1900 މ. އިންފެށިގެން ދިވެހި ބަހުގައި ބޭނުންކުރަމުން އަންނަ ލަފުޒުތަކުގެ ތެރެއިން މާނައަށް ބޮޑެތި ބަދަލުތައް އައިސްފައިވާ ލަފުޒުތައް އެބަހުރިހެއްޔެވެ؟ ހުރިނަމަ އެފަދަ ލަފުޒުތަކުގެ މާނައަށް އައިސްފައިވަނީ ކޮނަކަހަލަ ބަދަލުތަކެއް ހެއްޔެވެ؟
Loading...
Date
2011-11-01
Authors
Journal Title
Journal ISSN
Volume Title
Publisher
Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Abstract
މިދިރާސާއަކި 1900މ.އިން ފެށިގެން ދިވެހި ބަހުގައި ބޭނުންކުރެވެމުން އަންނަ ލަފުޒުތަކުގެ ތެރެއިން މާނައަށް ބޮޑެތި ބަދަލުތައް އައިސްފައިވާ ލަފުޒުތައް ހުރިތޯ ބަލައި، އެކަން ދެނެގަތުމަށާއި ހުރިނަމަ އެފަދަ ލަފުޒުތަކުގެ މާނައަށް އައިސްފައިވަނީ ކޮންކަހަލަ ބަދަލުތަކެއްކަން ދެނެގަތުމުގެ ގޮތުން ކޮށްފައިވާ ދިރާސާއެކެވެ. މިގޮތުން މިދިރާސާ ކުރިއަށްގެންދިއައީ ކޮލިޓޭޓިވް ޕެރަޑައިމްގެ މައްޗަށް ބިނާކޮށް އިންޑަކްޓިވް އެޕްރޯޗްއަށެވެ. އަދި ހަމައެހެންމެ، މިދިރާސާއަކީ ޑޮކިއިމެންޓޭޝަން އިންޓަރވިއުގެ އެހީގައި މަޢްލޫމާތު އެއްކޮށްގެން، ތައްޔާރުކޮށްފައިވާ ދިރާސާއެއްވެސް މެއެވެ.
ދިރާސާއިން ހޯދި ހޯދުންތަކުގެ މައްޗަށް ބަލާއިރު، 1900މ. އިން ފެށިގެން ދިވެހި ބަހުގައި ބޭނުންކުރެވެމުން އަންނަ ލަފުޒުތަކުގެ ތެރެއިން މާނައަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ 15 ލަފުޒު ފާހގަކުރެވިފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ މާނަ ފުޅާވެފައިވާ 6 ލަފުޒާއި މާނަ ހަނިވެފައިވާ 3 ލަފުޒެވެ. އަދި އަގު ދަށްވެފައިވާ 4 ލަފުޒާއި އަގު މަތިވެފައިވާ 2 ލަފުޒު ފާހަގަ ކުރެވިފައިވެއެވެ.
ހޯދުންތަކުން ފާހަގަކުރެވުނު ލަފުޒުތަކަކީ 'ލިންގްއިސްޓިކް މަރުހަލާ' އާއި 'އެކްސްޓްރާ ލިންގްއިސްޓިކް މަރުހަލާ' ގެ ތެރެއިން، ޑައިކްރޯނިކް (ޒަމާންތަކެއްގެ ތެރެއިން އަދި ސިންކްރޯނިކް (އެދުވަސްވަރެއްގެ އާއްމު ވާހަކަދެއްމުގެ ތެރެއިން ) މާނައަށް ބަދަލުއައިސްފައިވާ ލަފުޒުތަކެއްކަން ފާހަގަ ކުރެވިފައިވެއެވެ. އެހެންކަމުން، ޖުމުލަކޮށް ބަލާއިރު މި ދިރާސާގައި ފާހަގަކޮށަފއިވާ 15 ލަފުޒަކީ ވެސް، ލިންގްއިސްޓިކް ޢިލްމުގައި މާނަ ބަދަލުވުމުގެ މަރުހަލާތަކުގެ ދަށުން، މާނައަށް ބަދަލުއައިސްފައިވާ ލަފުޒުތަކެއްކަން ހޯދުންތަކުން ފާހަގަކުރެވުނެއެވެ.
Description
Keywords
ލަފުޒުތައް, މާނައަށް ބޮޑެތި ބަދަލުތައް އައިސްފައިވާ, ލަފުޒުތަކުގެ މާނަ, ލިންގްއިސްޓިކް މަރުހަލާ, އެެކްސްޓްރާ ލިންގްއިސްޓިކް މަރުހަލާ, ލިންގްއިސްޓިކް ޢިލްމު, linguistics, phrases, changes to the meaning, extra linguistics
Citation
Zahiya, F., (2011). 1900 meelaadheen feshigen dhivehibahugai beynunkuramun anna lafuzuthakuge therein maanaah bodathi badhaluthah aisfaivaa ebahurihehyeve? Hurinama efadha lafuzuthakuge maanaah aisfaivanee konkahala badhalu thakeh hehyeve?
ފާތިމަތު ޒަހިއްޔާ. (2011). 1900މ. އިންފެށިގެން ދިވެހި ބަހުގައި ބޭޏުންކުރަމުން އަންނަ ލަފުޒުތަކުގެ ތެރެއިން މާނައަށް ބޮޑެތި ބަދަލުތައް އައިސްފައިވާ ލަފުޒުތައް އެބަހުރިހެއްޔެވެ؟ ހުރިނަމަ އެފަދަ ލަފުޒުތަކުގެ މާނައަށް އައިސްފައިވަނީ ކޮނަކަހަލަ ބަދަލުތަކެއް ހެއްޔެވެ؟ . މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
ފާތިމަތު ޒަހިއްޔާ. (2011). 1900މ. އިންފެށިގެން ދިވެހި ބަހުގައި ބޭޏުންކުރަމުން އަންނަ ލަފުޒުތަކުގެ ތެރެއިން މާނައަށް ބޮޑެތި ބަދަލުތައް އައިސްފައިވާ ލަފުޒުތައް އެބަހުރިހެއްޔެވެ؟ ހުރިނަމަ އެފަދަ ލަފުޒުތަކުގެ މާނައަށް އައިސްފައިވަނީ ކޮނަކަހަލަ ބަދަލުތަކެއް ހެއްޔެވެ؟ . މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.