Browsing by Author | މުސައްނިފުން "Ali, Ahmed"
Now showing 1 - 2 of 2
- Results Per Page
- Sort Options
OtherItem Baseline analysis of adaptation capacity and climate change vulnerability impacts in the tourism sector: Increasing climate change resilience of Maldives through adaptation in the tourism sector(Ministry of Tourism, 2015-01-01) Shareef, Ali; Mohamed, Miruza; Waheed, Ahmed; Khaleel, Zammath; Ali, Ahmed; Laila, Aishath; Riyaza, Fathimath; Asif, Mohamed ThesisItem ދިވެހިބަހުން ވާހަކަދެއްކުމުގައި "އިނުން" އެކަށައަޅާފައިވާ ޤަވާއިދާ އެއްގޮތަށް މާލޭސިޓީގައި ބޭނުންކުރަމުންދަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟(Faculty of Arts, Maldives National University, 2015-11-01) Ali, Ahmedމި ދިރާސާއަކީ ދިވެހިބަހުން ވާހަކަދެއްކުމުގައި "އިނުން" އެކަށައަޅާފައިވާ ޤަވާޢިދާ އެއްގޮތަށް ބޭނުންކުރަމުންދަނީ ކިހާ މިންވަރަކަށްތޯ ބެލުމަށް ކުރެވިފައިވާ ދިރާސާއެކެވެ. މިކަންކަން ކުރުމަށްޓަކައި، މި ދިރާސާ ފޯކަސް ކުރެވިފައިވާނީ މައިގަނޑު 3 ދާއިރާއަކަށެވެ. އެއީ ދަރިވަރުންނާއި، މުދައްރިސުން އަދި ޢާއްމުންނެވެ. މިގޮތުން މި 3 ފަރާތް ނެގުމަށްފަހު ސާވޭ ފޯމްތައް ފުރައި، އޮބްޒާވްކޮށް އެފަރާތްތަކުގެ ވާހަކަދެއްކުމުގައި "އިނުން" ބޭނުންކުރެވޭ މިންވަރު ބެލިފައިވާނެއެވެ. އަދި ވާހަކަދެއްކުމަށް ނަގާފައިވާ ޖުމްލަތަކުގައި "އިނުން" ބޭނުންކުރެވޭ 5 ހަމައަށް ބަރޯސާވެގެން ވާހަކަދައްކާފައިވާ މިންވަރުވެސް ބެލިފައި ވާނެއެވެ. ދިރާސާގެ މުޅި ނަތީޖާއިން ފާހަގަކުރެވުނީ، "އިނުން" ބޭނުންކޮށްގެން ވާހަކަދެއްކުމުގައި އެކަށައަޅާފައިވާ ޤަވާއިދާ ހިލާފަށް 76 އިންސައްތަ ބޭނުންކުރެވިފައިވާކަމެވެ. އެގޮތުން މިދިރާސާގައި ތަފާތު އެތައް ގޮތަކަށް "އިނުން" ގެ ހަމަ ބޭނުންކުރަމުން ދާތީވެ، މިހަމަތައް އެއް އުޞޫލަކުން ހިފެހެއްޓުމަށް ދިވެހި ބަހުގެ އެކަޑެމީ ކޮމިޓީން ނިންމައި ދިނުމަށާ، ކުރިމަގުގައި މުޅި ރާއްޖެއަށް އަމާޒުވާގޮތަށް މީގެ އިތުރު ދިރާސާއެެއް ހެދުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމުގައެވެ.