Browsing by Author | މުސައްނިފުން "Zidhna, Aishath"
Now showing 1 - 2 of 2
- Results Per Page
- Sort Options
Technical ReportItem ދިވެހިބަހުގައި ލަފުޒު ތަކުރާރުކޮށްގެން ލަފުޒު އުފެދޭ ގޮތާއި އޭގެ ދައުރު(Faculty of Arts, Maldives National University, 2018-11-01) ޢާއިޝަތު ޒިދުނާ; Zidhna, Aishathމި ދިރާސާއަކީ، ލަފުޒު ތަކުރާރުކުރުމުގެ (ރީޑުޕްލިކޭޝަންގެ) ނުވަތަ، ނާޒިމް ޢަބްދުއްސައްތާރު (2016) ވިދާޅުވެފައިވާ، "ފަށްފަށްކުރުމުގެ ކިއްސަރު" ގެ އުޞޫލުން ދިވެހިބަހުގައި ލަފުޒު އުފެދިފައި ހުރި ގޮތްތައް ދެނެގަތުމާއެކު، އެ ލަފުޒުތައް ދިވެހިބަހުގައި އަދާކުރާ ދައުރުތައް ބެލުމުގެ މަޤްޞަދުގައި ކުރެވުނު ދިރާސާއެކެވެ. އެ ގޮތުން މި ދިރާސާގައި، ދުނިޔޭގެ ބައެއް ބަސްބަހުން ފެންނަން ހުރި، ލަފުޒު ތަކުރާރުކުރުމުގެ އުޞޫލުތައް ނުވަތަ ވައްތަރުތަކާ އެއްގޮތަށް ދިވެހިބަހުގައި ފެންނަން ހުރި އެފަދަ ލަފުޒުތައް އުފެދިފައިވާ ގޮތް ދެނެގަނެވުނެވެ. ހަމައެހެންމެ އެ ލަފުޒުތައް ޖުމުލައިގައި އަދާކުރާ ދައުރުތައް ނުވަތަ ޖުމުލައިގައި އެ ލަފުޒު ބޭނުންކޮށްފައިވާ ގޮތް ވެސް މި ދިރާސާއިން ދެނެގަނެވުނެވެ. މި ދިރާސާ ކުރިއަށް ގެންގޮސްފައިވާނީ، ކޮލިޓޭޓިވް އެޕްރޯޗް ބޭނުންކޮށްގެންނެވެ. އަދި މިއީ ޓެކްސްޓް އެނާލިސިސްގެ މައްޗަށް ބިނާކޮށްގެން ހެދިފައިވާ ދިރާސާއެއް ވެސް މެއެވެ. މި ދިރާސާއަށް، ސާމްޕަލްގެ ގޮތުގައި ނަގައިފައިވާނީ ދިވެހިބަހުން ހިންގަމުން އަންނަ ވެބްސައިޓުތަކުގައި ދިވެހިބަހުން ލިޔެ ޝާއިޢުކޮށްފައިވާ ލިޔުންތަކުގެ ތެރެއިން، ލަފުޒު ތަކުރާރުކޮށްގެން އުފައްދައިފައިވާ ލަފުޒު ހިމެނޭ ޖުމުލަތައް އެކަންޏެވެ. އެ ގޮތުން ފައިންޑިންގްސް ބައިގައި ހިމެނި މި ޖުމުލަތައް ދިރާސާކުރުމުން، ދިވެހިބަހުގައި ލަފުޒު ތަކުރާރުކޮށްގެން ލަފުޒުތައް އުފެދިފައިވާ ގޮތް ދެނެގަނެވުނެވެ. އަދި އެ ލަފުޒުތައް އަދާކުރާ ދައުރުތައް ވެސް ދެނެގަނެވުނެވެ. އެއަށްފަހު ފާހަގަވީ ހުރިހާ ކަންކަން ތަފްޞީލުކޮށް ޑިސްކަޝަން ބައިގައި ބަޔާންކޮށްފައި ވާނެއެވެ. ThesisItem ލިޔުންެތެރިކަމުގެ ޙަރަކާތްތައް ރާވަން ވަގުތު ދިނުމުން، ދިވެހިބަސް ކިޔަވާ ސާނަވީ ދަރިވަރުންގެ ލިޔުންތެރިކަމުގެ ހުނަރަށް އަންނަ ބަދަލަކީ ކޮބައިހެއްޔެވެ؟