Browsing by Author | މުސައްނިފުން "މުޙައްމަދު ފައުޒާން އަޙުމަދު"
Now showing 1 - 1 of 1
- Results Per Page
- Sort Options
ThesisItem މާލޭގެ މަތީ ސާނަވީ ސުކޫލްތަކުގެ ދަރިވަރުން، ސުކުން ބޭނުންކުރަނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާއިދާ އެއްގޮތަށްހެއްޔެވެ؟(Faculty of Arts, Maldives College of Higher Education, 2011-11-01) Ahmed, Mohamed Fauzan; މުޙައްމަދު ފައުޒާން އަޙުމަދުމިއީ ދިވެހިބަހުގެ ޑިގްރީ ކޯހުގެ ފަހު ސެމިސްޓަރގެ މާއްދާއެއްކަމުގައިވާ "އަތްދަށު ތަޙުޤީޤުގެ މަޝްރޫޢު" ގެ ދަށުން ތައްޔާރުކޮށްފައިވާ ޢިލްމީ ދިރާސާއެކެވެ. "ދިވެހިބަހާއި ތާރީޚާއި ޠަޤާފަތް" މި ދާއިރާތަކުގެ ތެރެއިން ބޭނުން ދާއިރާއެއް އިޚުތިޔާރު ކުރެވެން އޮތް ފުރުޞަތުގެ ތެރެއިން އަޅުގަނޑު އިޚްތިޔާރު ކުރީ "ދިވެހިބަހެވެ". އެގޮތުން ދިވެހިބަހުގެ ޤަވާއިދުގެ ތެރެއިން "ސުކުން" މި މައުޟޫ ނެގުމަށްފަހު، މި މައުޟޫއަކީ ވަރަށް ފުޅާ ގޮތެއްގައި ކުރެވޭނެ ދިރާސާއެއްކަމުން މައުޟޫ ހަނިކޮށްލުމުގެ ގޮތުން "މާލޭގެ މަތީ ސާނަވީ ސުކޫލްތަކުގެ ދަރިވަރުން، ސުކުން ބޭނުންކުރަނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާއިދާ އެއްގޮތަށްހެއްޔެވެ؟" މި ސުރުހީއަށް ދިރާސާގެ މައުޟޫ ހަނިކޮށް ދިރާސާކުރީމެވެ. މިއީ ފުންކޮށް ފުޅާކޮށް ދިރާސާކޮށް އެކުލަވާލަން ޖެހުނު މަސައްކަތެއްކަމުން، މިމަސައްކަތް ކޮށްފައިވާނީ މާލޭގެ މަތީ ސާނަވީއަށް އުނގަންނައިދޭ ދެ ސްކޫލެއްގެ ދަރިވަރުންނާއި މުދައްރިސުންގެ މެދުގައި ނެގި މައުލޫމާތުތަކަށް ބިނާކޮށެވެ. އެގޮތުން މި މަޤްޞަދު ހާޞިލު ކުރުމަށްޓަކައި ތަފާތު ސާވޭފޯމާއި ބަސްދީގަތުންތައް ހިމަނާފައިވާނެއެވެ. މި ދިރާސާގެ ބޭނުމަކީ، މާލޭގެ މަތީ ސާނަވީ ސުކޫލުތަކުގެ ދަރިވަރުން، ސުކުން ބޭނުންކުރަނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާއިދާ އެއް އުޞޫލަކުންތޯ ބެލުމެވެ. އަދި އެ އުޞޫލާ އެއްގޮތަށް ބޭނުން ނުކުރާނަމަ އެކަން އެގޮތަށް މެދުވެރިވާ ސަބަބުތައް ބަލައި ދިރާސާކުރުމެވެ. މިކަންކަން ދިރާސާކުރުމަށް މައިގަނޑު ގޮތެއްގައި މި ދިރާސާގައި އަމާޒުކޮށްފައިވަނީ ދަރިވަރުންގެ ތަފާތު މަސައްކަތްތަކުގެ މައްޗަށެވެ. އެގޮތުން ދަރިވަރުން ކްލާހުގައާއި ގޭގައި ކުރުމަށް ހަވާލުކުރާ ތަފާތު މަސައްކަތްތަކާއި ޓެސެޓްޕޭޕަރާއި އެކި ޕްރޮޖެކްޓްތަކުން ޑޭޓާ ކަލެކްޓްކޮށްފައިވާނެއެވެ. މި ދިރާސާގެ ހައިޕޮތެސިސް ކަމުގައިވާ "މާލޭގެ މަތީ ސާނަވީ ސުކޫލުތަކުގެ ދަރިވަރުން، ސުކުން ބޭނުންކުރަނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާއިދާ ޚިލާފަށެވެ." މި ހައިޕޮތެސިސް އާއި ދިރާސާއިން ހޯދުނު ހޯދުންތަކާއި ވަރަށް ބޮޑަށް ދިމާވެފައިވާކަން ފާހަގަކުރެވުނެވެ. އަދި އެކަމުގެ މައިގަނޑު ސަބަބު ތަކެއްގެ ގޮތުގައި ދިރާސާއިން ހާމަވީ ފަށާ ތަޢުލީމުގައި ދަރިވަރުންނަށް ސުކުންކުރުމުގެ ހަމަތައް ރަނގަޅަށް އޮޅުންފިލާފައި ނެތިސް މަތީ ސާނަވީ މަރުޙަލާއަށް ދަރިވަރުން އައުމުން ޤަވާޢިދާ އެއްގޮތަށް ސުކުން ކުރަން ދޭ ސަމާލުކަން ކުޑަވުމާއި ޤަވާޢިދުގެ ހަމަތައް ބަޔާންކުރުމުގައި ފުށުއެރުންތައް ހުރުމެވެ. މިކަންކަން މިގޮތަށް ހުރުމުން މާލޭގެ މަތީ ސާނަވީ ސުކޫލުތަކުގެ ދަތިވަރުން، ސުކުން ބޭނުންކުރަނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާޢިދާ އެއްގޮތައްކަށް ނޫންކަން މި ދިރާސާއިން ހާމަވިއެވެ.