ދިވެހި ބަހުގައި ކަންއިތުރުގެ ތެރޭގައި "ކަން ނިސްބަތްވެވޭ ފަރާތް ބަޔާންކުރާ ކަންއިތުރު" ހިމެނޭ ހެއްޔެވެ.
Loading...
Date
2012-11-01
Authors
Journal Title
Journal ISSN
Volume Title
Publisher
Faculty of Arts, Maldives National University
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Abstract
މި ދިރާސާއަކީ ދިވެހިބަހުގެ ޑިގްރީ ކޯހުގެ މާއްދާއެއްކަމަށްވާ ޑައިރެކްޓެޑް ރިސާރޗް (DHI307 ( ގެ ދަށުން އެކުލަވާލި ދިރާސާއެކެވެ. މި ދިރާސާއަކީ ދިވެހިބަހުގެ ޤަވަޢިދުގެ ފޮތްތަކުގައި، މިހާތަނަށް ބަޔާންކޮށްފައިނުވާ ބާވަތެއްގެ ކަންއިތުރެއްހުރިކަން ދެނެގަތުމަށް އެކުލަވައިލި ދިރާސާއެކެވެ. އެގޮތުން ދިރާސާގެ މައިގަނޑު އަމާޒަކީ"ކަން ނިސްބަތްވެވޭ ފަރާތް ބަޔާންކުރާ ކަންއިތުރު" ދިވެހިބަހުގައި ހުރިތޯ ބެލުމެވެ. މި ދިރާސާ ކުރުމުގެ ކުރިން ލިޓްރެޗަރ ރިވިއު ހެދީމެވެ. ކަންއިތުރާއި އޭގެ ބާވަތްތަކާއި، ކަންއިތުރު އުފެދޭ ގޮތާއި އޭގެ ސިފަތައް، ޤަވަޢިދު ފޮތްތަކުގެ އެހީގައި އެކުލަވައިލީމެވެ.
މި ދިރާސާ ކުރީ ކޮލިޓޭޓިވް މެތަޑުގެ ދަށުން ކޮންޑަކްޓިވް އެޕްރޯޗް ބޭނުންކޮށްގެނެވެ. އަދި ދިރާސާގައި ސާމްޕަލް ނެގުމަށް ޓަކައި ޚިޔާރުކޮށްފައިވަނީ ޕަރޕޯސިވް ސާމްޕަލިންގް އެކެވެ. އެގޮތުން ދިވެހިބަހުން ލިޔެ ޗާޕްކޮށް ޝާއިޢުކޮށްފައިވާ 11 ފޮތަކުން 10 ލިޔުންތެރިއެއްގެ 30 ޖުމުލަ ނެގުނެވެ. މިޖުމުލަތައް ނަގާފައިވާނީ ދިވެހިބަހަށް ކުޅަދާނަ، ޤާބިލް ބޭފުޅުން ލިޔުއްވާފައިވާ ފޮތްތަކުންނެވެ.
ސާމްޕަލްގެ ގޮތުގައި ނެގި ޖުމުލަތައް ތަހުލީލުކުރެވުނީ ޖުމުލަތަކުގެ ގަސްހޫލައިގެ އެހީގައެވެ. އަދި ޖުމުލަތަކުގެ ވަކިވަކި ލަފުޒުން އަދާކުރާ ދައުރު ދެނެގަނެވުނީ މި ގަސްހޫލައިގެ އެހީގައެވެ. ހަމައެހެންމެ ޖުމުލައިގައި ލަފުޒު އަދާކުރާ ދައުރަށް ބަލައިގެން، "ކަން ނިސްބަތްވެވޭ ފަރާތް ބަޔާންކުރާ ކަންއިތުރު" ހުރިތޯ ބެލިގެން ދިޔައެވެ.
މި ދިރާސާއިން ހާމަވިގޮތުގައި "ކަން ނިސްބަތްވެވޭ ފަރާތް ބަޔާންކުރާ ކަންއިތުރު" ދިވެހިބަހުގައި ހުރެއެވެ. މި ބާވަތުގެ ކަންއިތުރު އުފެދިފައި ހުންނަނީ "ނަން" އާއި "އަކުރު" ގުޅިގެން އެއްލަފުޒެއްގެ ގޮތުގައެވެ. އަދި މި ވައްތަރުގެ ކަންއިތުރު އަންނަނީ "ވަންހަނާކަން" އެކުލެވިފައި ހުންނަ ޖުމުލައިގައެވެ. ހަމައެހެންމެ މީގެ ކަންއިތުރު، ޖުމުލައިގެ"ކަން" ގެ ކުރިއަށާއި ފަހަތަށް ގެނެވިފައި ހުންނަކަން ފާހަގަކުރެވުނެވެ. އަދި މި ބާވަތުގެ ކަންއިތުރު ޖުމުލައިގެ ތެރޭގައި ހަޒުފުވެފައި ނުވަތަ ފާޅުނުވާ ގޮތަށްވެސް ގެނެސްފައި ހުންނާތީ ފެނުނެވެ.
Description
Keywords
ކަންއިތުރު, ކަން ނިސްބަތްވެވޭ ފަރާތް, އަކުރު, ކަންއިތުރު އުފެދޭ ގޮތް
Citation
Ali, F. (2012). Dhivehi bahugai kanithuruge thereygai kan nisbaiy vevey faraiy bayaankuraa kan ithuru himeney hehyeve.. Male',. Maldives National University.
ފިރާޤް ޢަލީ . (2012). ދިވެހި ބަހުގައި ކަންއިތުރުގެ ތެރޭގައި "ކަން ނިސްބަތްވެވޭ ފަރާތް ބަޔާންކުރާ ކަންއިތުރު" ހިމެނޭ ހެއްޔެވެ. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
ފިރާޤް ޢަލީ . (2012). ދިވެހި ބަހުގައި ކަންއިތުރުގެ ތެރޭގައި "ކަން ނިސްބަތްވެވޭ ފަރާތް ބަޔާންކުރާ ކަންއިތުރު" ހިމެނޭ ހެއްޔެވެ. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.