Browsing by Author | މުސައްނިފުން "Rasheed, Ibrahim"
Now showing 1 - 5 of 5
- Results Per Page
- Sort Options
ArticleItem އުދަރެސް ތަނަވަސްވުން(ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން, 2016-04) އިބްރާހީމް ރަޝީދު މޫސާ; Rasheed, Ibrahim ArticleItem އުދަރެސް ތަނަވަސްވުން(ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން, 2016-04) އިބްރާހީމް ރަޝީދު; Rasheed, Ibrahim ArticleItem އިޝްޤް(ދިވެހިބަހާއި ތާރީޚަށްޚިދުމަތްކުރާ ޤައުމީ މަރުކަޒު, 1985-04) އިބްރާހިމް ރަޝީދު; Rasheed, Ibrahim ThesisItem ދިވެހި ބަހުގެ އެކަޑަމީން ނެރެ އާންމުކޮއްފައިވާ ދިވެހި އައު ލަފުޒުތައް ކޯސްޓްގާޑް މުވައްޒަފުންނަށް އެނގޭ މިންވަރު(ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ, 2017-11-01) އިބްރާހީމް ރަޝީދު; Rasheed, Ibrahimކޮންމެ ބަހެއްވެސް މުއްސަދި ވަނީ އެބަހަކަށް އިތުރުކުރެވޭ ލަފުޒުތަކަކުންނެވެ. އެގޮތުން ދިވެހިބަސް ވެސް މުއްސަދި ކުރުމަށްޓަކައި ވަގުތާއި ހާލަތާއި ގުޅުވައިގެން ކަމާއި ގުޅުންހުރި ފަރާތްތަކުން ދަނީ އައު ލަފުޒުތައް އުފައްދާ ދިވެހިބަހުގެ ތެރެއަށް ވައްދަމުންނެވެ. މި ދިރާސާއަކީ ދިވެހިބަހުގެ އެކަޑަމީން އަލަށް ނެރޭ ލަފުޒުތައް ކޯސްޓްގާޑް މުވައްޒަފުންނަށް އެނގޭތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ. ސަބަބަކީ އަލަށް ނެރޭ ލަފުޒުތައް މުޖުތަމައު ބަލައި ނުގަންނަނަމަ ނުވަތަ ބޭނުން ނުކުރާނަމަ އަލަށް ނެރޭ ލަފުޒުތަކުން ބަހަށްކުރާނެ ފައިދާއެއް ނުއޮންނާނެއެވެ. އެހެންކަމުން އަލަށް ނެރޭ ލަފުޒުތައް އެނގޭ މިންވަރު އެނގުމަކީ ވަރަށް މުހިއްމުކަމެކެވެ. މި ދިރާސާއަކީ އަލަށް ނެރޭ ލަފުޒުތައް އެނގޭ މިންވަރު ބެލުމަށް ކުރެވޭ ދިރާސާއެކެވެ. އެހެންކަމުން މިންވަރު ބެލުމަށް ކުރެވޭ ދިރާސާއަކަށް ވާތީވެ، މި ދިރާސާގައި ބޭނުންކޮއްފައި ވާނީ ކްއަންޓިޓޭތިވް މެތަޑެވެ. އެގޮތުން ދިރާސާގައި ބޭނުންކޮއްފައިވާ ލަފުޒުތަައް ނަގާފައިވާނީ ސިސްޓަމެޓިކް ރެންޑަމް އުސޫލުންނެވެ. މިއުސޫލުގެތެރެއިން 59 ލަފުޒު ބޭނުންކޮއްފައި ވާނެއެވެ. އަދި ދިރާސާގައި ބޭނުންކުރި އާބާދީ ނަގާފައި ވާނީ ސްޓެޓިފައިޑް ރެންޑަމް އުސޫލުން 50 މީހުންނެވެ. މި އުސޫލުން މީހުން ނެގުުމުގެ ބޭނުމަކީ ދިރާސާ އަމާޒުކުރެވޭ އާބާދީގައި ހިމެނޭ ހުރިހާ ރޭންކަކަށް ހަމަހަމަ އުސޫލަކުން ފުރުޞަތު ދިނުމަށްޓަކައެވެ. މި ދިރާސާއިން ހާމަވެފައިވަނީ ދިވެހިބަހުގެ އެކަޑަމީން އަލަށް ނެރެފައި ލަފުޒުތައް ކޯސްޓްގާޑުގެ މުވައްޒަފުންނަށް ނޭނގޭ ކަމެވެ. ހަމައެހެންމެ މި ދިރާސާގައި ބަލައިލެވުނު ވަކިވަކި ބައިތަކުގެ ތެރޭގައި ހިމެނޭ ޖިންސް، އުމުރު، އަދި ރޭންކް ސްޓްރަކްޗަރ އަށް ބަލައި ހޯދުނު ނަތީޖާއިން ވެސް ހާމަވެފައި ވަނީ މިއިން ކޮންމެ ބައެއްގައި ހިމެނުނު މީހުންނަށްވެސް އަލަށް ނެރެފައިވާ ލަފުޒުތައް ނޭނގޭ ކަމެވެ. މި ވަކިވަކި ބައިތަކުގެ މެދުގައިވާ އެނގޭ މިންވަރުގެ އިންސައްތައަކީ 4 އިންސައްތައާއި 8 އިންސައްތައާއި ދެމެދެވެ. މި ދިރާސާގެ ސަބަބުން ދިވެހިބަހަށް ނެރޭ އައު ލަފުޒު އެނގޭ މިންވަރު އެނގިގެން ހިގައްޖެއެވެ. މި ދިރާސާގެ ސަބަބުން ދިވެހިބަހުގެ އައު ލަފުޒު އުފެއްދުމަށް ކަމާއި ގުޅުންހުރި ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތަކަށް އިތުރު އެހީއަކަށް، މި ދިރާސާ ވެގެންދާނެއެވެ. ArticleItem ޙައިރާން ކުރުވިއެވެ(ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު, 1985-08-01) އިބްރާހީމް ރަޝީދު; Rasheed, Ibrahim