Repository logo
Collections
Browse
  • English
  • العربية
  • বাংলা
  • Català
  • Čeština
  • Deutsch
  • Ελληνικά
  • Español
  • Suomi
  • Français
  • Gàidhlig
  • हिंदी
  • Magyar
  • Italiano
  • Қазақ
  • Latviešu
  • Nederlands
  • Polski
  • Português
  • Português do Brasil
  • Srpski (lat)
  • Српски
  • Svenska
  • Türkçe
  • Yкраї́нська
  • Tiếng Việt
Log In
New user? Click here to register.Have you forgotten your password?
  1. Home
  2. Browse by Author

Browsing by Author | މުސައްނިފުން "Saeeda, Maryam"

Filter results by typing the first few letters
Now showing 1 - 2 of 2
  • Results Per Page
  • Sort Options
  • Thumbnail Image
    Item
    Thesis
    ރައްދުވާކަމާއި ރައްދުނުވާކަން ފާހަގަކޮށް ދެނެގަތުމުގައި، އޮޅުންއަރަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ އަދި އޮޅުންއަރަނީ ކީއްވެގެން ހެއްޔެވެ؟
    (ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ, 2012-11-01) Saeeda, Maryam; މަރިޔަމް ސައީދާ
    މި ދިރާސާއަކީ ދިވެހިބަހުގެ ޤަވާޢިދުގައިވާ، ރައްދުވާކަމާއި ރައްދުނުވާކަން، ދިވެހިބަސް ކިޔަވާ ކުދިންނަށާއި ކިޔަވައިދޭ ޓީޗަރުންނަށް އޮޅުންއަރާކަން ފާހަގަ ކުރެވިފައިވާތީ، ކިހާ މިންވަރަކަށް އޮޅުން އަރާތޯއާއި، އޮޅުންއަރަނީ ކީއްވެތޯ ބެލުމުގެ ގޮތުން ކުރެވުނު ދިރާސާއެކެވެ. މި ދިރާސާގެ މަޤްޞަދަކީ، ރައްދުވާކަމާއި ރައްދުނުވާކަން އޮޅުންއަރާ މިންވަރާއި، ސަބަބު ހޯދުމެވެ. މި ދިރާސާ ކުރިޔަށް ގެންދިޔައީ މައިގަނޑު 6 ބާބުގެ މައްޗަށް ބަހާލައިގެންނެވެ. މި ދިރާސާއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް، މި ދިރާސާކުރެވުނީ " މިކްޑް މެތަޑް" ޕްރެޑައިމްގެ ދަށުންނެވެ. މި ދިރާސާ ކުރިއަށް ގެންދިޔައިރު، މި މަޢުޟޫއަށް ހަދާފައިވާ ދިރާސާތައް ނުލިބުމުގެ ސަބަބުން، މި ދިރާސާގެ ލިޓްރޭޗާރ ފުރިހަމަ ކުރުމުގައި ދަތިތަކަކާއި ކުރިމަތިލާން ޖެހުނެވެ. ކަންމިހެން ހުރުމާއެކުވެސް، ދިރާސާއަށް އެއްކުރެވުނު ޑާޓާތަކުގެ އަލީގައި، ރައްދުވާކަމާއި ރައްދުނުވާކަން އޮޅުންއަރާ މިންވަރާއި ސަބަބު ހޯދުނެވެ. މި ދިރާސާއިން ހޯދުނު ހޯދުންތަކުން އެނގުނު ގޮތުގައި، ރައްދުވާކަމާއި ރައްދުނުވާކަން ފާހަގަކޮށް ދެނެގަތުމުގައި، ދަރިވަރުންނަށާއި ޓީޗަރުންނަށްވެސް އޮޅުންއަރައެވެ. ހަމަމިއާއެކު، މި ދިރާސާއިންް އެނގުނު ގޮތުގައި ރައްދުވާކަމާއި ރައްދުނުވާކަން އޮޅުންއަރަނީ މައިގަނޑު ދެ ސަބަބަކާ ހެދިއެވެ. އެއީ ދިވެހި ބަހުގެ ޤަވާއިދުގެ ސަބަބުންނާއި، ދިވެހިބަސް ކިޔަވައިދޭ ޓީޗަރުންގެ ސަބަބުންނެވެ.
  • No Thumbnail Available
    Item
    Thesis
    ސިޔާސީ މީހުންގެ ވާހަކަދެއްކުމުގައި މެޓަފަރ ބޭނުންކުރަނީ ކިހައިވަރަކަށް އަދި ކޮން ބޭނުމަކު ހެއްޔެވެ؟
    (ފެކަލްޓީ އޮފް އާރޓްސް, 2015-11) ސަޢީދާ, މަރްޔަމް; Saeeda, Maryam
