Social Problems & Services - އިޖުތިމާއީ މައްސަލަތަކާއި ޚިދުމަތްތައް

Browse

Search Results

Now showing 1 - 2 of 2
  • Thumbnail Image
    Item
    Technical Report
    އަހަރީ ރިޕޯޓް 2024
    (ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް), 2024) ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް)
    .މި ރިޕޯޓަކީ 2024 ވަނަ އަހަރު ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް) އިން އެ މަންޑޭޓްގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތްތަކާއި، ކުރި ޒިޔާރަތްތަކާއި، ފާހަގަކުރެވުނު ކަންކަމާއި، ހުށަހެޅުނު ލަފާތަކާއި، އަދި މުއައްސަސާގެ އިދާރީ އަދި އޮޕަރޭޝަނަލް ހަރަކާތްތައް ހިމެނޭ އަހަރީ ރިޕޯޓެކެވެ މި ރިޕޯޓުގައި 2024 ވަނަ އަހަރު ޖަލުތަކާއި، ބަންދުކުރެވޭ މަރުކަޒުތަކާއި، އެހެނިހެން މިނިވަންކަން މަހްރޫމުކުރެވޭ ތަންތަނަށް ކުރެވުނު ޒިޔާރަތްތަކުގެ ނަތީޖާ، ބަންދުމީހުންގެ މާއްދީ އަދި ޞިއްޙީ ހާލަތު، ޤާނޫނީ އެހީ، ޝަކުވާ ހުށަހެޅުމުގެ ނިޒާމު، ރިހެބިލިޓޭޝަން އަދި ރީ-އިންޓެގްރޭޝަން ޕްރޮގްރާމުތައް، މުވައްޒަފުންގެ ކާބިލިއްޔަތު، އިދާރީ ސިޔާސަތުތަކާއި އިންފްރާސްޓްރަކްޗަރުގެ ހާލަތު ފާހަގަކުރެވި، އެކަންކަމަށް ގުޅޭ ހުށަހެޅުނު ލަފާތައް ހިމެނިފައިވެއެވެ. އަދި މި ރިޕޯޓުގައި 2024 ވަނަ އަހަރު ލިބުނު ޝަކުވާތައް، އެއާ ގުޅިގެން ކުރެވުނު ބަލައިގަތުމާއި، ކަމާބެހޭ އިދާރާތަކާ އެކު ކުރެވުނު ފޮލޯއަޕް، އިންޓަނޭޝަނަލް އަދި ޤައުމީ މުއައްސަސާތަކާ އެކު ހިންގި ތަޢާވުން، އަދި އެން.ޕީ.އެމްގެ އަމާޒު ހޯއްދުމާއި ކާބިލިއްޔަތު އިތުރުކުރުމަށް ކުރި ހަރަކާތްތައް ވެސް ހިމެނިފައިވެއެވެ. މި ރިޕޯޓުގެ މަޤްޞަދަކީ ބަންދުމީހުންގެ ޙައްޤުތައް ރައްކާތެރިކޮށް، އެއްވެސް ބާވަތެއްގެ އަނިޔާއާއި އިންސާނިއްޔަތާ ޚިލާފު މުޢާމަލާތް ހުއްޓުވުމަށް، ޤައުމީ އަދި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ގުޅޭ މިންގަނޑުތައް ތަންފީޛުކުރުމަށް އެހީވުމާއި، މިނިވަންކަން މަހްރޫމުކުރެވޭ ފަރާތްތަކަށް ލިބޭ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް މަގުފަހިކުރުމެވެ.
  • Thumbnail Image
    Item
    Article
    Assistive technology resources department of inclusive education
    (Ministry of Education, 2022) Ministry of Education; މިނިސްޓްރީ އޮފް އެޑިޔުކޭޝަން