މާލޭގެ ސްކޫލުތަކުގެ ސާނަވީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުން ޅެންވެރިކަމަށް ޝައުގުވެރިކަން ހުރިމިންވަރު

Loading...
Thumbnail Image

Date

2015-11-01

Journal Title

Journal ISSN

Volume Title

Publisher

Faculty of Arts, Maldives National University
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

Abstract

މިދިރާސާގެ މައިގަނޑު މަޤްޞަދަކީ ޅެންވެރިކަމުގެ ބައިތަކަށް ކުދިން ޝައުޤުވެރިވާ މިންވަރު ދެނެގަނެ، ޅެންވެރިކަން ކިޔެވުމަށް ހުރި މައްސަލަތައް ދިރާސާކޮށް، ގޮންޖެހުންތަކަށް ޚިޔާލެއްދީ، ސުކޫލޮ ނިޒާމްގެތެރެއިން މައްސަލަ ހައްލުކުރުމަށް މަގުފަހިކޮށްދިނުމެއެވެ. މުދައްރިއްސުން ޅެންވެރިކަން ކިޔަވައިދޭގޮތާމެދު ދަރިވަރުންދެކޭގޮތް ދެނެގަތުމާއި، ދަރިވަރުން ޅެންވެރިކަމުގެ ބައިތައް އާއްމުކޮށް ލިޔެކިޔުމުގައި ބޭނުންކުރާ މިންވަރަށްވެސް މިދިރާސާގައި އަލިއަޅުވާލާފައިވާނެއެވެ. މިދިރާސާގެ ސާމްޕަލަށްނެގީ މާލޭގެ ނަވާރަސްކޫލްގެ ތެރެއިން ސިސްޓަމެޓިކްރެންޑަމް ސާމްޕަލިންގެ އުސޫލުން ހަ ސުކޫލެވެ. ރެންޑަމް ސާމްޕަލް އަށް ނެގުނު ހަ ސުކޫލުގައި ހިމެނެނީ 3200 ދަރިވަރުންނެވެ. ކޮންމެ ސްކޫލަކުން ފަސް އިންސައްތަ ކަމަށްވާ 160 ދަރިވަރުންގެ ޜޭޑަމް ސާމްޕަލެއް ނެގުނެވެ. ބޭނުންކުރެވުނީ ކޮއޮންޓިޓޭޓިން ރިސާޗް މެތަޑެވެ. އަދި ޑޭޓާ ހޯދުމަށް ބޭނުންކުރީ ކުއެސްޗެނިއާއަކާއި އިންޓަވިއުތަކެވެ. ޑޭޓާ އެނަލައިޒް ކުރެވުނީ އެސްޕީއެސް ޕްރޮގުރާމް ބޭނުންކޮށްގެން އިންސައްތައިން ނަތީޖާ ހުށަހަޅާގޮތަށެވެ. މިދިރާސާއިން ފާހަގަ ކުރެވުނީ ގިނަ ދަރިވަރުން ޅެންވެރިކަމަށް ޝައުގުވެރިވާ މިންވަރު ދަށްކަމެވެ. ހަމައެއާއިއެކު ގިނަދަރިވަރުން ރައިވަރު ޅެން އަދި ލަވަ ފިޔަވާ ޅެންވެރިކަމުގެ އެހެން ބައިތައް އާއްމުކޮށް ކިޔާ، ލިޔެ ނުހަދާކަމެވެ. އަދި މުދައްރިސުން ކިޔަވައިދެއްވުމާއި ދަރިވަރުން ޅެންވެރިކަމަށް ހުންނަ ޝައުގު ދަށްވުމާއި ކޮންމެވެސް ވަރެއްގެ ގުޅުމެއް ވާކަން ވެސް ހާމަވިއެވެ. ޅެންވެރިކަމުގެ ބައިން ދަރިވަރުންނަށް ލިބޭ މާކްސް ދަށްކަމަށް ފާހގަ ކުރެވުނެވެ. ދަރިވަރުންނަށް ޅެންވެރިކަމަށް ހުންނަ ޝައުގުގެ މިންވަރު އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކެއްގެ ގޮތުގައި، މުދައްރިސުންނަށް ކުރެވިދާނެ ކަންތައްތައް މިދިރާސާއިން ހޯދިފައި ވާނެއެވެ. އެހެންކަމުން މިދިރާސާ އިން ފާހގަކުރެވުނީ ޅެންވެރިކަމަށް ދަރިވަރުން ޝައުޤުވެރިކުރެވޭނީ ކިޔަވައިދެއްވާ މުދައރިސުންނަކީ ޅެންވެރިކަން ދަންނަ، އެކަމަށް ޝައުޤުވެރި ބަޔަކަށް ވެގެން ކަމެވެ. މިކަން ހާސިލްކުރުމަށް މުދައްރިސުން ޅެންވެރިކަމުގެ ބައިތައް ކިޔަވައިދެއްވުމުގައި ބަދަލުތަކެއް ގެންނަށް ޖެހޭކަމެވެ.

Description

Keywords

ޅެެންވެރިކަމުގެ ބައިތަކަށް, ޅެންވެރިކަމަށް ޝައުގުވެރިވާ މިންވަރު, ރައިވަރު ޅެން އަދި ލަވަ, މުދައްރިސުން, ކިޔަވައިދިނުން, ޝައުގުވެރިކުރުވުން

Citation

Ahmed, S. (2015). Maaleyge sukool thakuge saanavee gureydu thakugai kiyavAdharivarun lhenverikamah shauguverikan huriminvaru. Male', Maldives National University.
ސައުދަތު އަޙްމަދު . (2015). މާލޭގެ ސްކޫލުތަކުގެ ސާނަވީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުން ޅެންވެރިކަމަށް ޝައުގުވެރިކަން ހުރިމިންވަރު. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.

Endorsement

Review

Supplemented By

Referenced By