ރަސްމީ ބަހުރުވައާއި ނައިފަރު ބަހުރުވައިގައި އައިބައިފިލި އަދާކުރުމުގައި އެކޫސްޓިކް ތަފާތެއް ވޭހެއްޔެވެ؟
Loading...
Date
2015-01-01
Authors
Journal Title
Journal ISSN
Volume Title
Publisher
Faculty of Arts, Maldives National University
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Abstract
މިދިރާސާއަކީ އެކޫސްޓިކް ފޯނެޓިކްސްގެ ރޮނގުން ދިވެހި ރަސްމީ ބަހުރުވައާއި ޅ އަތޮޅު ނައިފަރު ބަހުރުވައިގައި އައިބައިފިލި އަދާކުރުމުގައި ހުރި އެކޫސްޓިކް ތަފާތު ދެނެގަތުމަށް ކުރެވުނު ދިރާސާއެކެވެ. އެގޮތުން މިދިރާސާ އަމާޒުކޮށްފައިވާނީ ރަސްމީ ބަހުރުވައާއި ނައިފަރު ބަހުރުވައިގައި ލަފުޒުގެ ކުރިއަށް، މެދަށް އަދި ފަހަތަށް އައިބައިފިލި އަންނަ ނުވަ ލަފުޒު އިޚްތިޔާރުކޮށް އެނުވަ ލަފުޒު ދެ ބަހުރުވައިގެ އިންފޯމަންޓުން ލައްވާ ކިޔުއްވައި ރެކޯޑްކޮށް ބެލުމަށްފަހު އެކޫސްޓިކް ތަފާތެއް ވޭތޯ ނުވަތަ ނޫންތޯ ބެލުމުގެ މައްޗަށެވެ. އަދި މިދިރާސާއަކީ ދިވެހިބަހުގެ ބަހުރުވަތަކުގައި ހުރި އެކޫސްޓިކް ތަފާތުތައް ދިރާސާކުރެވިފައިވާ މިންވަރު މަދުވުމުން މި ރޮނގުން ކުރެވޭ މުހިއްމު ދިރާސާއެކެވެ. މި ދިރާސާ ކުރިއަށް ގެންގޮސްފައިވާނީ ކުއަންޓިޓޭޓިވް ޑިޒައިންގެ ދަށުން އެމްޕެރިކަލް ރިސާޗް ބޭނުންކޮށްގެންނެވެ. އަދި ދިރާސާގެ ނަތީޖާނެރެފައިވާނީ އަޑުރެކޯޑްކޮށް އޮބްޒާވްކޮށްގެން ކުއަންޓިޓޭޓިވް އެޕްރޯޗްއާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި ދިރާސާ ކުރިއަށް ގެންދިޔުމުގައި މިފަދަ ދިރާސާތަކެއް ދިވެހިބަހުން ހެދިފައި ނުވުމުގެ ސަބަބުން ދަތިތަކާކުރިމަތި ވިނަމަވެސް ދުނިޔޭގެ އެކި ބަސްބަހުގައި އެކުލެވޭ ބަހުރުވައިގެ ތަފާތުތައް ދިރާސާކޮށްފައިވާތީ އެތަކެތީގެ ބޭނުން ކޮށްގެން މި ދިރާސާ ފުރިހަމަ ދިރާސާއަކަށް ހެދުމަށް މަސައްކަތްކޮށްފައި ވާނެއެވެ. މި ދިރާސާއަށް އެއްކުރެވުނު މަޢުލޫމާތުގެ އަލީގައި ރަސްމީ ބަހުރުވައާއި ނައިފަރު ބަހުރުވައިގައި އައިބައިފިލި އަދާކުރުމުގައި އެކޫސްޓިކް ތަފާތު ވާކަން އެނގިގެންދިޔައެވެ. އެގޮތުން ދިރާސާކުރުމަށް އިޚްތިޔާރުކުރެވުނު ނުވަ ލަފުޒުވެސް ރަސްމީ ބަހުރުވައިގައި އަދާކޮށްފައިވަނީ އައިބައިފިލިންކަން ފޯމަންޓް ބޭންޑްތަކުގެ އެކޫސްޓިކް ސިފަތައް ދިރާސާކުރުމުން ހާމަވެގެންދިޔައެވެ. ނަމަވެސް ނައިފަރު ބަހުރުވައިގައި ފޯމަންޓް ބޭންޑްތަކުގެ އެކޫސްޓިކް ސިފަތައް ރަސްމީ ބަހުރުވައިގެ އެކޫސްޓިކް ސިފަތަކާއި މުޅިން ތަފާތެވެ. ވީމާ ދިރާސާގެ މަޤްޞަދު ހާޞިލުވިކަމުގައި ޤަބޫލުކުރެވެއެވެ. މި ދިރާސާއިން އިތުރަށް އެނގިގެންދިޔަ ގޮތުގައި ބޭރުގެ ބަހަކުން ދިވެހިބަހަށް ވަދެފައިވާ ލަފުޒެއް ކަމަށްވާ 'މިސައިލު' މި ލަފުޒުން ނައިފަރު ބަހުރުވައިގެ އަސަރު ކެނޑިފައިވެއެވެ. އަދި 'މިސައިލު' ފިޔަވާ ރަސްމީ ބަހުރުވައިގައި އައިބައިފިލި އަދާކޮށްފައިވާ ލަފުޒުތަކުގައި ނައިފަރު ބަހުރުވައިގައި އަދާކުރަނީ އޭބޭފިލިކަން އެނގިގެންދިޔައެވެ.
Description
Keywords
ދިވެހި ރަސްމީ ބަހުރުވަ, ޅ އަތޮޅު ނައިފަރު, ނައިފަރު ބަހުރުވަ, އައިބައިފިލި, އެކޫސްޓިކް ތަފާތު, ލަފުޒުގެ ކުރިއަށް، މެދަށް އަދި ފަހަތަށް އައިބައިފިލި, ފޯމަންޓް ބޭންޑްތަކުގެ އެކޫސްޓިކް ސިފަތައް
Citation
Rasmee bahuruvaaai Naifaru bahuruvaigai aibaifili adhaa kurumugai ekuoostic thafaatheh veyhehyeve?
ޢާއިޝަތު ނަޝާ ޢަލީ . (2015). ރަސްމީ ބަހުރުވައާއި ނައިފަރު ބަހުރުވައިގައި އައިބައިފިލި އަދާކުރުމުގައި އެކޫސްޓިކް ތަފާތެއް ވޭހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
ޢާއިޝަތު ނަޝާ ޢަލީ . (2015). ރަސްމީ ބަހުރުވައާއި ނައިފަރު ބަހުރުވައިގައި އައިބައިފިލި އަދާކުރުމުގައި އެކޫސްޓިކް ތަފާތެއް ވޭހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.