ދިވެހިބަހުން ވާހަކަދެއްކުމުގައި "އިނުން" އެކަށައަޅާފައިވާ ޤަވާއިދާ އެއްގޮތަށް މާލޭސިޓީގައި ބޭނުންކުރަމުންދަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟
Loading...
Date
2015-11-01
Authors
Journal Title
Journal ISSN
Volume Title
Publisher
Faculty of Arts, Maldives National University
Abstract
މި ދިރާސާއަކީ ދިވެހިބަހުން ވާހަކަދެއްކުމުގައި "އިނުން" އެކަށައަޅާފައިވާ ޤަވާޢިދާ އެއްގޮތަށް ބޭނުންކުރަމުންދަނީ ކިހާ މިންވަރަކަށްތޯ ބެލުމަށް ކުރެވިފައިވާ ދިރާސާއެކެވެ.
މިކަންކަން ކުރުމަށްޓަކައި، މި ދިރާސާ ފޯކަސް ކުރެވިފައިވާނީ މައިގަނޑު 3 ދާއިރާއަކަށެވެ. އެއީ ދަރިވަރުންނާއި، މުދައްރިސުން އަދި ޢާއްމުންނެވެ. މިގޮތުން މި 3 ފަރާތް ނެގުމަށްފަހު ސާވޭ ފޯމްތައް ފުރައި، އޮބްޒާވްކޮށް އެފަރާތްތަކުގެ ވާހަކަދެއްކުމުގައި "އިނުން" ބޭނުންކުރެވޭ މިންވަރު ބެލިފައިވާނެއެވެ. އަދި ވާހަކަދެއްކުމަށް ނަގާފައިވާ ޖުމްލަތަކުގައި "އިނުން" ބޭނުންކުރެވޭ 5 ހަމައަށް ބަރޯސާވެގެން ވާހަކަދައްކާފައިވާ މިންވަރުވެސް ބެލިފައި ވާނެއެވެ.
ދިރާސާގެ މުޅި ނަތީޖާއިން ފާހަގަކުރެވުނީ، "އިނުން" ބޭނުންކޮށްގެން ވާހަކަދެއްކުމުގައި އެކަށައަޅާފައިވާ ޤަވާއިދާ ހިލާފަށް 76 އިންސައްތަ ބޭނުންކުރެވިފައިވާކަމެވެ. އެގޮތުން މިދިރާސާގައި ތަފާތު އެތައް ގޮތަކަށް "އިނުން" ގެ ހަމަ ބޭނުންކުރަމުން ދާތީވެ، މިހަމަތައް އެއް އުޞޫލަކުން ހިފެހެއްޓުމަށް ދިވެހި ބަހުގެ އެކަޑެމީ ކޮމިޓީން ނިންމައި ދިނުމަށާ، ކުރިމަގުގައި މުޅި ރާއްޖެއަށް އަމާޒުވާގޮތަށް މީގެ އިތުރު ދިރާސާއެެއް ހެދުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމުގައެވެ.
Description
Keywords
ދިވެހިބަހުން ވާހަކަދެއްކުމުގައި "އިނުން", އެކަށައަޅާފައިވާ ޤަވާއިދާ ހިލާފަށް, އިނުން ބޭނުން ކުރަނީ ޤަވާއިދާ ހިލާފަށް, މާލޭ ސިޓީ
Citation
Ali, A. (2015). Dhivehibahun vaahaka dhehkumugai "inun" ekashaalhaafaivaa qava'idhaa ehgothah Male City gai beynunkuramundhanee kihaa minvarakah hehyeve. Male, Maldives National University.