Browsing by Author | މުސައްނިފުން "Zahiyya, Fathimath"
Now showing 1 - 1 of 1
- Results Per Page
- Sort Options
ThesisItem 1900 މ. އިންފެށިގެން ދިވެހި ބަހުގައި ބޭނުންކުރަމުން އަންނަ ލަފުޒުތަކުގެ ތެރެއިން މާނައަށް ބޮޑެތި ބަދަލުތައް އައިސްފައިވާ ލަފުޒުތައް އެބަހުރިހެއްޔެވެ؟ ހުރިނަމަ އެފަދަ ލަފުޒުތަކުގެ މާނައަށް އައިސްފައިވަނީ ކޮނަކަހަލަ ބަދަލުތަކެއް ހެއްޔެވެ؟(Faculty of Arts, Maldives College of Higher Education, 2011-11-01) Zahiyya, Fathimath; ފާތިމަތު ޒަހިއްޔާމިދިރާސާއަކި 1900މ.އިން ފެށިގެން ދިވެހި ބަހުގައި ބޭނުންކުރެވެމުން އަންނަ ލަފުޒުތަކުގެ ތެރެއިން މާނައަށް ބޮޑެތި ބަދަލުތައް އައިސްފައިވާ ލަފުޒުތައް ހުރިތޯ ބަލައި، އެކަން ދެނެގަތުމަށާއި ހުރިނަމަ އެފަދަ ލަފުޒުތަކުގެ މާނައަށް އައިސްފައިވަނީ ކޮންކަހަލަ ބަދަލުތަކެއްކަން ދެނެގަތުމުގެ ގޮތުން ކޮށްފައިވާ ދިރާސާއެކެވެ. މިގޮތުން މިދިރާސާ ކުރިއަށްގެންދިއައީ ކޮލިޓޭޓިވް ޕެރަޑައިމްގެ މައްޗަށް ބިނާކޮށް އިންޑަކްޓިވް އެޕްރޯޗްއަށެވެ. އަދި ހަމައެހެންމެ، މިދިރާސާއަކީ ޑޮކިއިމެންޓޭޝަން އިންޓަރވިއުގެ އެހީގައި މަޢްލޫމާތު އެއްކޮށްގެން، ތައްޔާރުކޮށްފައިވާ ދިރާސާއެއްވެސް މެއެވެ. ދިރާސާއިން ހޯދި ހޯދުންތަކުގެ މައްޗަށް ބަލާއިރު، 1900މ. އިން ފެށިގެން ދިވެހި ބަހުގައި ބޭނުންކުރެވެމުން އަންނަ ލަފުޒުތަކުގެ ތެރެއިން މާނައަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ 15 ލަފުޒު ފާހގަކުރެވިފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ މާނަ ފުޅާވެފައިވާ 6 ލަފުޒާއި މާނަ ހަނިވެފައިވާ 3 ލަފުޒެވެ. އަދި އަގު ދަށްވެފައިވާ 4 ލަފުޒާއި އަގު މަތިވެފައިވާ 2 ލަފުޒު ފާހަގަ ކުރެވިފައިވެއެވެ. ހޯދުންތަކުން ފާހަގަކުރެވުނު ލަފުޒުތަކަކީ 'ލިންގްއިސްޓިކް މަރުހަލާ' އާއި 'އެކްސްޓްރާ ލިންގްއިސްޓިކް މަރުހަލާ' ގެ ތެރެއިން، ޑައިކްރޯނިކް (ޒަމާންތަކެއްގެ ތެރެއިން އަދި ސިންކްރޯނިކް (އެދުވަސްވަރެއްގެ އާއްމު ވާހަކަދެއްމުގެ ތެރެއިން ) މާނައަށް ބަދަލުއައިސްފައިވާ ލަފުޒުތަކެއްކަން ފާހަގަ ކުރެވިފައިވެއެވެ. އެހެންކަމުން، ޖުމުލަކޮށް ބަލާއިރު މި ދިރާސާގައި ފާހަގަކޮށަފއިވާ 15 ލަފުޒަކީ ވެސް، ލިންގްއިސްޓިކް ޢިލްމުގައި މާނަ ބަދަލުވުމުގެ މަރުހަލާތަކުގެ ދަށުން، މާނައަށް ބަދަލުއައިސްފައިވާ ލަފުޒުތަކެއްކަން ހޯދުންތަކުން ފާހަގަކުރެވުނެއެވެ.