Browsing by Author | މުސައްނިފުން "ފާތުމަތު ހަސަން"
Now showing 1 - 1 of 1
- Results Per Page
- Sort Options
ThesisItem ދިވެހިބަހުގެ މުހާވަރާއިން ދިވެހި ސަގާފީ އަގުތަކާއި ދިވެހިންގެ ވިސްނުންހުންނަގޮތް ދައްކުވައިދޭހެއްޔެ؟(Faculty of Arts, Maldives National University, 2017-11-01) ފާތުމަތު ހަސަން; Hassan, Fathimathމި ދިރާސާ އަކީ ދިވެހިބަހުގެ މުހާވަރާއިން ދިވެހި ސަގާފީ އަގުތަކާއި ދިވެހިންގެ ވިސްނުންހުންނަގޮތް ދައްކުވައިދޭތޯ ބެލުމަށްކުރެވުނު ދިރާސާއެކެވެ. އޭގެ ސަބަބުން މިފަދަ މުހާވަރާތަކުގެ ބޭނުން އެކަށީގެންވާ ގޮތުގައި ބޭނުންކުރަންޖެހޭ ރަނގަޅު ހާލަތުގައި ބޭނުންކުރުމަށް ބާރުއެޅޭނެއެވެ. ދިވެހިބަހުގައި ހިމެނޭ މިފަދަ ބައިތައް މިހާރަކަށް އައިސް ބޭނުން ކުރެވެނީ ވަރަށް މަދުންނެވެ. އަދި ބޭނުންކުރުމުގައި އޭގެ އެންމެ ރަނގަޅުގޮތުގައި ބޭނުންކުރާކަށް ނޭގެއެވެ. އެހެންކަމުން މިފަދަ މުހާވަރާތަކުން ހާމަކޮށްދޭ ކަންތައްތައް ހޯދައި ބަލައި ދިރާސާކޮށް އޭގެއިން ދޭހަކޮށްދޭ ކަންތައްތަކަކީ ކޮބައިތޯ ބެލުމަކީ ދިވެހި ބަހާއި ދިވެހި އަދަބިއްޔާތަށްޓަކައި ކޮއްދެވިދާނެކަމެއް ކަމުގައި ދެކެމެވެ. މި ދިރާސާ ކުރުމަށްޓަކައި ބޭނުންކޮށްފައިވާނީ ދިވެހިބަހުން ލިޔެ ޝާއިއު ކުރެވިފައިވާ ދިވެހިބަހުގެ މުހާވަރާއެވެ. ދިރާސާގައި ބަލާފައިވާނީ މުހާވަރާއާއި ދިވެހިސަގާފަތާއި ހުރި ގުޅުމާއި މުހާވަރާއިން ދޭހަކޮށްދެނީ ކޮންކަމެއްތޯއެވެ. އަދި މުހާވަރާ ހަދާފައި ހުރީ ކޮން މަގްޞަދެއްގައި ބޭނުންކުރުމަށްތޯއެވެ. އެގޮތުން ފެނުނު ކަންތައްތަކުގެ ތެރޭގައި މުހާވަރާގެ ލަފުޒުތަކުން ދިވެހިންގެ ސަގާފަތާއި އާދަކާދަ ވެއްޓާއި ގުޅުން ހުރިކަން ހާމަވެފައިވެއެވެ. އަދި ދިވެހިންގެ ވިސްނުމާއި ހިޔާލު ހުރިގޮތް ހާމަވިއެވެ.
