Language - ބަސް

Browse

Search Results

Now showing 1 - 7 of 7
  • Thumbnail Image
    Item
    Article
    ދިވެހިބަހުގެ ބަސްކޮށާރު އަދާހަމަކުރުން : ގޮންޖެހުންތަކާއި މައްސަލަތައް
    (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ, 2024) Zahir, Aminath; އާމިނަތު ޒާހިރު; Riyaz, Aminath; އާމިނަތު ރިޔާޟް
    ބަނަވެފައިވާ ދުނިޔެ ތަރައްގީވަމުންދާ ހަލުވި ދުވެލީގައި، އެކި ދާއިރާތަކުގެ އާ އީޖާދުތަކާ އެކު، އާ މަފުހޫމތަކާއި އާ ލަފުޒުތައް އުފެދުނެވެ. މިގޮތަށް އުފެދޭ އާ މަފުހޫމުތަކަށް ކިޔާނެ ނަންނަން ދިވެހިބަަހުގައި ނުހުންނަ ކަމަށާއި ދިވެހިބަހުން ހަދާ ބައެއް އާ ކަފުޒުތައް އާންމުން ބަލައިނުގަނެ، އެފަދަ ލަފުޒުތަކަށް، މީސްމީޑިއާގައި ހަޖޫޖަހާފައި ހުރެއެވެ. އަދި ދިވެހިބަހުން ލިޔުމާއި ބިދޭސީ ލިޔުންތައް ތަރުުޖަމާކުރުމުގައި، މުހިންމު މަފުހޫމުތަކަށް ބޭނުންވާ ލަފުޒުތައް ދިވެހިބަހުގައި ނުހުންނަ ކަމަށާއި މީގެ ސަބަބުން ތަރުޖަމާކުރުމުގައި މާނަ ގެއްލެން މެދުވެރިވާކަމށް ވެއެވެ. މި ދިރާސާގެ ބޭނުމަކީ ދިވެހިބަސްކޮށާރު އަދާހަމަކުރުމުގެ ޙާލަތާއި ގޮންޖެހުންތައް ދެނެގަތުމެވެ. މިގޮތުން މައިގަނޑު މަގުސަދަކީ ޚާއްޞަ ދާއިރާތަކަށާއި ޒަމާނުގެ ޓެކުނޮލޮޛީއަށް އަދާހަމަ ލަފުޒުތައް ދިވެހިބަހުން އެބަހުރިތޯއާއި، ދިވެހިބަހަށް ލަފުޒުތައް އިތުރުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި މައްސަލަތައް ދެނެގަތުމެވެ. މި ދިރާސާ ފަރުމާކޮށްފައިވަނީ މިންކުރުމާއި ސިފަކުރުމުގެ ތަރީގާތުގެ މައްޗަށެވެ. މިގޮތުން، އޮންލައިން ސާވޭ ކަރުދާހެއް މެދުވެރިކޮށް މައުލޫމާތު އެއްކުރުމަށްފަހު، އެ ހޯދުންތަކަށް ރިއާޔަތްކޮށް، ގުރޫޕު މަޝްވަރާތަކެއް ކުރިއަށް ގެންދެވުނެވެ. ކުރިއަށް ގެންދެވުނެވެ. ސުންކުގެ ގޮތުގައި ބައިވެރިން ހިމަނާފައިވާނީ ދީނީ، ޓެކުނޯލޮޖީ، ތައުލީމީ، މިއީހާ (ޤާނޫނީ)، އަދި ސަލާމަތީ ބާރުތައް، މި 7 ދާއިރާގެ މަސްލަހަތުވެރިން ހިމެނޭ ގޮތަށެވެ. މިގޮތުން ސާވޭގެ ސުންކަކީ 302 މީހުންނެވެ. ގުރޫޕު މަޝްވަރާތަކުގައި، މަސްލަހަތުވެރިންގެ 27 މީހަކާ އެކު އެކު ކުދި ގުރޫޕުތަކުގައި މަޝްވަރާކުރުވުނެވެ. ދިރާސާގެ ހޯދުންތައް ދައްކާ ގޮތުގައި ބަސްކޮށާރަށް އާ ލަފުޒުތައް އިތުރުކުރުމަށް ދިވެހިބަހުގެ އެކެޑަމީގެ ބަސްކޮމިޓީން ދިވެހި ލަފުޒުތައް އުފައްދަނީ އެ ކޮމިޓީން ކަނޑައަޅާފައި އޮންނަ އުސޫލާ އެއްގޮތަށެވެ. ނަމަވެސް މިގޮތަށް އުފައްދާ ބައެއް ލަފުޒުތަކަކީ ބިދޭސީ އަސްލު ލަފުޒާ މާ ބޮޑު ގުޅުމެއް އޮންނަ ލަފުޒުތަކެއް ނޫންކަމަށާއި އެ ފަދަ ބައެއް ދިވެހި ލަފުޒުތައް ކިޔުމާއި މާނަދޭހަކާރުން އުނދަގޫވާ ކަމަށް ސާވޭގެ %55 ބައިވެރިން ދެކެއެވެ. ބަހުގެ ތަބީޢީ ގޮތަށް އާ ލަފުޒު އުފެއްދިއަސް ވެސް، އިނގިރޭސިބަހަށް ދިވެހިންގެ މެދުގައި އޮންނަ ސަމާލުކަމާއި ދިވެހިން އެ ބަހަށް ފަރިތަވެފައިވާ މިންވަރު ބޮޑުކަމުން ދިވެހިބަހުން އުފައްދާ އާ ލަފުޒުން އިނގިރޭސި ލަފުޒުން ބުނެދޭ މާނަ ދޭހަނުވަނީ ކަމަށް ގަބޫލުކޮށް، ދިވެހި ލަފުޒު ބޭނުންނުކުރެވެއެވެ. ބަހަކީ އުފައްދާ އެއްޗަކަށް ވުރެ ބޮޑަށް އުފެދޭ އެއްޗެއްކަމަށް ވީހިނދު، ނޫސްތަކާއި މީޑިއާތަކުގައި އެ ލަފުޒު އާންމުކޮށް ބޭނުންކުރާ ގޮތެއް ވެސް ބަލައިގެން، އެ ލަފުޒަކަށް ގެންނަންވީ ބަދަލެއް އޮތިއްޔާ ގެނެސްގެން، ބަސްކޮށާރަށް ލަފުޒު އިތުރުކުރުން މުހިންމު ކަމަށް ބައެއް ބައިވެރިން ފާހަގަކުރިއެވެ. ހޯދުންތަކަށް ރިއާޔަތްކުރުމުން ފާހަގަކުރެވެނީ އެކި ދާއިރާތަކަށް ބޭނުންވާ އެންމެ އެކަށޭނަ މިންވަރަށް ދިވެހި ލަފުޒު އުފެއްދިފައި ނެތްކަމާއި، ދިވެހިބަހުގެ ބަސްކޮށާރު އާދަކަމުރުމުގައި ބަހުގެ ތބީޢީ ގޮތަށް ލަފުޒު އުފެއްދުން މުހިންމުކަމާއި، ދިވެހިބަހަށް ބޭރު ބަސްބަހުގެ ލަފުޒުތަކެއް އެތެރެކުރަންޖެހޭ ދަނޑިވަޅުތަކުގައި ލަފުޒު ހެދުން އަވަސްކުރުން މުހިންމުކަމެވެ.
  • Thumbnail Image
    Item
    Article
  • Thumbnail Image
    Item
    Article
    ބަސްބަހުގެ ކުރިއެރުމާއި ދަށަށް ދިއުން
    (Dhivehibahaai Thareekhah Khidhumaiykuraa Qaumee Marukazu, 2005-11-01) Hassan, Abdullah Farouk; ޢަބްދުﷲ ފާރޫޤު ޙަސަން
  • Thumbnail Image
    Item
    ބައިނަލް އަޤްވާމީ މާދަރީ ބަހުގެ ދުވަސް 2009
    (Dhivehi Bahaai Thareekhah Khidhumaikuraa Qaumee Marukazu, 2009-04-01) Thoriq, Mohamed; މުޙައްމަދު ޠާރިޤް
  • Thumbnail Image
    Item
    Article
    އިނގިރޭސި ބަހަށް މޮޅުވެވޭނީ މާދަރީބަސް އެނގިގެންނެވެ.
    (ދިވެހިބަހާއި ތާރީޚަށް ޙިދުމަތްކުރާ ޤައުމީ މަރުކަޒު, 2003-10-01) ޢަބުދުﷲ ޙަމީދު; Hameed, Abdulla
  • Thumbnail Image
    Item
    Article
    މަސްހުނި ބަސް
    (ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު, 2000-12-01) އަބްދުލްޙަކީމް ޙުސައިން މަނިކު; Manik, Abdul Hakeem Hussain
  • Thumbnail Image
    Item
    Article
    މާދަރީ ބަހުގެ ދުވަސް
    (ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒު, 2002-02-01) ޢަބްދުﷲ ޙަމީދު; Hameed, Abdulla