Browsing by Author | މުސައްނިފުން "Manik, Thasneema"
Now showing 1 - 1 of 1
- Results Per Page
- Sort Options
ThesisItem ދިވެހި ބަހުން ޢިބާރާތް ކުރުމުގައި "ޖުމުލައިގެ އޮނިގަނޑު" ރޭވިފައި ހުންނަނީ ކޮން އުޞޫލަކުން ހެއްޔެވެ؟(ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން, 2009-11-01) ތަސްނީމާ މަނިކު; Manik, Thasneemaމިއީ، ދިވެހިބަހުން އިބާރާތް ކުރުމުގައި ޖުމުލާގައި ލަފުޒު އެތުރޭތަރުތީބާއި ޖުމުލައިގެ ބާވަތްތަކުގައި ލަފުޒު އެތުރޭ ތަރުތީބެއް ކަނޑައެޅުމަށްޓަކައި ކުރެވުނު ދިރާސާއެކެވެ. ދިވެހިބަހުން ލިއެފައި ހުރި ފޮތްތަކުގައި ޖުމުލައިގެ އޮނިގަނޑާއި ޖުމުލައިގެ ބާވަތްތައް ކަނޑައެޅުމުގައި ހުރި އޮޅުންތައް ފިލުވައި މިފަދަ މަޢުލޫމާތުތައް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަމެއް ފޯރުކޮށް ދިނުމަށް ކުރެވުނު، މަސައްކަތެކެވެ. ދިރާސާއަށް މަޢުލޫމާތު އެއްކުރުމަށާއި ހޯދުންތައް ހޯދުމަށް ދިވެހިބަހުގެ ޤަވާއިދާބެހޭ ގޮތުން ލިއެފައިވާ ހުރިހާ ފޮތަކުން، މަޢުލޫމާތު އެއްކުރުމުގެ އިތުރުން، ބަހުގެ ގޮތުން ފުންނާބުއުސް އެދުރުންގެ ކިބައިންނާއި ދިވެހި މުދައްރިސުންގެ ފަރާތުންވެސް މަޢުލޫމާތުހޯދުނެވެ. މީގެ އިތުރުން ދިވެހިބަހުން ލިއެފައިވާ ތަފާތު ޜޮންރާތަކުން ޖުމުލަތައް ހޮވައިގެންވެސް ބަލާފައި ވާނެއެވެ. ދިވެހި ބަހުގައި، ޖުމުލައިގައި ލަފުޒު އެތުރޭ ތަރުތީބާމެދު ބަހުގެ އެދުރުންގެ މެދުގައި ޚިޔާލުތަފާތުވުން އެބަހުއްޓެވެ. އަޅުގަނޑުގެ ނަޒަރުގައި ދިވެހިބަހުގައި ޖުމުލާގައި ލަފުޒު އެތުރެނީ ކަންކުރާ، ރައްދުވާ އަދި ކަން މިތަރުތީބުން ކަމަށެވެ. ދިވެހިބަހުން ލިއެފައިވާ ޤަވާޢިދު ފޮތްތަކުގައި ޖުމުލައިގެ ބާވަތްތަކަށް ނަންދިނުމުގަޔާއި ޖުމުލައިގެ ބާވަތްތަކުގެ ޢަދަދު ކަނޑައެޅުމުގައި، ވަރަށް ބޮޑެތި ތަފާތު ތަކެއް އެބަހުއްޓެވެ. ޖުމުލައިގެ ބާވަތްތައް ކަނޑައެޅުމުގައި އަޅުގަނޑު ބަލާފައިވާނީ ޖުމުލައިގައި ލަފުޒު އެތުރޭ ގިނަމަދުމިނަށާއި ލަފުޒުގެ ބާވަތަށެވެ.