Browsing by Author | މުސައްނިފުން "Ali, Firag"
Now showing 1 - 1 of 1
- Results Per Page
- Sort Options
ThesisItem ދިވެހި ބަހުގައި ކަންއިތުރުގެ ތެރޭގައި "ކަން ނިސްބަތްވެވޭ ފަރާތް ބަޔާންކުރާ ކަންއިތުރު" ހިމެނޭ ހެއްޔެވެ.(Faculty of Arts, Maldives National University, 2012-11-01) Ali, Firag; ފިރާޤް ޢަލީމި ދިރާސާއަކީ ދިވެހިބަހުގެ ޑިގްރީ ކޯހުގެ މާއްދާއެއްކަމަށްވާ ޑައިރެކްޓެޑް ރިސާރޗް (DHI307 ( ގެ ދަށުން އެކުލަވާލި ދިރާސާއެކެވެ. މި ދިރާސާއަކީ ދިވެހިބަހުގެ ޤަވަޢިދުގެ ފޮތްތަކުގައި، މިހާތަނަށް ބަޔާންކޮށްފައިނުވާ ބާވަތެއްގެ ކަންއިތުރެއްހުރިކަން ދެނެގަތުމަށް އެކުލަވައިލި ދިރާސާއެކެވެ. އެގޮތުން ދިރާސާގެ މައިގަނޑު އަމާޒަކީ"ކަން ނިސްބަތްވެވޭ ފަރާތް ބަޔާންކުރާ ކަންއިތުރު" ދިވެހިބަހުގައި ހުރިތޯ ބެލުމެވެ. މި ދިރާސާ ކުރުމުގެ ކުރިން ލިޓްރެޗަރ ރިވިއު ހެދީމެވެ. ކަންއިތުރާއި އޭގެ ބާވަތްތަކާއި، ކަންއިތުރު އުފެދޭ ގޮތާއި އޭގެ ސިފަތައް، ޤަވަޢިދު ފޮތްތަކުގެ އެހީގައި އެކުލަވައިލީމެވެ. މި ދިރާސާ ކުރީ ކޮލިޓޭޓިވް މެތަޑުގެ ދަށުން ކޮންޑަކްޓިވް އެޕްރޯޗް ބޭނުންކޮށްގެނެވެ. އަދި ދިރާސާގައި ސާމްޕަލް ނެގުމަށް ޓަކައި ޚިޔާރުކޮށްފައިވަނީ ޕަރޕޯސިވް ސާމްޕަލިންގް އެކެވެ. އެގޮތުން ދިވެހިބަހުން ލިޔެ ޗާޕްކޮށް ޝާއިޢުކޮށްފައިވާ 11 ފޮތަކުން 10 ލިޔުންތެރިއެއްގެ 30 ޖުމުލަ ނެގުނެވެ. މިޖުމުލަތައް ނަގާފައިވާނީ ދިވެހިބަހަށް ކުޅަދާނަ، ޤާބިލް ބޭފުޅުން ލިޔުއްވާފައިވާ ފޮތްތަކުންނެވެ. ސާމްޕަލްގެ ގޮތުގައި ނެގި ޖުމުލަތައް ތަހުލީލުކުރެވުނީ ޖުމުލަތަކުގެ ގަސްހޫލައިގެ އެހީގައެވެ. އަދި ޖުމުލަތަކުގެ ވަކިވަކި ލަފުޒުން އަދާކުރާ ދައުރު ދެނެގަނެވުނީ މި ގަސްހޫލައިގެ އެހީގައެވެ. ހަމައެހެންމެ ޖުމުލައިގައި ލަފުޒު އަދާކުރާ ދައުރަށް ބަލައިގެން، "ކަން ނިސްބަތްވެވޭ ފަރާތް ބަޔާންކުރާ ކަންއިތުރު" ހުރިތޯ ބެލިގެން ދިޔައެވެ. މި ދިރާސާއިން ހާމަވިގޮތުގައި "ކަން ނިސްބަތްވެވޭ ފަރާތް ބަޔާންކުރާ ކަންއިތުރު" ދިވެހިބަހުގައި ހުރެއެވެ. މި ބާވަތުގެ ކަންއިތުރު އުފެދިފައި ހުންނަނީ "ނަން" އާއި "އަކުރު" ގުޅިގެން އެއްލަފުޒެއްގެ ގޮތުގައެވެ. އަދި މި ވައްތަރުގެ ކަންއިތުރު އަންނަނީ "ވަންހަނާކަން" އެކުލެވިފައި ހުންނަ ޖުމުލައިގައެވެ. ހަމައެހެންމެ މީގެ ކަންއިތުރު، ޖުމުލައިގެ"ކަން" ގެ ކުރިއަށާއި ފަހަތަށް ގެނެވިފައި ހުންނަކަން ފާހަގަކުރެވުނެވެ. އަދި މި ބާވަތުގެ ކަންއިތުރު ޖުމުލައިގެ ތެރޭގައި ހަޒުފުވެފައި ނުވަތަ ފާޅުނުވާ ގޮތަށްވެސް ގެނެސްފައި ހުންނާތީ ފެނުނެވެ.