Browsing by Author | މުސައްނިފުން "Saada, Aminath"
Now showing 1 - 1 of 1
- Results Per Page
- Sort Options
ThesisItem އުމުރުން 7 އަހަރުގެ ދިވެހި ކުޑަކުދިން، ދިވެހިބަހާއި އިނގެރޭސިބަސް މަސްހުނި ކޮއްގެން ވާހަކަދައްކާ އިރު އެފިކްސޭޝަން ބޭނުން ކުރަނީ ކިހިނެތް؟(Faculty of Arts, Maldives National University, 2013-11-01) Saada, Aminath; އާމިނަތު ސަޢާދާބަސް މަސްހުނި ކުރުމަކީ މި ޒަމާނުގައި ވަރަށް އާއްމު ކަމެކެވެ. ހާއްސަކޮއް ދިވެހިރާއްޖެފަދަ ކުޑަ، އަދި މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ ގައުމުތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި ހިނގަމުންދާ ކަމެކެވެ. މިގޮތުން މި ދިރާސާއަކީ އުމުރުން 7 އަހަރުގެ ދިވެހި ކުޑަކުދިން، ދިވެހިބަހާއި އިނގިރޭސިބަސް މަސްހުނި ކޮއްގެން ވާހަކަ ދައްކާ އިރު އެފިކްސޭޝަންގެ އުސޫލުތައް ގެންގުޅޭ ގޮތް ދެނެގަތުމަށްޓަކައި ކުރެވުނު ދިރާސާއެކެވެ. މި ދިރާސާ ކުރުމަށްޓަކައި މާލޭގެ 4 ސުކޫލެއްގައި ގުރޭޑް 1 ގައި ކިޔަވާ، އުމުރުން 7 އަހަރުގެ 2 އަންހެން ކުދިންނާއި 2 ފިރެހެން ކުދިން ބައިވެރި ކުރެވުނެވެ. އަދި މިއިން ކޮންމެ ކުއްޖެއް ބޭނުންކޮއްގެން 3 ރެކޯޑިން ހެދުނެވެ. މިގޮތުން ކޮންމެ ކުއްޖަކު ލައްވައި ވާހަކައެއް ކިޔުއްވުމުގެ އިތުރުން، މެތޮޑޮލޮޖީގައިވާ ގޮތަށް ކަނޑައަޅާފައިވާ މައުޟޫތަކުގެ ތެރެއިން 2 މައުޟޫއަކަށް ވާހަކަ ދައްކުވާފައި ވާނެއެވެ. ކުރެވުނު ދިރާސާއިން ހާމަވި ގޮތުގައި ދިވެހިބަހާއި އިނގިރޭސިބަސް މަސްހުނި ކުރުމުގައި އެފިކްސޭޝަން ބޭނުން ކުރުމުގައި ވަކި ހަމަތަކެއް، ދިރާސާގެ ބައިވެރިން ބޭނުން ކޮށްފައި ވެއެވެ. މި ގޮތުން އެއްމެ ގިނައިން ބޭނުން ކޮށްފައިވާ އުސޫލަކީ ނުވަތަ ގޮތަކީ އިނގިރޭސިބަހުގެ ލަފުޒާއެކު ދިވެހިބަހުގެ ސަފިކްސް ބޭނުން ކުރުމެވެ. ދެން އެންމެ ގިނައިން ބޭނުން ކޮއްފައި ހުރީ ދިވެހިބަހުގެ ލަފުޒާއެކު އިނގިރޭސިބަހުގެ ސަފިކްސްއެވެ. މި ދެ ގޮތް ނުވަތަ އުސޫލުތައް ބޭނުން ކޮށްފައި ވަނީ ހަމައެކަނި ނަމާއި ކަމާއި އެކުގައެވެ. އެހެންނަމަވެސް ބައިވެރިން ބޭނުން ކޮއްފައިވާ ތިންވަނަ ގޮތްކަމުގައިވާ ލަފުޒުގެ ފަހަތަށް ދިވެހި ސަފިކްސް އަދި އިނގިރޭސި ސަފިކްސް، މި ގޮތަށް ބަސް މަސްހުނި ކޮއްފައި ވަނީ ހަމައެކަނި ނަމުގެ ފަހަތަށެވެ. މި ދިރާސާއިން ފާހަގަ ކުރެވުނު އެއްމެ މުހިންމު ކަމަކީ، މި ދިރާސާގެ ބައިވެރިން ބަސް މަސްހުނި ކުރުމުގައި ބޭނުން ކޮއްފައި ވަނީ ހަމައެކަނި ސަފިކްސް ކަމެވެ. އެފިކްސޭޝަންގެ ތެރެއިން ޕްރިފިކްސް، އިންފިކްސް އަދި ސަރކަމްފިކްސް، އެއްވެސް ވަރަކަށް ބައިވެރިން ބޭނުން ކޮށްފައެއް ނުވެއެވެ.