    ދިވެހިރާއްޖެއަށް ޑިމަކްރަސީ ތަޢާރަފުވުމާ ގުޅިގެން، ސިޔާސީ ޕާރޓީތަކާއި ސިޔާސީ މީހުންނާއި ސިޔާސީ މީހުނގެ ވަހަކަތައް ދިވެހީންގެ ތެރޭގައި މަޤްބޫލުވުމުގެ ސަބަބުން ސިޔާސީ ފަރާތްތަކަށްދައްކާފައި ހުންނަ ވާހަކަތަކާއި ބުނުންތަކަށްވެސް އާއްމުންގެ ސަމާލުކަން ލިބެމުންދެއެވެ. ބައެއް ފަހަރު މިފަދަ ބުނުންތަކުގެ ސަބަބުން، އެބުނުން ބުނި ފަރާތަށް އާއްމުންގެ ތަޢުރީފުގެ ބަސްތައް ލިބޭފަދައިން ބައެއްފަހަރު މަލާމާތުގެ ބަސްތައްވެސް ލިބޭކަން ފާހަގަ ކުރެވެއެވެ. ވުމާއެކު، މިދިރާސާ އަމާޒުކުރެވިފައިވަނީ، ސިޔާސީ މީހުންގެ ވާހަކަދެއްކުމުގައި މެޓަފަރ ބޭނުންކުރާ މިންވަރާއި، މެޓަފަރ ބޭނުންކުރާ ބޭނުން ދެނެގަތުމަށެވެ. މިގޮތުން މިދިރާސާގެ މައިގަނޑު މަޤްޞަދަކީ، ސިޔާސީ ފަރާތްތަކުން، ސިޔާސި ޕޯޑިއަމްގައި ތިބެގެން ދައްކާ ވާހަކައިގައި، މެޓަފަރ ބޭނުންކުރާ މިންވަރާއި، މެޓަފަރ ބޭނުންކުރ ބޭނުން ހޯދައި ދެނެގަތުމެވެ. ވުމާއެކު ސިޔާސީ ފަރާތްތަކުން، ރައްޔިތުންގެ ރުހުމާއި ތާއީދު ހޯދުމަށްޓަކައި، ވާހަކަ ދައްކަމުންދާއިރު ބަސްމަގު ހުންނަ ގޮތް ދެނެގަތުމަށާއި، މިފަދަ މީހުންގެ ވާހަކަދެއްކުމުގައި މެޓަފަރ ބޭނުންކުރަނީ ކިހައި މިންވަރަކަށްކަމާއި ކޮން ބޭނުމަކުކަންވެސް އެނގިގެންދާނީ މިފަދަ ދިރސާއަކުން ކަމަށްވާތީ މިއީ ކުރުން މުޙިއްމު ދިރާސާއެއްކަން ގައިމެވެ. މިދިރާސާއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް މިދިރާސާ ކުރެވުނީ މިކްސް މެތަޑް އެޕްރޯޗުންނެވެ. މިދިރާސާ ކުރުމަށްޓަކައި، 2013 ވަނައަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ސިޔާސި ފަރާތްތަކުން ދައްކާފައި ހުރި ވާހަކަތަކުގެ ތެރެއިން، ތެރެއިން 6 މީހުންގެ ވާހަކަދެއްކުމަށް ބެލުނެވ. ހަމަމިއާއިއެކު، ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަދައްކާ ފަރާތްތަކުގެ ތެރެއިން 5 ފަރާތަކާ ސެމީ-ސްޓްރަކްޗާރޑް އިންޓަރވިއުވެސް ކުރެވުނެވެ. މިދިރާސާއަށް ސާމްޕަލް ނަގާފައިވަނީ ޕާޕޯސިވް ސާމްޕަލިންގް ދަށުންނެވެ. ދިރާސާގެ ހުރިހާ ބައިވެރިންވެސް މެޓަފަރ ބޭނުންކުރާކަމާއި، މެޓަފަރގެ ވައްތަރުތަކުގެ ތެރެއިން ފަސް ވައްތަރެއްވެސް ބޭނުންކުރާކަން ހާމަވިއެވެ. ބައެއް ފަރާތްތަކުން ގަސްތުގައި މެޓަފަރ ބޭނުންކުރާއިރު، ގަސްތަކާއި ނުލާ މެޓަފަރ ބޭނުންކުރާ ފަރާތްތައްވެސް ވާކަން މިދިރާސާއިން ފާހަގަ ކުރެވުނެވެ. ހަމަމިއާއިއެކު، ސިޔާސީ ފަރާތްތަކުގެ ވާހަކަދެއްކުމުގައި، އަންނައުނާއި ހަށިގަނޑުގެ އިތުރުން ދަތުރުފަތުރާއި ސިޔާސީ މީހުންގެ ވާހަކަދެއްކުމުގައި މެޓަފަރ ބޭނުންކުރަނީ ކިހައި މިންވަރަކަށް އަދި ކޮން ބޭނުމަކު ހެއްޔެވެ؟ ފުޓުބޯޅައާ ގުޅުވައިގެން މެޓަފަރ ބޭނުންކުރާކަންމި ދިރާސާއިން ދައްކައެވެ. މެޓަފަރ ބޭނުންކުރަނީ، ދައްކާ ވާހަކައިގެ އަސަރާއި ފޯރި ގަދަކުރުމަށް ކަމަށްވެފައި، މިކަމަށްޓަކައި ހާލަތާ ގުޅުވައިގެން މެޓަފަރ ބޭނުންކުރުމަކީ ކުރަންޖެހޭ ކަމެއްކަން ދިރާސާއިން ހާމަވިއެވެ. މީގެ އިތުރުން ސިޔާސީ މީހުންގެ ވާހަކަތަކުގައި މެޓަފަރ ބޭނުންކުރުމުގެ ސަބަބުން ބައެއް ފަހަރު، ނޭދެވޭ އަސަރު ކުރާކަންވެސް މިދިރާސައިން ހާމަވިއެވެ. އެހެންކަމުން، ސިޔާސީ ފަރާތްތަކުން ވާހަކަތައް އަޑުއަހައި އެފަދަ ވާހަކަތައް ބައްޓަންކޮށްފައި ހުންނަ ގޮތާމެދު ވިސްނުން ގެންގުޅޭ ފަރާތްތަކަށް، މިދިރާސާއަކީ ބޭނުންތެރި އެއްޗަކަށް ވާނެއެވެ.

The Maldives National University copyright © 2002-2025

  • Privacy policy
  • End User Agreement
  • Send Feedback