Browsing by Author | މުސައްނިފުން "Ahmed, Saudhath"
Now showing 1 - 1 of 1
- Results Per Page
- Sort Options
ThesisItem މާލޭގެ ސްކޫލުތަކުގެ ސާނަވީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުން ޅެންވެރިކަމަށް ޝައުގުވެރިކަން ހުރިމިންވަރު(Faculty of Arts, Maldives National University, 2015-11-01) Ahmed, Saudhath; ސައުދަތު އަޙްމަދުމިދިރާސާގެ މައިގަނޑު މަޤްޞަދަކީ ޅެންވެރިކަމުގެ ބައިތަކަށް ކުދިން ޝައުޤުވެރިވާ މިންވަރު ދެނެގަނެ، ޅެންވެރިކަން ކިޔެވުމަށް ހުރި މައްސަލަތައް ދިރާސާކޮށް، ގޮންޖެހުންތަކަށް ޚިޔާލެއްދީ، ސުކޫލޮ ނިޒާމްގެތެރެއިން މައްސަލަ ހައްލުކުރުމަށް މަގުފަހިކޮށްދިނުމެއެވެ. މުދައްރިއްސުން ޅެންވެރިކަން ކިޔަވައިދޭގޮތާމެދު ދަރިވަރުންދެކޭގޮތް ދެނެގަތުމާއި، ދަރިވަރުން ޅެންވެރިކަމުގެ ބައިތައް އާއްމުކޮށް ލިޔެކިޔުމުގައި ބޭނުންކުރާ މިންވަރަށްވެސް މިދިރާސާގައި އަލިއަޅުވާލާފައިވާނެއެވެ. މިދިރާސާގެ ސާމްޕަލަށްނެގީ މާލޭގެ ނަވާރަސްކޫލްގެ ތެރެއިން ސިސްޓަމެޓިކްރެންޑަމް ސާމްޕަލިންގެ އުސޫލުން ހަ ސުކޫލެވެ. ރެންޑަމް ސާމްޕަލް އަށް ނެގުނު ހަ ސުކޫލުގައި ހިމެނެނީ 3200 ދަރިވަރުންނެވެ. ކޮންމެ ސްކޫލަކުން ފަސް އިންސައްތަ ކަމަށްވާ 160 ދަރިވަރުންގެ ޜޭޑަމް ސާމްޕަލެއް ނެގުނެވެ. ބޭނުންކުރެވުނީ ކޮއޮންޓިޓޭޓިން ރިސާޗް މެތަޑެވެ. އަދި ޑޭޓާ ހޯދުމަށް ބޭނުންކުރީ ކުއެސްޗެނިއާއަކާއި އިންޓަވިއުތަކެވެ. ޑޭޓާ އެނަލައިޒް ކުރެވުނީ އެސްޕީއެސް ޕްރޮގުރާމް ބޭނުންކޮށްގެން އިންސައްތައިން ނަތީޖާ ހުށަހަޅާގޮތަށެވެ. މިދިރާސާއިން ފާހަގަ ކުރެވުނީ ގިނަ ދަރިވަރުން ޅެންވެރިކަމަށް ޝައުގުވެރިވާ މިންވަރު ދަށްކަމެވެ. ހަމައެއާއިއެކު ގިނަދަރިވަރުން ރައިވަރު ޅެން އަދި ލަވަ ފިޔަވާ ޅެންވެރިކަމުގެ އެހެން ބައިތައް އާއްމުކޮށް ކިޔާ، ލިޔެ ނުހަދާކަމެވެ. އަދި މުދައްރިސުން ކިޔަވައިދެއްވުމާއި ދަރިވަރުން ޅެންވެރިކަމަށް ހުންނަ ޝައުގު ދަށްވުމާއި ކޮންމެވެސް ވަރެއްގެ ގުޅުމެއް ވާކަން ވެސް ހާމަވިއެވެ. ޅެންވެރިކަމުގެ ބައިން ދަރިވަރުންނަށް ލިބޭ މާކްސް ދަށްކަމަށް ފާހގަ ކުރެވުނެވެ. ދަރިވަރުންނަށް ޅެންވެރިކަމަށް ހުންނަ ޝައުގުގެ މިންވަރު އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކެއްގެ ގޮތުގައި، މުދައްރިސުންނަށް ކުރެވިދާނެ ކަންތައްތައް މިދިރާސާއިން ހޯދިފައި ވާނެއެވެ. އެހެންކަމުން މިދިރާސާ އިން ފާހގަކުރެވުނީ ޅެންވެރިކަމަށް ދަރިވަރުން ޝައުޤުވެރިކުރެވޭނީ ކިޔަވައިދެއްވާ މުދައރިސުންނަކީ ޅެންވެރިކަން ދަންނަ، އެކަމަށް ޝައުޤުވެރި ބަޔަކަށް ވެގެން ކަމެވެ. މިކަން ހާސިލްކުރުމަށް މުދައްރިސުން ޅެންވެރިކަމުގެ ބައިތައް ކިޔަވައިދެއްވުމުގައި ބަދަލުތަކެއް ގެންނަށް ޖެހޭކަމެވެ.