Browsing by Author | މުސައްނިފުން "Ibrahim, Aminath"
Now showing 1 - 2 of 2
- Results Per Page
- Sort Options
ThesisItem ކިޔުމާއި ލިޔުމުގައި އެއްގޮތަށް ބޭނުންކުރާ ލަފުޒު : ދިވެހިބަހުގައި ކިޔުމާއި ލިޔުމުގައި އެއްގޮތަށް ބޭނުންކުރާ (ހޯމޮނީމް) ގެ ސަބަބުން މާނައަށް އަނަން ބަދަލުތަކާއި މިފަދަ ލަފުޒުތަކުގެ ސަބަބުން ގަވާއިދުގެ ބަޔަށް އަންނަ ބަދަލުތައް(Faculty of Arts, Maldives National University, 2018-10-21) އާމިނަތު އިބުރާހިމް; Ibrahim, Aminathމި ދިރާސާއަކީ ދިވެހިބަހުގައި ކިޔުމާއި ލިޔުމުގައި އެއްގޮތަށް ބެނުންކުރާ ލަފުޒު(ހޯމޮނީމް) ސަބަބުން މާނަޔަށް އަންނަ ބަދަލުތަކަކީ ކޮބައިކަން ހޯދުމަށް ކުރެވިފައިވާ ދިރާސާއެކެެވެ. މިދިރާސާގެ ސުވާލުގެ ޖަވާބުހޯދުމަށާއި ދިރާސާގެ މަގުސަދު ހާސިލްކުރުމަށްޓަކައި ބޭނުންކުރީ ކޮލިޓޮޓިވް އެޕްރޯޗެވެ. އަދި ބޭނުންކޮށްފައިވަނީ ޑޮކިޔުމެންޓުރީ އެނަލިސިސްއެވެ. އެގޮތުން ރެންޑަމްކޮށް ނަގާފައިވާ ޖަމާއަތުގެ ޙަބަރުތަކުންނާއި ބައެއް ފަތްތޫރަރަކުން ނާއި އިބްރާހިމް ހުސެއިން މަނިކުގެ ބައެއް ކުރުވާހަކަ ތަކުންނާއި ބައެއް އޮންލައިން ވެބްސައިޓްތަކުގެ އެހީގައި ޕާރަޕަސިވްސާމްޕަލް ގެ އެހީގައެވެ. އެގޮތުން ލިޔުންތައް ހޮވީ ވަކިދުވަސްވަރަކަށް ބެލުމެއްނެތިއެވެ. ނަމަވެސް ބޮޑަށް އިސްކަން ދިނީ ޢިލްމީ ލިޔުންތަކަށެވެ. މި ދިރާސާއަށް ހޮވާލެވުނު ލިޔުން ތަކުގައި ހޯމޮނީމް ބޭނުންކުރެވިފައި ވާނީ ދިވެހިބަހުގެ މައިގަނޑު 8 ބައިތެރެއިން ކޮންބައިތަކެއްގައިކަން ފާހަގަކުރެވުނެވެ. އެގޮތުން ނަމާއި ނަންއިތުރާއި ކަން ހޯމޮނީމްގެ ގޮތުގައި ބޭނުންކުރާކަން ހާމަވިއެވެ. އަދި ދިވެހި ބަހުގައި ބޭނުންކުރާ ބައެއް ހޯމޮނީމް ތަކަކީ ކުރު ލަފުޒު ތަކެއްކަން ފާހަގަ ކުރެވުނެވެ. މިގޮތުން 1 އަކުރާއި 2 އަކުރު އަދި 3 އަކުރު ލަފުުޒުތައް ހޯމޮނީމް ގެ ގޮތުގައި ދިވެހި ބަހުގައި ގިނައިން ބޭނުންކުރާކަން ވެސް ހާމަވިއެވެ. ޖުމްލަގޮތެއްގައި މި ދިރާސާއިން ހާމަވެގެން ދިޔައީ ދިވެހިބަހުގައި ބޭނުންކުރާ ހޯމޮނީމްގައި ތަފާތު މާނަތައް އެކުލެވޭ ކަމާއި މިފަދަ ލަފުޒުތައް ދިވެހިބަހުގެ މައިގަނޑު 8 ބައިގެ ތެރެއިން ނަމާއި ނަންއިތުރާއި ކަން މިބައިތކުގައި ހިމެނޭކަމެވެ. އަދި މިގޮތުން ބޭނުންކުރާ ލަފުޒުގެ މާނަތައް ގިނަކަމާއި އެހެން ނަމަވެސް ބޭނުން ކުރަމުން ގެންދަނީ އާދައިގެމާނަ ނުވަތަ އާއްމުކޮށް ބޭނުންކުރާ ތަކެއްޗާއި ތިލަ މާނާއިގައިކަން ވެސް ފާހަގަކުރެވެއެވެ ThesisItem ޕޮލިޓިކަލް އައިޑެންޓިޓީ" ޤާއިމު ކުރުމުގައި