މާލޭގެ މަތީ ސާނަވީ ސުކޫލްތަކުގެ ދަރިވަރުން، ސުކުން ބޭނުންކުރަނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާއިދާ އެއްގޮތަށްހެއްޔެވެ؟
Loading...
Date
2011-11-01
Journal Title
Journal ISSN
Volume Title
Publisher
Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Abstract
މިއީ ދިވެހިބަހުގެ ޑިގްރީ ކޯހުގެ ފަހު ސެމިސްޓަރގެ މާއްދާއެއްކަމުގައިވާ "އަތްދަށު ތަޙުޤީޤުގެ މަޝްރޫޢު" ގެ ދަށުން ތައްޔާރުކޮށްފައިވާ ޢިލްމީ ދިރާސާއެކެވެ. "ދިވެހިބަހާއި ތާރީޚާއި ޠަޤާފަތް" މި ދާއިރާތަކުގެ ތެރެއިން ބޭނުން ދާއިރާއެއް އިޚުތިޔާރު ކުރެވެން އޮތް ފުރުޞަތުގެ ތެރެއިން އަޅުގަނޑު އިޚްތިޔާރު ކުރީ "ދިވެހިބަހެވެ". އެގޮތުން ދިވެހިބަހުގެ ޤަވާއިދުގެ ތެރެއިން "ސުކުން" މި މައުޟޫ ނެގުމަށްފަހު، މި މައުޟޫއަކީ ވަރަށް ފުޅާ ގޮތެއްގައި ކުރެވޭނެ ދިރާސާއެއްކަމުން މައުޟޫ ހަނިކޮށްލުމުގެ ގޮތުން "މާލޭގެ މަތީ ސާނަވީ ސުކޫލްތަކުގެ ދަރިވަރުން، ސުކުން ބޭނުންކުރަނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާއިދާ އެއްގޮތަށްހެއްޔެވެ؟" މި ސުރުހީއަށް ދިރާސާގެ މައުޟޫ ހަނިކޮށް ދިރާސާކުރީމެވެ. މިއީ ފުންކޮށް ފުޅާކޮށް ދިރާސާކޮށް އެކުލަވާލަން ޖެހުނު މަސައްކަތެއްކަމުން، މިމަސައްކަތް ކޮށްފައިވާނީ މާލޭގެ މަތީ ސާނަވީއަށް އުނގަންނައިދޭ ދެ ސްކޫލެއްގެ ދަރިވަރުންނާއި މުދައްރިސުންގެ މެދުގައި ނެގި މައުލޫމާތުތަކަށް ބިނާކޮށެވެ. އެގޮތުން މި މަޤްޞަދު ހާޞިލު ކުރުމަށްޓަކައި ތަފާތު ސާވޭފޯމާއި ބަސްދީގަތުންތައް ހިމަނާފައިވާނެއެވެ.
މި ދިރާސާގެ ބޭނުމަކީ، މާލޭގެ މަތީ ސާނަވީ ސުކޫލުތަކުގެ ދަރިވަރުން، ސުކުން ބޭނުންކުރަނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާއިދާ އެއް އުޞޫލަކުންތޯ ބެލުމެވެ. އަދި އެ އުޞޫލާ އެއްގޮތަށް ބޭނުން ނުކުރާނަމަ އެކަން އެގޮތަށް މެދުވެރިވާ ސަބަބުތައް ބަލައި ދިރާސާކުރުމެވެ. މިކަންކަން ދިރާސާކުރުމަށް މައިގަނޑު ގޮތެއްގައި މި ދިރާސާގައި އަމާޒުކޮށްފައިވަނީ ދަރިވަރުންގެ ތަފާތު މަސައްކަތްތަކުގެ މައްޗަށެވެ. އެގޮތުން ދަރިވަރުން ކްލާހުގައާއި ގޭގައި ކުރުމަށް ހަވާލުކުރާ ތަފާތު މަސައްކަތްތަކާއި ޓެސެޓްޕޭޕަރާއި އެކި ޕްރޮޖެކްޓްތަކުން ޑޭޓާ ކަލެކްޓްކޮށްފައިވާނެއެވެ.
މި ދިރާސާގެ ހައިޕޮތެސިސް ކަމުގައިވާ "މާލޭގެ މަތީ ސާނަވީ ސުކޫލުތަކުގެ ދަރިވަރުން، ސުކުން ބޭނުންކުރަނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާއިދާ ޚިލާފަށެވެ." މި ހައިޕޮތެސިސް އާއި ދިރާސާއިން ހޯދުނު ހޯދުންތަކާއި ވަރަށް ބޮޑަށް ދިމާވެފައިވާކަން ފާހަގަކުރެވުނެވެ. އަދި އެކަމުގެ މައިގަނޑު ސަބަބު ތަކެއްގެ ގޮތުގައި ދިރާސާއިން ހާމަވީ ފަށާ ތަޢުލީމުގައި ދަރިވަރުންނަށް ސުކުންކުރުމުގެ ހަމަތައް ރަނގަޅަށް އޮޅުންފިލާފައި ނެތިސް މަތީ ސާނަވީ މަރުޙަލާއަށް ދަރިވަރުން އައުމުން ޤަވާޢިދާ އެއްގޮތަށް ސުކުން ކުރަން ދޭ ސަމާލުކަން ކުޑަވުމާއި ޤަވާޢިދުގެ ހަމަތައް ބަޔާންކުރުމުގައި ފުށުއެރުންތައް ހުރުމެވެ. މިކަންކަން މިގޮތަށް ހުރުމުން މާލޭގެ މަތީ ސާނަވީ ސުކޫލުތަކުގެ ދަތިވަރުން، ސުކުން ބޭނުންކުރަނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާޢިދާ އެއްގޮތައްކަށް ނޫންކަން މި ދިރާސާއިން ހާމަވިއެވެ.
Description
Keywords
ސުކުން, ދިވެހިބަހުގެ ޤަވާޢިދު, ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާއިދު, މަތީ ސާނަވީ ސުކޫލުތަކުގެ ދަރިވަރުން, އެކަށައަޅާފައިވާ ޤަވާއިދާ ޚިލާފަށް, ދިވެހިބަސް, ޤަވާޢިދާ އެއްގޮތަށް ސުކުން ކުރަން ދޭ ސަމާލުކަން ކުޑަވުން
Citation
Ahmed, M. F. (2011). Maaleyge mathee saanavee sukoolthakuge dharivarun, sukun beynun kuranee dhivehi bahuge ekashaalhaafaivaa gavaaidhaai ehgothah hehyeve?. Male', Maldives College of Higher Education.
މުޙައްމަދު ފައުޒާން އަޙުމަދު. (2011). މާލޭގެ މަތީ ސާނަވީ ސުކޫލްތަކުގެ ދަރިވަރުން، ސުކުން ބޭނުންކުރަނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާއިދާ އެއްގޮތަށްހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
މުޙައްމަދު ފައުޒާން އަޙުމަދު. (2011). މާލޭގެ މަތީ ސާނަވީ ސުކޫލްތަކުގެ ދަރިވަރުން، ސުކުން ބޭނުންކުރަނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާއިދާ އެއްގޮތަށްހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.