Browsing by Author | މުސައްނިފުން "Ali, Aishath Nasha"
Now showing 1 - 1 of 1
- Results Per Page
- Sort Options
ThesisItem ރަސްމީ ބަހުރުވައާއި ނައިފަރު ބަހުރުވައިގައި އައިބައިފިލި އަދާކުރުމުގައި އެކޫސްޓިކް ތަފާތެއް ވޭހެއްޔެވެ؟(Faculty of Arts, Maldives National University, 2015-01-01) Ali, Aishath Nasha; ޢާއިޝަތު ނަޝާ ޢަލީމިދިރާސާއަކީ އެކޫސްޓިކް ފޯނެޓިކްސްގެ ރޮނގުން ދިވެހި ރަސްމީ ބަހުރުވައާއި ޅ އަތޮޅު ނައިފަރު ބަހުރުވައިގައި އައިބައިފިލި އަދާކުރުމުގައި ހުރި އެކޫސްޓިކް ތަފާތު ދެނެގަތުމަށް ކުރެވުނު ދިރާސާއެކެވެ. އެގޮތުން މިދިރާސާ އަމާޒުކޮށްފައިވާނީ ރަސްމީ ބަހުރުވައާއި ނައިފަރު ބަހުރުވައިގައި ލަފުޒުގެ ކުރިއަށް، މެދަށް އަދި ފަހަތަށް އައިބައިފިލި އަންނަ ނުވަ ލަފުޒު އިޚްތިޔާރުކޮށް އެނުވަ ލަފުޒު ދެ ބަހުރުވައިގެ އިންފޯމަންޓުން ލައްވާ ކިޔުއްވައި ރެކޯޑްކޮށް ބެލުމަށްފަހު އެކޫސްޓިކް ތަފާތެއް ވޭތޯ ނުވަތަ ނޫންތޯ ބެލުމުގެ މައްޗަށެވެ. އަދި މިދިރާސާއަކީ ދިވެހިބަހުގެ ބަހުރުވަތަކުގައި ހުރި އެކޫސްޓިކް ތަފާތުތައް ދިރާސާކުރެވިފައިވާ މިންވަރު މަދުވުމުން މި ރޮނގުން ކުރެވޭ މުހިއްމު ދިރާސާއެކެވެ. މި ދިރާސާ ކުރިއަށް ގެންގޮސްފައިވާނީ ކުއަންޓިޓޭޓިވް ޑިޒައިންގެ ދަށުން އެމްޕެރިކަލް ރިސާޗް ބޭނުންކޮށްގެންނެވެ. އަދި ދިރާސާގެ ނަތީޖާނެރެފައިވާނީ އަޑުރެކޯޑްކޮށް އޮބްޒާވްކޮށްގެން ކުއަންޓިޓޭޓިވް އެޕްރޯޗްއާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި ދިރާސާ ކުރިއަށް ގެންދިޔުމުގައި މިފަދަ ދިރާސާތަކެއް ދިވެހިބަހުން ހެދިފައި ނުވުމުގެ ސަބަބުން ދަތިތަކާކުރިމަތި ވިނަމަވެސް ދުނިޔޭގެ އެކި ބަސްބަހުގައި އެކުލެވޭ ބަހުރުވައިގެ ތަފާތުތައް ދިރާސާކޮށްފައިވާތީ އެތަކެތީގެ ބޭނުން ކޮށްގެން މި ދިރާސާ ފުރިހަމަ ދިރާސާއަކަށް ހެދުމަށް މަސައްކަތްކޮށްފައި ވާނެއެވެ. މި ދިރާސާއަށް އެއްކުރެވުނު މަޢުލޫމާތުގެ އަލީގައި ރަސްމީ ބަހުރުވައާއި ނައިފަރު ބަހުރުވައިގައި އައިބައިފިލި އަދާކުރުމުގައި އެކޫސްޓިކް ތަފާތު ވާކަން އެނގިގެންދިޔައެވެ. އެގޮތުން ދިރާސާކުރުމަށް އިޚްތިޔާރުކުރެވުނު ނުވަ ލަފުޒުވެސް ރަސްމީ ބަހުރުވައިގައި އަދާކޮށްފައިވަނީ އައިބައިފިލިންކަން ފޯމަންޓް ބޭންޑްތަކުގެ އެކޫސްޓިކް ސިފަތައް ދިރާސާކުރުމުން ހާމަވެގެންދިޔައެވެ. ނަމަވެސް ނައިފަރު ބަހުރުވައިގައި ފޯމަންޓް ބޭންޑްތަކުގެ އެކޫސްޓިކް ސިފަތައް ރަސްމީ ބަހުރުވައިގެ އެކޫސްޓިކް ސިފަތަކާއި މުޅިން ތަފާތެވެ. ވީމާ ދިރާސާގެ މަޤްޞަދު ހާޞިލުވިކަމުގައި ޤަބޫލުކުރެވެއެވެ. މި ދިރާސާއިން އިތުރަށް އެނގިގެންދިޔަ ގޮތުގައި ބޭރުގެ ބަހަކުން ދިވެހިބަހަށް ވަދެފައިވާ ލަފުޒެއް ކަމަށްވާ 'މިސައިލު' މި ލަފުޒުން ނައިފަރު ބަހުރުވައިގެ އަސަރު ކެނޑިފައިވެއެވެ. އަދި 'މިސައިލު' ފިޔަވާ ރަސްމީ ބަހުރުވައިގައި އައިބައިފިލި އަދާކޮށްފައިވާ ލަފުޒުތަކުގައި ނައިފަރު ބަހުރުވައިގައި އަދާކުރަނީ އޭބޭފިލިކަން އެނގިގެންދިޔައެވެ.