިޓްރޭޗަރ ރިވިއުކޮށް ލިބުނު މަޢުލޫމާތުގެ އިތުރުން ބުހެގެ އެދުރުންނާއި ކަރިކިއުލަމްގައި މަސައްކަތްކޮށްފައިވާ އަދި ކުރަމުންދާ ފަރާތްތަކާއި އިންޓަވިއުކޮށްގެންނެވެ. އަދި މީގެ އިތުރުން ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ތަފާތު ގިންތީގެ ފަރާތްތަކުގެ އިންޓަވިއުކޮށް މަޢުލޫމާތު ނަގައިގެންނެވެ.
ހޯދި މަޢުލޫމާތުތައް ތަޙްލީލުކޮށް ބެލިބެލުމުން އެނގުނު އެންމެ މުހިންމު އެއްޗަކީ ސޯޝަލްސްޓަޑީޒް އިނގިރޭސިބަހުން ކިޔަވައިދިނުމުން ދަރިވަރުން މާދަރީބަހަށް ބީރައްޓެހިވާ ކަމެވެ. ހަމައެއާއެކު މިހާރު ކިޔައިދޭގޮތަށް ބޭރުބަހަކުން ކިޔަވައިދީގެން ދިވެއްސަކަށް ދިވެހިވެށި އެނގެންވާ މިންވަރު ކަމުގައި މުޤައްރަރުގައި ބަޔާންކޮށްފައިވާ މިންވަރަށް ދަރިވަރުންނަކަށް ދިވެހި ވެށި ދަސްކޮށެއް ނުދެވޭކަމެވެ.
Description
Keywords
އިޖުރިމާޢީ ޢިލްމު, Social studies, އިނގިރޭސިބަހުން ކިޔަވައިދިނުން, Teaching in English medium, ދަރިވަރުން މާދަރީބަހަށް ބީރައްޓެހިވުން, mother tongue, ދިވެހިވެއްޓަށް ބީރައްޓެހިވުން
Citation
Zaheen, M. F., (2009). Ijuthimaaee ilmu ingireysibahun kiyavaidhinumun dharivarun dhivehi vehtah beerahtehi veyhehyeve?. Male', Maldives College of Higher Education.