ދިވެހި ބަހުން ޢިބާރާތް ކުރުމުގައި "ޖުމުލައިގެ އޮނިގަނޑު" ރޭވިފައި ހުންނަނީ ކޮން އުޞޫލަކުން ހެއްޔެވެ؟
Loading...
Date
2009-11-01
Authors
Journal Title
Journal ISSN
Volume Title
Publisher
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Faculty of Arts, Maldives College of Higher Education
Faculty of Arts, Maldives College of Higher Education
Abstract
މިއީ، ދިވެހިބަހުން އިބާރާތް ކުރުމުގައި ޖުމުލާގައި ލަފުޒު އެތުރޭތަރުތީބާއި ޖުމުލައިގެ ބާވަތްތަކުގައި ލަފުޒު އެތުރޭ ތަރުތީބެއް ކަނޑައެޅުމަށްޓަކައި ކުރެވުނު ދިރާސާއެކެވެ. ދިވެހިބަހުން ލިއެފައި ހުރި ފޮތްތަކުގައި ޖުމުލައިގެ އޮނިގަނޑާއި ޖުމުލައިގެ ބާވަތްތައް ކަނޑައެޅުމުގައި ހުރި އޮޅުންތައް ފިލުވައި މިފަދަ މަޢުލޫމާތުތައް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަމެއް ފޯރުކޮށް ދިނުމަށް ކުރެވުނު، މަސައްކަތެކެވެ.
ދިރާސާއަށް މަޢުލޫމާތު އެއްކުރުމަށާއި ހޯދުންތައް ހޯދުމަށް ދިވެހިބަހުގެ ޤަވާއިދާބެހޭ ގޮތުން ލިއެފައިވާ ހުރިހާ ފޮތަކުން، މަޢުލޫމާތު އެއްކުރުމުގެ އިތުރުން، ބަހުގެ ގޮތުން ފުންނާބުއުސް އެދުރުންގެ ކިބައިންނާއި ދިވެހި މުދައްރިސުންގެ ފަރާތުންވެސް މަޢުލޫމާތުހޯދުނެވެ. މީގެ އިތުރުން ދިވެހިބަހުން ލިއެފައިވާ ތަފާތު ޜޮންރާތަކުން ޖުމުލަތައް ހޮވައިގެންވެސް ބަލާފައި ވާނެއެވެ. ދިވެހި ބަހުގައި، ޖުމުލައިގައި ލަފުޒު އެތުރޭ ތަރުތީބާމެދު ބަހުގެ އެދުރުންގެ މެދުގައި ޚިޔާލުތަފާތުވުން އެބަހުއްޓެވެ. އަޅުގަނޑުގެ ނަޒަރުގައި ދިވެހިބަހުގައި ޖުމުލާގައި ލަފުޒު އެތުރެނީ ކަންކުރާ، ރައްދުވާ އަދި ކަން މިތަރުތީބުން ކަމަށެވެ.
ދިވެހިބަހުން ލިއެފައިވާ ޤަވާޢިދު ފޮތްތަކުގައި ޖުމުލައިގެ ބާވަތްތަކަށް ނަންދިނުމުގަޔާއި ޖުމުލައިގެ ބާވަތްތަކުގެ ޢަދަދު ކަނޑައެޅުމުގައި، ވަރަށް ބޮޑެތި ތަފާތު ތަކެއް އެބަހުއްޓެވެ. ޖުމުލައިގެ ބާވަތްތައް ކަނޑައެޅުމުގައި އަޅުގަނޑު ބަލާފައިވާނީ ޖުމުލައިގައި ލަފުޒު އެތުރޭ ގިނަމަދުމިނަށާއި ލަފުޒުގެ ބާވަތަށެވެ.
Description
Keywords
Citation
ތަސްނީމާ މަނިކު. (2009). ދިވެހި ބަހުން ޢިބާރާތް ކުރުމުގައި "ޖުމުލައިގެ އޮނިގަނޑު" ރޭވިފައި ހުންނަނީ ކޮން އުޞޫލަކުން ހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
Manik, T. (2009). Dhivehi bahun ibaaraaiy kurumugai "jumlaige onigan'du" reyvifai hunnannee kon usoolakun heyyeve?. Male', Maldives College of Higher Education.
Manik, T. (2009). Dhivehi bahun ibaaraaiy kurumugai "jumlaige onigan'du" reyvifai hunnannee kon usoolakun heyyeve?. Male', Maldives College of Higher Education.