ދިވެހިބަހުގައި ލަފުޒު ތަކުރާރުކޮށްގެން ލަފުޒު އުފެދޭ ގޮތާއި އޭގެ ދައުރު

Loading...
Thumbnail Image

Date

2018-11-01

Journal Title

Journal ISSN

Volume Title

Publisher

Faculty of Arts, Maldives National University

Abstract

މި ދިރާސާއަކީ، ލަފުޒު ތަކުރާރުކުރުމުގެ (ރީޑުޕްލިކޭޝަންގެ) ނުވަތަ، ނާޒިމް ޢަބްދުއްސައްތާރު (2016) ވިދާޅުވެފައިވާ، "ފަށްފަށްކުރުމުގެ ކިއްސަރު" ގެ އުޞޫލުން ދިވެހިބަހުގައި ލަފުޒު އުފެދިފައި ހުރި ގޮތްތައް ދެނެގަތުމާއެކު، އެ ލަފުޒުތައް ދިވެހިބަހުގައި އަދާކުރާ ދައުރުތައް ބެލުމުގެ މަޤްޞަދުގައި ކުރެވުނު ދިރާސާއެކެވެ. އެ ގޮތުން މި ދިރާސާގައި، ދުނިޔޭގެ ބައެއް ބަސްބަހުން ފެންނަން ހުރި، ލަފުޒު ތަކުރާރުކުރުމުގެ އުޞޫލުތައް ނުވަތަ ވައްތަރުތަކާ އެއްގޮތަށް ދިވެހިބަހުގައި ފެންނަން ހުރި އެފަދަ ލަފުޒުތައް އުފެދިފައިވާ ގޮތް ދެނެގަނެވުނެވެ. ހަމައެހެންމެ އެ ލަފުޒުތައް ޖުމުލައިގައި އަދާކުރާ ދައުރުތައް ނުވަތަ ޖުމުލައިގައި އެ ލަފުޒު ބޭނުންކޮށްފައިވާ ގޮތް ވެސް މި ދިރާސާއިން ދެނެގަނެވުނެވެ. މި ދިރާސާ ކުރިއަށް ގެންގޮސްފައިވާނީ، ކޮލިޓޭޓިވް އެޕްރޯޗް ބޭނުންކޮށްގެންނެވެ. އަދި މިއީ ޓެކްސްޓް އެނާލިސިސްގެ މައްޗަށް ބިނާކޮށްގެން ހެދިފައިވާ ދިރާސާއެއް ވެސް މެއެވެ. މި ދިރާސާއަށް، ސާމްޕަލްގެ ގޮތުގައި ނަގައިފައިވާނީ ދިވެހިބަހުން ހިންގަމުން އަންނަ ވެބްސައިޓުތަކުގައި ދިވެހިބަހުން ލިޔެ ޝާއިޢުކޮށްފައިވާ ލިޔުންތަކުގެ ތެރެއިން، ލަފުޒު ތަކުރާރުކޮށްގެން އުފައްދައިފައިވާ ލަފުޒު ހިމެނޭ ޖުމުލަތައް އެކަންޏެވެ. އެ ގޮތުން ފައިންޑިންގްސް ބައިގައި ހިމެނި މި ޖުމުލަތައް ދިރާސާކުރުމުން، ދިވެހިބަހުގައި ލަފުޒު ތަކުރާރުކޮށްގެން ލަފުޒުތައް އުފެދިފައިވާ ގޮތް ދެނެގަނެވުނެވެ. އަދި އެ ލަފުޒުތައް އަދާކުރާ ދައުރުތައް ވެސް ދެނެގަނެވުނެވެ. އެއަށްފަހު ފާހަގަވީ ހުރިހާ ކަންކަން ތަފްޞީލުކޮށް ޑިސްކަޝަން ބައިގައި ބަޔާންކޮށްފައި ވާނެއެވެ.

Description

Keywords

Citation

ޢާއިޝަތު ޒިދުނާ. (2018). ދިވެހިބަހުގައި ލަފުޒު ތަކުރާރުކޮށްގެން ލަފުޒު އުފެދޭ ގޮތާއި އޭގެ ދައުރު. މާލެ، ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Zidhna, A. (2018). Dhivehibahugai lafuzu thakuraarukohgen lafuzu ufedhey gothaai eyege dhauru. Male', Faculty of Arts, Maldives National University.

Endorsement

Review

Supplemented By

Referenced By