(Maldives National University, 2014-01-01) Zidhna, Aishath; އައިޝަތު ޒިދުނާސާނަވީ ދަރިވަރުންނަކީ ލިޔުންތެރިކަމުގެ ގޮތުން މަޒުމޫނާއި ވާހަކަ ފަދަ އެކި ރޯންރާތައް ލިޔަން ދަސްކުރާ ދަރިވަރުންނެވެ. މި ދަރިވަރުންނަށް ލިޔުންތެރިކަމުގެ ގޮތުން ލިޔުމަށް ދެވޭ ފުރުޞަތުތަކުގައި ލިޔުންތެރިކަމުގެ ގޮތުން ލިޔުމަށް ދެވޭ ފުރުޞަތުތަކުގައި ލިޔުންތެރިކަމުގެ ހުނަރުތައް ކުރިއެރޔވުމަށް އުނގަންނައިދޭ ފަރާތްތަކުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް މި ހުނަރު ފޯރުކޮށް ދެވެނީ އެންމެ އެކަށޭނަ ގޮތުގައިތޯ ބެލުން މުހިންމެވެ. އެގޮތުން މި ދިރާސާ ޙާއްޞަކޮށްފައި ވަނީ ކިލާސްރޫމްތަކުގައި ލިޔުންތެރިކަމުގެ ގޮތުން ދަރިވަރުން ލިޔާ މަޒުމޫނު ފަދަ ލިޔުންތައް ލިޔުމުގެ ކުރިން އެލިޔުމެއް ލިޔާނެ ގޮތާ މެދު ރޭވުމަށްޓަކައި ދަރިވަރުންނަށް ވަގުތު ދިނުމުން، ދަރިވަރުންގެ މާދަބަހުގެ ލިޔުންތެރިކަމުގެ ހުނަރަށް އަންނަ ބަދަލަކީ ކޮބައިތޯ ދެނެގަތުމަށެވެ. މިގޮތުން މި ދިރާސާ އަމާޒުކޮށްފައިވަނީ ސާނަވީއަށް ދިވެހިބަސް ލިޔަވާ ދަރިވަރުންނަށް ވަގުތު ދިނުމުން، ދަރިވަރުންގެ މާދަރީބަހުގެ ލިޔުންތެރިކަމުގެ ހުނަރަށް އަންނަ ބަދަލަކީ ކޮބައިތޯ ދެނެގަތުމަށެވެ. މިގޮތުން މި ދިރާސާ އަމާޒުކޮށްފައިވަނީ ސާނަވީއަށް ދިވެހިބަސް ކިޔަވާ ދަރިވަރުންނަށް ކަމަށް ވަތީ، ދިރާސާގައި ބައިވެރިކޮށްފައިވަނީ އޭގެތެރެއިން 20 ދަރިވަރުންވެ. އެކްސްޕެރިމެންޓަލް ޑިޒައިންސްގެ ޕޯސްޓްޓެސްޓް އޮންލީ ކޮންޓްރޯލް ގްރޫޕް ޑިޒައިން ބޭނުންކޮށްގެން ކުރި މި ދިރާސާއިން، ރޭވުމަށް ވަގުތު ލިބިގެންނާއި ރޭވުމަށް ވަގުތު ނުލިބި، މި ދަރިވަރުން ހެދި ގެ ޕޯސްޓްޓެސްޓުގައި މަޒުމޫނު ލިޔެގެން ލިޔުންތެރިކަމުގރ ތަފާތާއި އައިސްފައިވާ ބަދަލުތައް ހޯދިފައިވެއެވެ. މިގޮތުން ރޭވުމަށް ވަގުތު ނުލިބި ދަރިވަރުން ލިޔުނު މަޒުމޫންތަކަށް ވުރެ ރޭވުމަށް ވަގުތު ލިބިގެން ލިޔުނު މަޒުމޫނުތަކުގެ ލިޔުންތެރިކަން މާ ބޮޑު ތަން ރަނގަޅުވެފައިވާކަން މި ދިރާސާއިން ހޯދިފައި ވެއެވެ. މިކަން މި ދިރާސާގެ ޕެއަރޑް ސާމްޕަލް ޑިސްކްރިޕްޓިވް ޓެސްޓްތަކުންނާއި ޓީޓެސްޓްތަކުންގެ ނަތީޖާއިން ވަނީ ކަށަވަރުވެފައެވެ. އެގޮތުން ލިޔުންތެރިކަމުގައި އެސް. އެސް.ސީ އިންތިހާނުގައި ވަޒަންކުރާ ރުބްރިކްތަކުގައި ހިމެނޭ ހުރިހާ ބައަކަށް ބެލި ބެލުމުން، ޓެސްޓުކުރި ވޭރިއޭބަލްތަކުގެ މެދުގައި ސްޓްރޯންގ ސިންނިފިކަންޓް ގުޅުން ވާކަން ފާހަގަކޮށްލަމެވެ. މި ހޯދުންތަކަށް ބުރަވާ އިރު، ރޭވުމަށް ވަގުތު ނުދީ ދަރިވަރުން ލައްވާ ލިޔުންތެރިކަމުގެ މަސައްކަތް ކުރުވާނަމަ، ލިޔުންތެރިކަމުގެ ހުނަރު ކުރިއަށް ދިޔުމުގައި ހުރަސްތަކަކާ ކުރިމަތިވެ، އޭގެ އަސަރު މުޅި ލިޔުންތެރިކަމަށް ކޮށްފާނެއެވެ. އެހެންކަމުން މިއީ މިއަދު ލިޔުންތެރިކމަގެ ކިލާސްތައް ކުރިއަށް ގެންދާ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް ހައްލުކުރެވިދާނެ މުހިންމު ކަމެކެވެ.