ދިވެހި ބަހުގެ އެކަޑަމީން ނެރެ އާންމުކޮއްފައިވާ ދިވެހި އައު ލަފުޒުތައް ކޯސްޓްގާޑް މުވައްޒަފުންނަށް އެނގޭ މިންވަރު

Loading...
Thumbnail Image

Date

2017-11-01

Journal Title

Journal ISSN

Volume Title

Publisher

ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University

Abstract

ކޮންމެ ބަހެއްވެސް މުއްސަދި ވަނީ އެބަހަކަށް އިތުރުކުރެވޭ ލަފުޒުތަކަކުންނެވެ. އެގޮތުން ދިވެހިބަސް ވެސް މުއްސަދި ކުރުމަށްޓަކައި ވަގުތާއި ހާލަތާއި ގުޅުވައިގެން ކަމާއި ގުޅުންހުރި ފަރާތްތަކުން ދަނީ އައު ލަފުޒުތައް އުފައްދާ ދިވެހިބަހުގެ ތެރެއަށް ވައްދަމުންނެވެ. މި ދިރާސާއަކީ ދިވެހިބަހުގެ އެކަޑަމީން އަލަށް ނެރޭ ލަފުޒުތައް ކޯސްޓްގާޑް މުވައްޒަފުންނަށް އެނގޭތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ. ސަބަބަކީ އަލަށް ނެރޭ ލަފުޒުތައް މުޖުތަމައު ބަލައި ނުގަންނަނަމަ ނުވަތަ ބޭނުން ނުކުރާނަމަ އަލަށް ނެރޭ ލަފުޒުތަކުން ބަހަށްކުރާނެ ފައިދާއެއް ނުއޮންނާނެއެވެ. އެހެންކަމުން އަލަށް ނެރޭ ލަފުޒުތައް އެނގޭ މިންވަރު އެނގުމަކީ ވަރަށް މުހިއްމުކަމެކެވެ. މި ދިރާސާއަކީ އަލަށް ނެރޭ ލަފުޒުތައް އެނގޭ މިންވަރު ބެލުމަށް ކުރެވޭ ދިރާސާއެކެވެ. އެހެންކަމުން މިންވަރު ބެލުމަށް ކުރެވޭ ދިރާސާއަކަށް ވާތީވެ، މި ދިރާސާގައި ބޭނުންކޮއްފައި ވާނީ ކްއަންޓިޓޭތިވް މެތަޑެވެ. އެގޮތުން ދިރާސާގައި ބޭނުންކޮއްފައިވާ ލަފުޒުތަައް ނަގާފައިވާނީ ސިސްޓަމެޓިކް ރެންޑަމް އުސޫލުންނެވެ. މިއުސޫލުގެތެރެއިން 59 ލަފުޒު ބޭނުންކޮއްފައި ވާނެއެވެ. އަދި ދިރާސާގައި ބޭނުންކުރި އާބާދީ ނަގާފައި ވާނީ ސްޓެޓިފައިޑް ރެންޑަމް އުސޫލުން 50 މީހުންނެވެ. މި އުސޫލުން މީހުން ނެގުުމުގެ ބޭނުމަކީ ދިރާސާ އަމާޒުކުރެވޭ އާބާދީގައި ހިމެނޭ ހުރިހާ ރޭންކަކަށް ހަމަހަމަ އުސޫލަކުން ފުރުޞަތު ދިނުމަށްޓަކައެވެ. މި ދިރާސާއިން ހާމަވެފައިވަނީ ދިވެހިބަހުގެ އެކަޑަމީން އަލަށް ނެރެފައި ލަފުޒުތައް ކޯސްޓްގާޑުގެ މުވައްޒަފުންނަށް ނޭނގޭ ކަމެވެ. ހަމައެހެންމެ މި ދިރާސާގައި ބަލައިލެވުނު ވަކިވަކި ބައިތަކުގެ ތެރޭގައި ހިމެނޭ ޖިންސް، އުމުރު، އަދި ރޭންކް ސްޓްރަކްޗަރ އަށް ބަލައި ހޯދުނު ނަތީޖާއިން ވެސް ހާމަވެފައި ވަނީ މިއިން ކޮންމެ ބައެއްގައި ހިމެނުނު މީހުންނަށްވެސް އަލަށް ނެރެފައިވާ ލަފުޒުތައް ނޭނގޭ ކަމެވެ. މި ވަކިވަކި ބައިތަކުގެ މެދުގައިވާ އެނގޭ މިންވަރުގެ އިންސައްތައަކީ 4 އިންސައްތައާއި 8 އިންސައްތައާއި ދެމެދެވެ. މި ދިރާސާގެ ސަބަބުން ދިވެހިބަހަށް ނެރޭ އައު ލަފުޒު އެނގޭ މިންވަރު އެނގިގެން ހިގައްޖެއެވެ. މި ދިރާސާގެ ސަބަބުން ދިވެހިބަހުގެ އައު ލަފުޒު އުފެއްދުމަށް ކަމާއި ގުޅުންހުރި ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތަކަށް އިތުރު އެހީއަކަށް، މި ދިރާސާ ވެގެންދާނެއެވެ.

Description

Keywords

Citation

އިބްރާހީމް ރަޝީދު. (2017). ދިވެހި ބަހުގެ އެކަޑަމީން ނެރެ އާންމުކޮއްފައިވާ ދިވެހި އައު ލަފުޒުތައް ކޯސްޓްގާޑް މުވައްޒަފުންނަށް އެނގޭ މިންވަރު. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Rasheed, I. (2017). Dhivehi bahuge acedamy in nere aanmukohfaivaa Dhivehi au lafuzuthah coastguard muvazzafunnah engey minvaru. Male', Maldives National University.

Endorsement

Review

Supplemented By

Referenced By