ބަހުގެ ދައުރު"(Maldives National University, 2015-02-01) Ibrahim, Aminath; އާމިނަތު އިބްރާހިމްމިދިރާސާއަކީ "ޕޮލިޓިކަލް އައިޑެންޓިޓި" ޤާއިމުކުރުމުގައި ބަހުގެ ދައުރު ދެނެގަތުމަށް ކުރެވިފައިވާ ދިރާސާއެކެވެ. މިއީ ކޮލިޓޭޓިވް އެޕްރޯޗެއްގެ މައްޗަށް ކޭސް ސްޓަޑީ މެތަޑް ބޭނުންކޮށްގެން ހަދާފައިވާ ޑޮކިޔުމެންޓް އެނިލިސިސް އެކެވެ. މިގޮތުން ދިރާސާގައި ކޭސް ސްޓަޑީ އެއްގެ ގޮތުގައި ބަލައިފައިވަނީ (11 ނޮވެމްބަރ 2008 ން 7 ފެބުރުއަރީ 2012) އަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަން ކުރެއްވި ގ. ކެނެރީގެ މުޙަންމަދު ނަޝީދުގެ "ޕޮލިޓިކަލް އައިޑެންޓިޓީ" ނުވަތަ ސިޔާސީ ކާކުވަންތަކަން ޤާއިމު ކުރުމުގައި ބަހުގެ ދައުރެވެ. ދިރާސާ ކުރުމުގައި ޕްރައިމަރީ ސޯސް ގޮތުގައި ބެލިފައިވަނީ ރައީސް މުޙަންމަދު ނަޝީދުގެ ސިޔާސީ ޙަޔާތުގެ ތެރެއިން 10 ތަޤްރީރެވެ. "ޕޮލިޓިކަލް އައިޑެންޓިޓީ" ޤާއިމު ކުރުމުގައި ބަހުގެ ދައުރު ދެނެގަތުމަށް ބޭނުންކުރެވިފައިވާ ތަޤްރީރުތައް ދިރާސާ ކުރުމުގައި މައިގަނޑު ތިން ތިއަރީއެއް ބޭނުންކޮށްފައި ވާނެއެވެ. އެއީ "އައިޑެންޓިޓީ އެންޑެންޓިޓީ އެންޑް ސޯޝަލް އައިޑެންޓިޓީ ތިއަރީ"، ލީޑާރޝިޕް އާއި ޕޮލިޓިކަލް އައިޑެންޓިކަލް އައިޑެންޓީޓި ތިޔަރީ، އަދި ޕްރެގްމެޓިކްސް ތިޔަރީ" އެވެ. ދިރަސާ ކުރުމަށްޓަކައި، މި ތިއަރީ ތަކުގެ އަލީގައި ކުރެވުނު "ލިޓްރޭޗާރ ރިވިއު" އިން ތީމު ތަކެއް ފާހަގަ ކުރުމަށްފަހު، އެ ތީމު ތަކުގެ އަލީގައި، ރައީސް މުޙައްމަދު ނަޝީދު ގެ ތަޤްރީރުތައް ދިރާސާ ކުރީއެވެ. މިގޮތުން ދިރާސާކުރުމަށްޓަކައި، ކުރެވެނު "ލިޓްރޭޗަރ ރިވިއު" އިން ފާހަގަ ކުރެވިފައިވާ (ހަތް ތީމު) ހަތް ގޮތަށް ރާއިސް މުޙައްމަދު ނަޝީދު ބަސް ބޭނުންކުރައްވައިފައިވާކަން، ދިރާސާ ކުރެވުނު 10 ތަޤްރީރުންވަނީ ހާމަވެފައެވެ. މި ހަތް ތީމަކީ: 1. ދައްކާވާހަކަ ފަސްމަގާ (މާޒީ)ގުޅުވާލިން. 2. ދެމާނަ ނެގޭގޮތަށް ބަސް ބޭނުންކުރުން. 3. ބަހުގެ އިހުގެ އޮނިގަނޑުގައިހުރި ބައެއް ކަންކަން އިއާދަކުރުން. 4. ދައްކާ ވާހަކައިގެ ވަކިބަޔަކަށް ސަމާލު ކުރުވުމަށް އެއް ލަފުޒެއް ތަކުރާރުކުރުން. 5. ދައްކާވާހަކައިގެ ވަކިބަޔަކަށް ސަމާލުކުރުވުމަށް އެއްމާނަދޭހަވާ ތަފާތު ލަފުޒުތައް ތަކުރާރުކުރުން. 6. ސިޔާސީ ބަސްކޮށާރު"ކޮންސެޕްޓް، ސްލޯގަން" ތައް އުފެއްދުން. 7. "އިއިޑެންޓިޓީ" ކާކުވަންތަކަމާއި، އަދި ނިސްބަތްވާ ޕާޓީގެ ބާރުގަދަކުރުން. ދިރާސާ ނިންމައިލުމުގައި، މިދާއިރާއިން އިތުރަށް ކުރެވިދާނެ ދިރާސާތަކަށް އަލިއަޅުވައި ލެވިފައިވާނެއެވެ.