އުމުރުން 7 އަހަރުގެ ދިވެހި ކުޑަކުދިން، ދިވެހިބަހާއި އިނގެރޭސިބަސް މަސްހުނި ކޮއްގެން ވާހަކަދައްކާ އިރު އެފިކްސޭޝަން ބޭނުން ކުރަނީ ކިހިނެތް؟
Loading...
Date
2013-11-01
Authors
Journal Title
Journal ISSN
Volume Title
Publisher
Faculty of Arts, Maldives National University
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Abstract
ބަސް މަސްހުނި ކުރުމަކީ މި ޒަމާނުގައި ވަރަށް އާއްމު ކަމެކެވެ. ހާއްސަކޮއް ދިވެހިރާއްޖެފަދަ ކުޑަ، އަދި މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ ގައުމުތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި ހިނގަމުންދާ ކަމެކެވެ. މިގޮތުން މި ދިރާސާއަކީ އުމުރުން 7 އަހަރުގެ ދިވެހި ކުޑަކުދިން، ދިވެހިބަހާއި އިނގިރޭސިބަސް މަސްހުނި ކޮއްގެން ވާހަކަ ދައްކާ އިރު އެފިކްސޭޝަންގެ އުސޫލުތައް ގެންގުޅޭ ގޮތް ދެނެގަތުމަށްޓަކައި ކުރެވުނު ދިރާސާއެކެވެ. މި ދިރާސާ ކުރުމަށްޓަކައި މާލޭގެ 4 ސުކޫލެއްގައި ގުރޭޑް 1 ގައި ކިޔަވާ، އުމުރުން 7 އަހަރުގެ 2 އަންހެން ކުދިންނާއި 2 ފިރެހެން ކުދިން ބައިވެރި ކުރެވުނެވެ. އަދި މިއިން ކޮންމެ ކުއްޖެއް ބޭނުންކޮއްގެން 3 ރެކޯޑިން ހެދުނެވެ. މިގޮތުން ކޮންމެ ކުއްޖަކު ލައްވައި ވާހަކައެއް ކިޔުއްވުމުގެ އިތުރުން، މެތޮޑޮލޮޖީގައިވާ ގޮތަށް ކަނޑައަޅާފައިވާ މައުޟޫތަކުގެ ތެރެއިން 2 މައުޟޫއަކަށް ވާހަކަ ދައްކުވާފައި ވާނެއެވެ.
ކުރެވުނު ދިރާސާއިން ހާމަވި ގޮތުގައި ދިވެހިބަހާއި އިނގިރޭސިބަސް މަސްހުނި ކުރުމުގައި އެފިކްސޭޝަން ބޭނުން ކުރުމުގައި ވަކި ހަމަތަކެއް، ދިރާސާގެ ބައިވެރިން ބޭނުން ކޮށްފައި ވެއެވެ. މި ގޮތުން އެއްމެ ގިނައިން ބޭނުން ކޮށްފައިވާ އުސޫލަކީ ނުވަތަ ގޮތަކީ އިނގިރޭސިބަހުގެ ލަފުޒާއެކު ދިވެހިބަހުގެ ސަފިކްސް ބޭނުން ކުރުމެވެ. ދެން އެންމެ ގިނައިން ބޭނުން ކޮއްފައި ހުރީ ދިވެހިބަހުގެ ލަފުޒާއެކު އިނގިރޭސިބަހުގެ ސަފިކްސްއެވެ. މި ދެ ގޮތް ނުވަތަ އުސޫލުތައް ބޭނުން ކޮށްފައި ވަނީ ހަމައެކަނި ނަމާއި ކަމާއި އެކުގައެވެ. އެހެންނަމަވެސް ބައިވެރިން ބޭނުން ކޮއްފައިވާ ތިންވަނަ ގޮތްކަމުގައިވާ ލަފުޒުގެ ފަހަތަށް ދިވެހި ސަފިކްސް އަދި އިނގިރޭސި ސަފިކްސް، މި ގޮތަށް ބަސް މަސްހުނި ކޮއްފައި ވަނީ ހަމައެކަނި ނަމުގެ ފަހަތަށެވެ. މި ދިރާސާއިން ފާހަގަ ކުރެވުނު އެއްމެ މުހިންމު ކަމަކީ، މި ދިރާސާގެ ބައިވެރިން ބަސް މަސްހުނި ކުރުމުގައި ބޭނުން ކޮއްފައި ވަނީ ހަމައެކަނި ސަފިކްސް ކަމެވެ. އެފިކްސޭޝަންގެ ތެރެއިން ޕްރިފިކްސް، އިންފިކްސް އަދި ސަރކަމްފިކްސް، އެއްވެސް ވަރަކަށް ބައިވެރިން ބޭނުން ކޮށްފައެއް ނުވެއެވެ.
Description
Keywords
އިނގެރޭސިބަސް, އިނގެރޭސިބަސް މަސްހުނި ކޮއްގެން ވާހަކަދެއްކުން, ދިވެހިބަސް, އެފިކްސޭޝަން, އިނގިރޭސިބަހުގެ ލަފުޒާއެކު ދިވެހިބަހުގެ ސަފިކްސް ބޭނުން ކުރުން, ދިވެހި ސަފިކްސް, އިނގިރޭސި ސަފިކްސް, ޕްރިފިކްސް, ސަރކަމްފިކްސް, އިންފިކްސް, ބަސް މަސްހުނި ކުރުން
Citation
Saada, A. (2013). Umurun 7 aharuge dhivehi kudakudhin, dhivehi bahaai ingireysibas mashuni kohgen vaahakadhahkaa iru eficseyshan beynunkuranee kihineh?. Male', Maldives National University.
އާމިނަތު ސަޢާދާ. (2013). އުމުރުން 7 އަހަރުގެ ދިވެހި ކުޑަކުދިން، ދިވެހިބަހާއި އިނގެރޭސިބަސް މަސްހުނި ކޮއްގެން ވާހަކަދައްކާ އިރު އެފިކްސޭޝަން ބޭނުން ކުރަނީ ކިހިނެތް؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
އާމިނަތު ސަޢާދާ. (2013). އުމުރުން 7 އަހަރުގެ ދިވެހި ކުޑަކުދިން، ދިވެހިބަހާއި އިނގެރޭސިބަސް މަސްހުނި ކޮއްގެން ވާހަކަދައްކާ އިރު އެފިކްސޭޝަން ބޭނުން ކުރަނީ ކިހިނެތް؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.