ދިވެހިބަހުގެ މުހާވަރާއިން ދިވެހި ސަގާފީ އަގުތަކާއި ދިވެހިންގެ ވިސްނުންހުންނަގޮތް ދައްކުވައިދޭހެއްޔެ؟

Loading...
Thumbnail Image

Date

2017-11-01

Journal Title

Journal ISSN

Volume Title

Publisher

Faculty of Arts, Maldives National University

Abstract

މި ދިރާސާ އަކީ ދިވެހިބަހުގެ މުހާވަރާއިން ދިވެހި ސަގާފީ އަގުތަކާއި ދިވެހިންގެ ވިސްނުންހުންނަގޮތް ދައްކުވައިދޭތޯ ބެލުމަށްކުރެވުނު ދިރާސާއެކެވެ. އޭގެ ސަބަބުން މިފަދަ މުހާވަރާތަކުގެ ބޭނުން އެކަށީގެންވާ ގޮތުގައި ބޭނުންކުރަންޖެހޭ ރަނގަޅު ހާލަތުގައި ބޭނުންކުރުމަށް ބާރުއެޅޭނެއެވެ. ދިވެހިބަހުގައި ހިމެނޭ މިފަދަ ބައިތައް މިހާރަކަށް އައިސް ބޭނުން ކުރެވެނީ ވަރަށް މަދުންނެވެ. އަދި ބޭނުންކުރުމުގައި އޭގެ އެންމެ ރަނގަޅުގޮތުގައި ބޭނުންކުރާކަށް ނޭގެއެވެ. އެހެންކަމުން މިފަދަ މުހާވަރާތަކުން ހާމަކޮށްދޭ ކަންތައްތައް ހޯދައި ބަލައި ދިރާސާކޮށް އޭގެއިން ދޭހަކޮށްދޭ ކަންތައްތަކަކީ ކޮބައިތޯ ބެލުމަކީ ދިވެހި ބަހާއި ދިވެހި އަދަބިއްޔާތަށްޓަކައި ކޮއްދެވިދާނެކަމެއް ކަމުގައި ދެކެމެވެ. މި ދިރާސާ ކުރުމަށްޓަކައި ބޭނުންކޮށްފައިވާނީ ދިވެހިބަހުން ލިޔެ ޝާއިއު ކުރެވިފައިވާ ދިވެހިބަހުގެ މުހާވަރާއެވެ. ދިރާސާގައި ބަލާފައިވާނީ މުހާވަރާއާއި ދިވެހިސަގާފަތާއި ހުރި ގުޅުމާއި މުހާވަރާއިން ދޭހަކޮށްދެނީ ކޮންކަމެއްތޯއެވެ. އަދި މުހާވަރާ ހަދާފައި ހުރީ ކޮން މަގްޞަދެއްގައި ބޭނުންކުރުމަށްތޯއެވެ. އެގޮތުން ފެނުނު ކަންތައްތަކުގެ ތެރޭގައި މުހާވަރާގެ ލަފުޒުތަކުން ދިވެހިންގެ ސަގާފަތާއި އާދަކާދަ ވެއްޓާއި ގުޅުން ހުރިކަން ހާމަވެފައިވެއެވެ. އަދި ދިވެހިންގެ ވިސްނުމާއި ހިޔާލު ހުރިގޮތް ހާމަވިއެވެ.

Description

Keywords

Citation

ފާތުމަތު ހަސަން. (2017). ދިވެހިބަހުގެ މުހާވަރާއިން ދިވެހި ސަގާފީ އަގުތަކާއި ދިވެހިންގެ ވިސްނުންހުންނަގޮތް .ދައްކުވައިދޭހެއްޔެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Hassan, F. (2017). Dhivehi bahuge muhaavaraain dhivehi saqaafee aguthakaai dhivehinge visnunhunnagoiy dhakkuvaidhey heyyeve?. Male', Maldives National University.

Endorsement

Review

Supplemented By

Referenced By