ޕޮލިޓިކަލް އައިޑެންޓިޓީ" ޤާއިމު ކުރުމުގައި ބަހުގެ ދައުރު"
Loading...
Date
2015-02-01
Authors
Journal Title
Journal ISSN
Volume Title
Publisher
Maldives National University
މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ
މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ
Abstract
މިދިރާސާއަކީ "ޕޮލިޓިކަލް އައިޑެންޓިޓި" ޤާއިމުކުރުމުގައި ބަހުގެ ދައުރު ދެނެގަތުމަށް ކުރެވިފައިވާ ދިރާސާއެކެވެ. މިއީ ކޮލިޓޭޓިވް އެޕްރޯޗެއްގެ މައްޗަށް ކޭސް ސްޓަޑީ މެތަޑް ބޭނުންކޮށްގެން ހަދާފައިވާ ޑޮކިޔުމެންޓް އެނިލިސިސް އެކެވެ. މިގޮތުން ދިރާސާގައި ކޭސް ސްޓަޑީ އެއްގެ ގޮތުގައި ބަލައިފައިވަނީ (11 ނޮވެމްބަރ 2008 ން 7 ފެބުރުއަރީ 2012) އަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަން ކުރެއްވި ގ. ކެނެރީގެ މުޙަންމަދު ނަޝީދުގެ "ޕޮލިޓިކަލް އައިޑެންޓިޓީ" ނުވަތަ ސިޔާސީ ކާކުވަންތަކަން ޤާއިމު ކުރުމުގައި ބަހުގެ ދައުރެވެ. ދިރާސާ ކުރުމުގައި ޕްރައިމަރީ ސޯސް ގޮތުގައި ބެލިފައިވަނީ ރައީސް މުޙަންމަދު ނަޝީދުގެ ސިޔާސީ ޙަޔާތުގެ ތެރެއިން 10 ތަޤްރީރެވެ.
"ޕޮލިޓިކަލް އައިޑެންޓިޓީ" ޤާއިމު ކުރުމުގައި ބަހުގެ ދައުރު ދެނެގަތުމަށް ބޭނުންކުރެވިފައިވާ ތަޤްރީރުތައް ދިރާސާ ކުރުމުގައި މައިގަނޑު ތިން ތިއަރީއެއް ބޭނުންކޮށްފައި ވާނެއެވެ. އެއީ "އައިޑެންޓިޓީ އެންޑެންޓިޓީ އެންޑް ސޯޝަލް އައިޑެންޓިޓީ ތިއަރީ"، ލީޑާރޝިޕް އާއި ޕޮލިޓިކަލް އައިޑެންޓިކަލް އައިޑެންޓީޓި ތިޔަރީ، އަދި ޕްރެގްމެޓިކްސް ތިޔަރީ" އެވެ. ދިރަސާ ކުރުމަށްޓަކައި، މި ތިއަރީ ތަކުގެ އަލީގައި ކުރެވުނު "ލިޓްރޭޗާރ ރިވިއު" އިން ތީމު ތަކެއް ފާހަގަ ކުރުމަށްފަހު، އެ ތީމު ތަކުގެ އަލީގައި، ރައީސް މުޙައްމަދު ނަޝީދު ގެ ތަޤްރީރުތައް ދިރާސާ ކުރީއެވެ. މިގޮތުން ދިރާސާކުރުމަށްޓަކައި، ކުރެވެނު "ލިޓްރޭޗަރ ރިވިއު" އިން ފާހަގަ ކުރެވިފައިވާ (ހަތް ތީމު) ހަތް ގޮތަށް ރާއިސް މުޙައްމަދު ނަޝީދު ބަސް ބޭނުންކުރައްވައިފައިވާކަން، ދިރާސާ ކުރެވުނު 10 ތަޤްރީރުންވަނީ ހާމަވެފައެވެ. މި ހަތް ތީމަކީ:
1. ދައްކާވާހަކަ ފަސްމަގާ (މާޒީ)ގުޅުވާލިން.
2. ދެމާނަ ނެގޭގޮތަށް ބަސް ބޭނުންކުރުން.
3. ބަހުގެ އިހުގެ އޮނިގަނޑުގައިހުރި ބައެއް ކަންކަން އިއާދަކުރުން.
4. ދައްކާ ވާހަކައިގެ ވަކިބަޔަކަށް ސަމާލު ކުރުވުމަށް އެއް ލަފުޒެއް ތަކުރާރުކުރުން.
5. ދައްކާވާހަކައިގެ ވަކިބަޔަކަށް ސަމާލުކުރުވުމަށް އެއްމާނަދޭހަވާ ތަފާތު ލަފުޒުތައް ތަކުރާރުކުރުން.
6. ސިޔާސީ ބަސްކޮށާރު"ކޮންސެޕްޓް، ސްލޯގަން" ތައް އުފެއްދުން.
7. "އިއިޑެންޓިޓީ" ކާކުވަންތަކަމާއި، އަދި ނިސްބަތްވާ ޕާޓީގެ ބާރުގަދަކުރުން.
ދިރާސާ ނިންމައިލުމުގައި، މިދާއިރާއިން އިތުރަށް ކުރެވިދާނެ ދިރާސާތަކަށް އަލިއަޅުވައި ލެވިފައިވާނެއެވެ.
Description
Keywords
Dhivehi Language, Dhivehi Language -- Political identity
Citation
Ibrahim, A. (2015). "Political identity" qaaimu kurumugai bahuge dhauru. Maldives National University.
.އާމިނަތު އިބްރާހިމް. (2015). "ޕޮލިޓިކަލް އައިޑެންޓިޓީ" ޤާއިމު ކުރުމުގައި ބަހުގެ ދައުރު. މާލެ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ
.އާމިނަތު އިބްރާހިމް. (2015). "ޕޮލިޓިކަލް އައިޑެންޓިޓީ" ޤާއިމު ކުރުމުގައި ބަހުގެ ދައުރު. މާލެ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